20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ފަސްޓްލޭޑީ ފަޒޫ

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

  • ރަސްމީ މުނާސަބަތުތަކުގައި އަބަދުވެސް ތުރުކުރައްވާތަން ފެންނަނީ ދިގުހެދުން
އާމިނަތު ނުޒުހާ | nuzu8121

| 5 ފެބުރުވަރީ 2019 | އަންގާރަ 17:50 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ފަސްޓްލޭޑީ ފަޒްނާ އަހުމަދު އެކަމަނާގެ ހެދުންކޮޅާއި އެކު ބޭނުންކުރެއްވި ބޮލުފޮތިކޮޅު -- ރައީސް އޮފީސް

އެކި މުނާސަބަތުތަކާ ގުޅުވައިގެން ދިވެހިރާއްޖޭގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ތުރުކުރައްވަނީ ވަރަށް ސާދާ އަދި އެ މުނާސަބަތަކާ ވަރަށް ގުޅޭ ހެދުންކޮޅުތަކެކެވެ.

ސްރީ ލަންކާގެ 71 ވަނަ މިނިވަން ދުވަހު އެކަމަނާ ތުރުކުރައްވައިގެން ހުންނެވީ ވެސް ވަރަށް ހިތްގައިމު އެ މުނާސަބާއަށް ވަރަށް ވެސް ގުޅޭ ދިގުހެދުންކޮޅެކެވެ. އެކަމަނާ އެ ހެދުންކޮޅު ތުރުކުރެއްވި ދުވަސް، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކެންސަރު ދުވަހަށް ވެގެން ދިއުމަކީ އިއްތިފާގެއްތޯ ނުވަތަ ނޫންތޯ ނޭނގެއެވެ.

 

ލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ހަފްލާގައި އެކަމަނާ

އެހެން ނަމަވެސް އެކަމަނާގެ މި ފަހަރުގެ ދިގުހެދުންކޮޅު ފަރުމާކޮށްދިން ފަރާތަށް ޝުކުރު އަދާކުރައްވަމުން އަމިއްލަފުޅު ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

"ލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ހަފްލާގައި ބައިވެރިވުމަށް ލިބުމަކީ ފަޚްރެއް. މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށް ވެސް ވެފައި، މިއަދު އަޅުގަނޑުލައިގެން މި ހުރި ހެދުން ޑިޒައިންކޮށްދިނީ ކެންސަރު ބަލިން ސަލާމަތްވެފައި ހުރި ލަންކާގެ ޑިޒައިނަރއެއް. ޝުކުރިއްޔާ ސޭންޑީ ޖަޔަސޫރިޔާ. ވަރަށް ރީތި ވަރަށް މޮޅު،" އެކަމަނާ ލިއުއްވާފައިވެއެެވެ.

 

އެކަމަނާގެ ފޭސްބުކް ޕޯސްޓްގެ ސްކްރީން ޝޮޓެއް

ލަންކާގެ މިނިވަން ދުވަހު ތުރުކުރައްވައިގެން ހުންނެވީ ރަތްކުލައިގެ ދިގުހެދުންކޮޅެކެވެ. ލަންކާގެ ޑިޒައިނަރެއް ލައްވާ އެ ހެދުން ޑިޒައިން ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ އެ މުނާސަބަތާ ވީހާ ވެސް ބޮޑަށް ގުޅުވާލުން ކަމުގައި ބެލެވެއެވެ. 

ފަސްޓްލޭޑީގެ ފޭސްބުކް ޕޯސްޓްގައި ޝެއާކުރެއްވި ފޮޓޯފުޅެއް

ހެދުމުގެ މައިގަނޑު ކުލައަކީ ރަތްކުލައެވެ. އަދި ކުރިމަތިން ތިން ދިމާލަކުން ސާމަރާ ދޫނީގެ ތިން ފަތް ފެން ނަގޮތަށް ހުއްޓެވެ. އަދި ރަތްކުލައިގެ ބޮލުފޮތިކޮޅެއްގައި ކުދިކުދި ފިޔަތަކެއް ގޮތަށެވެ. މި ޑިޒައިނާ އެކު އެކަމަނާ މި ހެދުމުގައި ފެންނަނީ ވަރަށް ޗާލުކޮށެވެކޮންމެއަކަސް އެކަމަނާގެ މި ހެދުންކޮޅު ވެސް ވަރަށް ރީތިވެފައި ހިތްގައިމެވެ. އެކަމަނާގެ ހެދުންކޮޅުތަކުގެ ތެެރެއިން ދެން އެންމެ ފާހަގަކޮށްލެވުނު އެއް ހެނދުން ކޮޅަކީ، ފިރިކަލުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ތުރުކުރެއްވި "ޖަޒީރާ" ސިފަ ދައްކުވައިދޭ ދިގުހެދުން ކޮޅެވެ. އެފަހަރު އެ ހެދުންކޮޅު ޑިޒައިންކޮށްފައި ވަނީ ދިވެހި ބްރޭންޑް "އައިލެންޑް ބާޒާރު" އިންނެވެ. އެ ހެދުންކޮޅުގެ ޑިޒައިނާއި މުނާސަބަތާ އެހާމެ ގުޅޭއެވެ. އެ ހެދުންކޮޅު ވަރަށް ގިނަ ބަޔަކަށް ކަމުގޮސްގެން އެވާހަކަ ދެއްކިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެކަމަނާ ތުރުކުރެއްވި ހެދުންކޮޅު

ހަމަ އެއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި، އާގަރާގައި ހުންނަ ދުނިޔޭގެ މަޝްހޫރު ބިނާ ތާޖުމަހަލް ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވި ދުވަހު ތުރުކުރައްވައިގެން ހުންނެވީ ވެސް އެހާމެ ރީތި ހެދުންކޮޅެކެވެ. އެ ބިނާގެ ކުލަތަކާއި އެތަނުގެ މާހައުލާ އެހާމެ ގުޅެއެވެ.

 

ތާޖުމަހަލް ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވި ދުވަހު ތުރުކުރެއްވި ހެނދުންކޮޅު

ލަންކާއަށް ފުރާވަޑައިގެންނެވި ދުވަހު ތުރުކުރެއްވައިގެން ހުންނެވި ހެދުންކޮޅަކީ ވެސް ވަރަށް ސިމްޕަލް ހިތްގައިމު ހެދުންކޮޅެކެވެ. ހެދުންކޮޅުތައް އިޚްތިޔާރުކުރައްވާއިރު މިފަދަ ބޮޑެތި މުނާސަބަތުތަކުގައި ބޭރު ގައުމުތަކަށް ވަޑައިގަންނަވާއިރު ވެސް އަދި އެ ގައުމުތަކުގެ ރަސްމީ ހަފްލާތަކުގައި ވެސް އެކަމަނާ ފެންނަނީ ދިވެހިވަންތަ ފާސްކުރި ނަމްބަރު ހެނދުންކޮޅު ނުވަތަ ދިގުހެދުންކޮޅުގައެވެ.

 

ލަންކާއަށް ފުރާވަޑައިގެންނެވި ދުވަހު

ރައްޓެހިންނާއި އާއިލާގެ ބޭފުޅުން ވެސް ސިފަކުރައްވާ ގޮތުގައި އެކަމަނާއަކީ އާދައިގެ ދިރިއުޅުއްވުމަށް ލޯބިކުރައްވާ މިޒާޖުގައި ސާދާ ބޭކަނބަލެކެވެ. އެހެނަސް ވަރަަށް "ކްރިއޭޓިވް" ކަނބަލެއްވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Madam

2 މަސް ކުރިން

Hama asluvez varah furihama masha allah

0
0
ކިޔުންތެރިއެއް

2 މަސް ކުރިން

ރުހުމުގެ ލޮލަށް ޢައިބުފެންނާނީ ކިހިނެއް؟

0
3