24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

އިންޑިއާ

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

  • މިހާތަނަށް މި ރިކޯޑު އޮތީ ރަޝިއާގެ އަތުގައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 15 ފެބުރުވަރީ 2017 | ބުދަ 18:29 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


އިންޑިއާގެ ޕޯލާ ސެޓެލައިޓް ލޯންޗް ވެހިކަލް -- އައި އެސް އާރ އޯ

މިޝަނެއްގައި 104 ސެޓެލައިޓް ލޯންޗްކޮށްގެން އެންމެ ގިނަ ސެޓަލައިޓް އެންމެ މިޝަނެއްގައި ލޯންޗް ކުރި ގައުމު ކަމުގައި އިންޑިއާ ވެގެން ހިނގައްޖެއެވެ.

މިހާތަނަށް މި ރިކޯޑު އޮތީ ރަޝިއާގެ އަތުގައި ކަމަށްވާއިރު ރަޝިއާއިން އެންމެ މިޝަނެއްގައި 2014 ވަނަ އަހަރު ލޯންޗްކޮށްފައި ވަނީ 37 ސެޓެލައިޓެވެ.

އިރުމަތީ އިންޑިއާގައި ހުންނަ ސްރިހަރިކޮޓާ ސްޕޭސް ސެންޓަރުން 104 ސެޓެލައިޓް ލޯންޗް ކުރިއިރު އޮބްޒާވަރުން ބުނާގޮތުން މިއީ އިންޑިއާއިން މަލްޓި ބިލިއަން ޑޮލަރުގެ ޖައްވީ މާކެޓުގައި ބޮޑު ރޯލެއް އަދާ ކުރަމުން ދާކަން ދޭހަވާ ކަމެކެވެ. މި މިޝަނުގެ ޕްރޮޖެކްޓް ޑައިރެކްޓާ ބީ ޖަޔަކުމާރު ރޮއިޓާސް އަށް ވިދާޅުވެފައިވަނީ މިއީ ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށާއި މިހާރު އިންޑިއާ އިން ތާރިޚުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

ގިނަ ސެޓެލައިޓްތަކެއް ލޯންޗްކޮށް އިންޑިއާ ތާރިޚުގެ ތެރެއަށް ވަނުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އިންޑިއާގެ ސައިންސްވެރިންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ އިންްޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) އިން ހޯދި ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އަދި އިންޑިއާގެ ޖައްވީ ސައިންޓިފިކް ކޮމިއުނިޓީއަށް ފަޚުރުވެރިވުން ހައްގު ވަގުތުކޮޅެއް ކަމަށެވެ. އަދި އިންޑިއާގެ ސައިންސްވެރިންނަށް ސެލިއުޓް ކުރައްވާ ކަަމަށެވެ.

އިންޑިއާގެ ސަރުކާރުން އެގައުމުގެ ޖައްވީ ޕްރޮގްރާމަށް މިއަހަރު ވަނީ ބަޖެޓް ބޮޑުކޮށްފައެވެ. އަދި އެގައުމުން ވަނީ މިޝަނެއް ވީނަސް އަށް ފޮނުވުމަށް ވިސްނަމުންދާ ކަމަށް ވެސް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް