20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ހީނާ ޚާން ކޮމޯލިކާގެ ރޯލުން ވަކިވަނީތަ؟

  • ފަހެއް ނުވަތަ ހަ މަސް ދުވަހުގެ ބްރޭކަކަށް ދާ ކަމަށް ވަނީ ބުނެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ފެބުރުވަރީ 2019 | އަންގާރަ 18:19 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ހީނާ ޚާން -- ހިންދުސްތާނީ ޓައިމްސް

ސްޓާ ޕްލަސް އިން ދައްކަމުންދާ ޑްރާމާ ސީރިއަލް "ކަސައުޓީ ޒިންދަގީކީ" ގައި ކޮމޯލިކާގެ ރޯލު ކުޅެމުންދާ ހީނާ ޚާން ދުވަސް ކޮޅަކަށް އެޑްރާމާ އިން ނުފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.

ހީނާ މި ޝޯ އިން ވަކިވި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން "ބޮމްބޭ ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ހީނާ ބުނެފައި ވަނީ އޭނާ އެ ޝޯ ހުއްޓާ ނުލާ ކަމަށެވެ. ނަމަވެސް ފިލްމެއްގެ މަސައްކަތް ކުރުމަށްޓަކައި ފަހެއް ނޫނީ ހަމަސް ދުވަހުގެ ބްރޭކަކަށް ދާ ކަމަށް ވަނީ ބުނެފައެވެ.

ހީނާ ފިލްމެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް އެ ފިލްމާ ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ހީނާ ބުނެފައި ވަނީ މި ޝޯ އުފައްދާ ފަރާތާއި އޭނާގެ ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށާއި އެ ޝޯއަށް ބޭނުންޖެހިއްޖެ ކޮންމެ ހިނދެއްގައި އެނބުރި އަންނާނެ ކަމަށެވެ.

 "ކަސައުޓީ ޒިންދަގީކީ" އަކީ ހީނާ ފެނިގެންދާ ދެވަނަ ޓީވީ ސީރިއަލްއެވެ. ހީނާ އެންމެ ފުރަތަމަ ކުޅެފައިވަނީ ސްޓާ ޕަލްސް އިން ދެއްކި "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިންނެވެ. އެ ސީރީޒްގެ ލީޑްރޯލް ހީނާ ވަނީ އަށް އަހަރު ވަންދެން ކުޅެފައެވެ.

މީގެ އިތުރުން ހީނާ ވަނީ "ބިގް ބޮސް 11" އަދި "ޚަތްރޯންކޭ ކިލާޅީ 8" ގައި ވެސް ފެނިގެން ގޮސްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް