20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ދިވެހި ފިލްމް އިންޑަސްޓްރީ

ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ފިލްމް 'ގޮށްރާޅު' ރިލީޒްކޮށްފި

  • ފިލްމް ރިލީޒް ކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ފެބުރުވަރީ 2019 | އަންގާރަ 19:36 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ގޮށްރާޅު ޕޯސްޓަރު -- އާކައިވް

ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކްރައިމް ތްރިލާ "ގޮށްރާޅު" ހޯމަ ދުވަހުގެ ރޭ ރިލީޒްކޮށްފިއެވެ.

ފިލްމު ޕްރިމިއާކޮށްދެއްވާފައި ވަނީ ފިލްމުގެ ޑައިރެކްޓަރު އަހްމަދު ޝިނާންގެ ބައްޕަ އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

އޮލިމްޕަހުގައި ބޭޢްވި ހާއްސަ ރަސްމިއްޔާތުގައި ފިލްމުގެ ތަރިންގެ އިތުރުން ބައެއް ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.

އޮލިމްޕަހުގެ ޒަމާންވީ މެލޯޑްރެމެޓިކް ރަހަގަނޑު ބަދަލު ކޮށްލި 'ލޫދިފާ' ފަދަ ފިލްމުތަކުގެ މުގުލުގައި ހުރި މޫމިން ފުއާދުގެ ވާހަކައަކަށް، ކުޅަދާނަ ވީއެފްއެކްސް އާޓިސްޓް އަދި ސިނެމަޓޯގްރަފަރ އަޙުމަދު ޝިނާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް ނެރެފައި ނުވާ ފަދަ ކްރައިމް ތްރިލަރއެކެވެ. 18 އަހަރުން މަތީގެ އޯޑިއެންސަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ސޯލޯ ޑައިރެކްޓަރެއްގެ ގޮތުގައި ޝިނާން މަސައްކަތް ކޮށްފައިވާ ފުރަތަމަ ފިލްމެވެ.

ކޮމަރޝަލް ފިލްމުތަކުގެ އިތުރުން މޮޅު އާރޓް ފިލްމުތައް ވެސް ގެނެސްދީފައިވާ ޑާކް ރެއިންގެ މި ފިލްމުގައި ދާއިރާއަށް އާ ގިނަ ފަންނާނުންތަކެއް ހިމަނާފައިވާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނަކީ ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ، ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) އެވެ. މީގެ އިތުރުން ފިލްމުގެ ކީ ކެރެކްޓަރތަކެއް ކުޅޭ އައިޝަތު ތަސްނީމާއި އައިމިނަތު ރަޝްފާއަކީ ވެސް ދާއިރާއަށް އާ ދެ ފަންނާނުންނެވެ. މީގެ އިތުރުން ވެސް މި ފިލްމުގައި ނެގެޓިވް ރޯލުތަކުން އިތުރު ޒުވާނުންތަކެއް ވެސް ފެނިގެންދާނެއެވެ.

މި ފަންނާނުންގެ އިތުރުން މި ފިލްމުން ފެނިގެންދާ ފަރާތްތަކުގެ ތެރޭގައި މުޙައްމަދު ޖުމައްޔިލް، ނުޒުހަތު ޝުއައިބު، ޢަބްދުﷲ އަޒާން، އަޙުމަދު ނާޝިތު، މުޙައްމަދު ވަހީދު، މަރިޔަމް ޝަކީލާ އަދި އިސްމާއިލް ރަޝިދު (ކޮޕީ އިއްސެ) ހިމެނެއެވެ.

'ސަޅި' ކާސްޓަކާއި ކްރޫއެއްގެ އިތުރުން މި ފިލްމު ޚާއްސަވާ އަނެއް ސަބަބަކީ މި ފިލްމުގެ ސައުންޑްޓްރެކެވެ. މި ފިލްމުގެ އޯއެސްޓީއެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ މަޤުބޫލު ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާންގެ 'ރާޅެއްހެން'، މި ލަވައެވެ.

ޑާކްރެއިންގެ ބާނީ، މުޙައްމަދު އަލީ (މޮގަރ) އާއި އޭނާގެ އަންހެނުން، އަދި ފިލްމު އުފެއްދުންތެރިޔާ އައިޝަތު ފުއާދް (ލޯކީ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުންދާއިރު، ފެބްރުއަރީ 4ން ފެށިގެން 12 ދުވަސް ވަންދެން، ހަވީރު ޝޯ އަކާއި، ރޭގަނޑުގެ ދެ ޝޯ ހިމެނޭގޮތަށް ކޮންމެ ދުވަހަކު ވެސް އޮލިމްޕަހުގައި މި ފިލްމުގެ 3 ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި ވެސް މި ފިލްމު އެޅުވުމަށް ވަނީ ނިންމާފައެވެ. ފިލްމުގެ ޕްރިމިއަރ ޝޯގެ ޓިކެޓް މިހާރު ވިކި ހުސްވެފައިވާއިރު، ފިލްމުގެ ޓިކެޓް ވިއްކަމުން ދަނީ 100 ރުފިޔާއަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް