20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ފެލިވަރު

ފެލިވަރު: މަސްވެރިންގެ ހިދުމަތުގައި 41 އަހަރު

  • ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރޭ
  • ކާރުހާނާގައި 350 މުވައްޒަފުން އެކި މަސައްކަތްތައް ކުރުމަށް ހަރަކާތްތެރިވޭ
ސިމާހާ ނަސީމް | sim_kamana

| 5 ފެބުރުވަރީ 2019 | އަންގާރަ 21:24 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ފެލިވަރު ކާރުހާނާ -- ރާއްޖެއެމްވީ

މަސްވެރިކަމަކީ ޒަމާނުއްސުރެން ރާއްޖޭގެ އިޤްތިސާދާ ގުޅިފައިވާ މައި ނާރެވެ. އެންމެ ކުރީ ޒަމާނުގައި މަސްވެރިކަންކޮށް އުޅުނީ ދޯނި ފަހަރުގައި ފަލިޖަހާފައި ދޮށި ބޭނުން ކޮށްގެންނެވެ. އެހެން ނަމަވެސް ޒަމާން ތަރައްޤީވެ މަސްވެރިކަން ކުރާ ގޮތް ވެސް ދަނީ ދުވަހެއް ދުވަހަކަށް ބަދަލުވަމުންނެވެ. މިހާރު މަސްވެރިކަން ކޮށް އުޅެނީ އިންޖީނު އެޅި ދޯނި ފަހަރުގައި ކޮމްޕްރެސަރު ބަހައްޓައިގެން ދޮށި އަޅައިގެންނެވެ. އިންޖީނުގެ އެޅި ދޯނި ފަހަރު ބޭނުންކުރަން ފެށުމުން ދިވެހިން ކޮށް އުޅުނު މި މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔައެވެ.

މި ކުރިއެރުމާއެކު 1978 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ މަސްވެރިން ބާނާ މަސް، ދަޅުގައި ބަންދުކުރުމަށް ފަހު ރާއްޖޭން ބޭރަށް ބޭރުކުރާނެ ކާރުހާނެއް އުފެއްދިއެވެ. އެ ކަރުހާނާއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ޅ. ފެލިވަރުގައި ޤާއިމްކޮށްފައިވާ ދަޅު މަސް ބަންދުކުރާ ކާރުހާނެއެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ކަށަވަރުވެގެންދިޔަ މައި ބަދައަށް މި ކާރުހާނާވެގެން ދިޔައެވެ. މި ކާރުހާނާގެ މަސައްކަތް ފުރަތަމަ ފެށިއިރު، ދުވާލެއްގެ މައްޗަށް ކާރުހާނާ މެދުވެރިކޮށް 8 މެޓްރިކް ޓަނުގެ މަސް ކަނޑާ، ދަޅުގައި ބަންދު ކުރަމުން ދިޔައެވެ. މިހާރު މި ކާރުހާނާ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރެއެވެ.

މިހާރު މި ކާރުހާނާގައި 350 މުވައްޒަފުން އެކި މަސައްކަތްތައް ކުރުމަށް ހަރަކާތްތެރިވެއެވެ. މި ކުދިން ކުރާ މަސައްކަތް ސުޕަވައިޒް ކުރުމަށްޓަކައި ހަރަކާތްތެރިވަނީ އެ ކާރުހާނާގައި މަސައްކަތް ކުރާ ލަންކާ ރައްޔިތެއްކަމަށްވާ ވައިލެޓްއެވެ.

މިހާރު ފެލިވަރުގެ ކާރުހާނާއިން އުފައްދާ މަހުގެ ބާވަތްތަކަށް ބަލާއިރު، ކާރުހާނާއިން ރާއްޖޭގެ މާކެޓަށް ދެ ބާވަތެއްގެ މަހުގެ އުފެއްދުންތައް ބަންދުކޮށް ސަޕްލައި ކުރަމުންދެއެވެ. އެއީ ވަކިވަކި ގޭބީސީތަކަށް ހާއްސަ ކުދި މަސްދަޅު އަދި ޕައުޗްގެ އިތުރުން ރެސްޓޯރެންޓް ހޮޓާ އަދި ވިޔަފާރި ކުރާ ތަންތަނަށް ހާއްސަ ބޮޑެތި މަސްދަޅު އަދި މަސް ޕައުޗެވެ. ކޮންމެ މަހަކު ރާއްޖޭގައި އެކި ކަންކޮޅުތަކަށް ފޮނުވުމަށް 10 ކޮންޓެއިނަރާއި 12 ކޮންޓެއިނަރާ ދެމެދުގެ އަދަދަކަށް މަސްދަޅު ދަނީ ފޯރު ކޮށްދެމުންނެވެ. އަދި ރާއްޖެއިން ބޭރަށް އެވްރެޖްކޮށް ކޮންމެ މަހަކު 35 ކޮންޓެއިނަރުގެ މަސް ބަންދުކޮށް އެކްސްޕޯޓު ކުރެއެވެ. އެއީ މަދުވެގެން ދުވަލާކު 50 މެޓްރިކް ޓަނުގެ މަހެވެ. އަދި ބޭރަށް އެކްސްޕޯޓް ކުރާ މަސް އިނގިރޭސިވިލާތް، ޔޫރަޕް، އޭޝިޔާ އަދި މެދުއިރުމައްޗާއި، އެފްރިކާ ބައްރުގެ ބާޒާރުތަކުގައި ވިއްކަމުންދާއިރު ދިވެހިންގެ މި އުފެއްދުމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

 

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް