20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޓްރޭޑް މާކެޓް ފެސްޓިވަލް

ޓްރޭޑް މާކެޓް ފެސްޓިވަލްގެ ނަމުގައި ހުޅުމާލޭގައި ޓްރޭޑް ފެއަރައެއް ބޭއްވުމަށް ނިންމައިފި

  • ފެއަރ ކުރިއަށްދާނީ މާރޗް މަހުގެ 26 އިން އެޕްރީލް 4 އަށް
  • ބައިވެރިވުމަށް އެދޭ ފޯމު ސްޓްރައިވް އިވެންޓްސްގެ ފޭސްބުކް ޕޭޖުން ލިބޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 5 ފެބުރުވަރީ 2019 | އަންގާރަ 16:54 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ޓްރޭޑް މާކެޓް ފެސްޓިވަލް -- ރާއްޖެއެމްވީ

ޓްރޭޑް މާކެޓް ފެސްޓިވަލްގެ ނަމުގައި ހުޅުމާލޭގައި ޓްރޭޑް ފެއަރައެއް ބޭއްވުމަށް ނިންމައިފިއެވެ.

މިފެއަރ ރާވާ އިންތިޒާމްކުރަނީ މުޅިން އަލަށް އިވެންޓް މެނޭޖްމަންޓްގެ ދާއިރާއަށް ނިކުންނަ "ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމަންޓް" އިންނެވެ.

މި ޓްރޭޑް ފެއަރ އޮންނާނީ މާރޗް މަހުގެ 26 އިން އެޕްރީލް 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކަމަށް ސްޓްރައިވް އިން ބުންޏެވެ.

މި ޓްރޭޑް ފެއަރގައި އެކި ބާވަތުގެ ވިޔަފާރި ސްޓޯލްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި ހާއްސަކޮށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންނާއި ޖާދޫގަރުންގެ ހަރަކާތްތައް ހުށަހަޅައިދިނުމާއި، ކޮމޭޑިއަންސްގެ ހަރަކާތްތައް ފެނިގެންދާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ ހޭލުންތެރި ކަމަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކުގެ ސްޓޯލްތައް ފެއަރގައި ހުންނާނެ ކަމަށް ސްޓްރައިވްއިން ބުންޏެވެ

މިފަދަ ޓްރޭޑް ފެއަރއެއް ބޭއްވުމުގެ މަޤްޞަދަކީ ތަފާތު ގިނަ ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އަގުހެޔޮކޮށް ތަކެތި ވިއްކާލުމުގެ ފުރުޞަތު އެފަރާތްތަކަށް ހުޅުވާލަދިނުމާ އެކު ރޯދަމަހަށް ޙާއްސަކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ރަނގަޅު ޕްރޮޑަކްޓްތައް ލިބޭނެ އިންތިޒާމެއް ހުރިހާ ފަރާތްތަކަށް ވެސް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ސްޓްރައިވް އިން ބުންޏެވެ.  

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކޮށް މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ މަސައްކަތްތައް ޕްރޮމޯޓްކުރުމަކީ ވެސް މިހަރަކާތުގެ އަމާޒެކެވެ.

ސްޓްރައިވްއިން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތުން ލިބޭ ފައިދާގެ ވަކި އިންސައްތައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެދޭ ފޯމު ސްޓްރައިވް އިވެންޓްސްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. މި ފެއަރވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިންގ ޑިވެލިޕްމަންޓް ކޯޕަރޭޝަނުން އެންޑޯޒް ވެސް ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް