20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ވިޖޭ މާލަޔާ

އިންޑިއާގެ މަހުޖަނު ވިޖޭ މާލަޔާ އެކްސްޓްރެޑިޝަންގެ ދަށުން އިންޑިއާއާ ހަވާލުކުރަނީ

  • ވިޖޭ މާލަޔާގެ މައްޗަށް އިންޑިއާގައިވަނީ ދައުވާ އުފުލާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 5 ފެބުރުވަރީ 2019 | އަންގާރަ 02:01 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ވިޖޭ މާލަޔާ އިނގިރޭސިވިޅާތަށް ގޮސްފައިވަނީ މާޗް މަހު -- ފްރާންސް 24

ފްރޯޑްގެ ދައުވާ އުފުލިފައިވާ އިންޑިއާގެ މަހުޖަނު ވިޖޭ މާލަޔާ އެކްސްޓްރެޑިޝަންގެ ދަށުން އިންޑިއާ އާ ހަވާލު ކުރުމަށް އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ އަންގަވާފައިވާ ކަމަށް އެ އިދާރާގެ ތަރުޖަމާނު ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ކިންގްފިޝަރ ބިއަރ ކުންފުންޏާއި ފޯސް އިންޑިއާ ފޯމިއުލާ ވަން ޓީމްގެ ވެރިޔާ، އުމުރުުފުޅުން 63 އަހަރުފުޅުގެ މާލަޔާއަށް މިި ނިންމުން އިސްތިއުނާފަށް ހުށަހެޅުމަށް ލިބިވަޑައިގަންނަވާނީ ދެ ހަފްތާއެވެ.

ހޯމް ސެކްރެޓަރީގެ ތަރުޖަމާނު އޭއެފްޕީގައި ވިދާޅުވީ ޖާވިދު އެ އަމުރުގައި ސޮއި ކުރެއްވީ އާދީއްތަ ދުވަހު ކަމަށެވެ.

އިންޑިއާ ދޫކޮށް މާލަޔާ އިނގިރޭސިވިލާތަށް ވަޑައިގެންފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭނާ އެ ގައުމަށް ވަޑައިގެންފައި ވަނީ ލޯނެއްގެ ފައިސާ ދެއްކުމަށް ދައުލަތުގެ ބޭންކަކުން ދިން 1 ބިލިއަން ޑޮލަރު ހިއްޕަވައިގެންނެވެ.

 އެ ލޯނަކީ ދައުލަތުގެ ބޭންކެއް ކަމަށްވާ އައިޑީބީއައިއިން އޭނާގެ ބަނގުރޫޓްވި އެއަރލައިންގެ ލޯން ޚަލާސް ކުރުމަށް ދިން ފައިސާއެވެ.

އެކްސް ޓްރެޑިޝަންގެ ދަށުން އިންޑިއާއަށް މާލަޔާ ފޮނުވިދާނެ ކަމަށް އިނގިރޭސި ކޯޓަކުން ނިންމާފައިވަނީ މިދިޔަ އަހަރުގެެ ޑިސެމްބަރު މަހުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް