20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެޑެން ހަޒާޑް

ހަޒާޑް ބޭނުންވަނީ ރެއާލްއަށް ބަދަލުވާން

  • ހަޒާޑް ހޯދުމަށް ރެއާލުން ވެސް މަސައްކަތް ކުރޭ
ލީވާން އަލީ | MrLeevaan

| 6 ފެބުރުވަރީ 2019 | ބުދަ 18:18 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އެޑެން ހަޒާޑް -- ގެޓީ އިމޭޖާސް

ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަޒާޑް ރެއާލްއަށް ބަދަލުވާން ބޭނުންވާތީ އެވާހަކަ މިހާރު ޗެލްސީއާވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ރެއާލްއަށް ބަދަލުވުމަށް އެ ކްލަބާއެކު މަޝްވަރާކުރަންވެސް ހަޒާޑް ތައްޔާރަށް އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް ހޯދުމަށް ރެއާލް މެޑްރިޑްގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އެއްވެސް ކްލަބަކަށް ހަޒާޑްއާއެކު އެއްބަސްވުމަކަށް އައިސްފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަޒާޑް ބުނީ އެއްބަސްވުން ކުރިޔަށް އޮތް ދުވަސްތަކުގައި އާނުކުރެވިއްޖެ ނަމަ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، އަމިއްލަ އަށް ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 331 މެޗުގައި 104 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް