16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

'ސްޓްރީޓް ޑާންސަރ' ނޮވެމްބަރުގައި ރިލީޒް ކުރަނީ

  • މި ފިލްމް ރިލީޒް ކުރަނީ ނޮވެމްބަރު 8 ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ފެބުރުވަރީ 2019 | އަންގާރަ 18:45 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ޝްރައްދާ ކަޕޫރާއި ވަރުން ދަވަން -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ ތަރި ވަރުން ދަވަން އޭނާގެ އަންނަން އޮތް ފިލްމްގެ ޕޯސްޓަރު ވަނީ ދައްކާލާފައެވެ.

މަޝްހޫރު ކޮރިއޯގަރާފަރ އަދި ފިލްމް މޭކަރ ރެމޯ ޑިސޫޒާގެ މި ފިލްމްގެ ޕޯސްޓަރާއި ފިލްމްގެ ނަން ވަރުން ހިއްސާކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނެވެ.

މި ފިލްމަށް ދީފައިވާ ނަމަކީ "ސްޓްރީޓް ޑާންސަރ" އެވެ. އަދި މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 8 ގައި ކަމަށް ވަރުން ވަނީ ބުނެފައެވެ.

ވަރުންގެ ކޯ ސްޓާރެއްގެ ގޮތުގައި ފެނިގެންދާ ޝްރައްދާ ކަޕޫރު ވެސް ވަނީ އެ ފިލްމްގެ އޭނާގެ ފުތަރަމަ ފެނިލުން ހިއްސާކޮށްފައެވެ.

ގިނަ މީހުން ހީކޮށްގެން ތިބީ މި ފިލްމް ވެގެން ދާނީ ރެމޯގެ "އޭބީސީޑީ" ސީރީޒްގެ ތިން ވަނަ އިންސްޓޯލްމަންޓަށް ކަމަށެވެ. އަދި މި ފިލްމްގެ ނަމަކަށް ވެގެން ދާނީ "އޭބީސީޑީ 3" ކަމަށެވެ. ކޮންމެއަކަސް މި ފިލްމަށް ދީފައިވާ ނަމުން ވެސް މި ފިލްމަކީ ތަފާތު 3ޑީ ޑާންސް މޫވީއަކަށް ވެގެންދާނެ ކަން އެނިގގެން ދެއެވެ.

 މި ފިލްމަކީ ރެމޯއާ އެކު ވަރުން އަދި ޝްރައްދާ މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ. މި ދެ މީހުން އެކުގައި ކުރިން ވަނީ "އޭބީސީޑީ" ގެ ދެވަނަ އިންސްޓޯލްމަންޓްގައި މަސައްކަތް ކޮށްފައެވެ.

މި ފިލްމްގައި މި ދެތަރިންގެ އިތުރުން ނޯރާ ފަތޭހީ، އަޕަރްޝަކްތީ ކުރާނާ އަދި މަޝްހޫރު ޑާންސަރ ޝަކްތީ މޯހަން ފެނިގެންދާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ޝްރައްދާ ފެނިގެންދާނީ ޕާކިސްތާންގެ ނެށުންތެރިއެއްގެ ރޯލުންނެވެ. އަދި ފެނިގެންދާނީ ޕަންޖާބް ނެށުންތެރިއެއްގެ ރޯލުންނެވެ. އަމްރިތްސަރުގައި ނެގުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޝޫޓިންތައް ނިންމާލުމަ ށްފަހު ފިލްމްގެ ޝޫޓިންތައް ނެގުމަށް މި މަހުގެ 10 ގައި ލަންޑަނަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މިފިލްމްގައި ލީޑް ރޯލަށް ކުރިން ކެޓްރީނާ ހަމަޖެއްސި ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. ނަމަވެސް "ބާރަތު" ގެ ޝޫޓިން ބިޒީވުމުގެ ސަބަބުން މި ފިލްމް ދޫކޮށްލީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް