25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

  • މިއީ އިނގިރޭސިންގެ އަތުން ގެމްބިއާ މިނިވަންވި ފަހުން އިނގިރޭސި ޚަރިޖީ ވަޒީރަކު ގެމްބިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު
އަހުމަދު އަނޫޝު | IamAhmedAnoosh

| 15 ފެބުރުވަރީ 2017 | ބުދަ 18:24 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  6. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  7. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  8. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން


އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން -- ގޫގުލް

ގެމްބިއާ އަލުން ވަރަށް އަވަހަށް ކޮމަންވެލްތާ ގުޅޭނެ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ބޮރިސް ޖޯންސަން މިހެން ވިދާޅުވީ މިހާރު ގެމްބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގެމްބިއާގެ ރައީސް އަޑަމާ ބަރޯއާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ. ބޮރިން ޖޯންސަން ވަނީ އިނގިރޭސިވިލާތުން ގެމްބިއާއަށް އެކިކަންކަމުގައި ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އިނގިރޭސީން ނުފޫޒުފޯރުވަމުންދާ ވިދާޅުވެ ގެމްބިއާގެ ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހް ކޮމަންވެލްތުން ގެމްބިއާ ވަކިކުރެއްވީ 2013 ވަނަ އަހަރުއެވެ.

މިދިޔަ އަހަރު، ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހް ވަނީ ގެމްބިއާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަކިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް މިހާރުގެ ރައީސް އަޑަމާ ބަރޯ ވަނީ ވިދާޅުވެފައެވެ.

ބޮރިސް ޖޯންސަން ގެމްބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ 1965 ވަނަ އަހަރު އިނގިރޭސީންގެ ކިބައިން ގެމްބިއާއަށް މިނިވަންކަން ލިބުނު ފަހުން އިނގިރޭސި ޚާރިޖީ ވަޒީރަކު ގެމްބިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް