
| 5 ފެބުރުވަރީ 2019 | އަންގާރަ 01:18 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
"ފްރީޑަމް، ފްރީޑަމް" އޭ ގޮވަމުން ސޫދާނުގެ ވެރިރަށް ޚަރްތޫމްއާއި އޮމްދުރްމަންގައި ހޯމަ ދުވަހު ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދިޔަ އެއްވުމުގައި ތިބި ބައިވެރިންގެ ގަޔަށް ފުލުހުން ކަރުނަ ގޭސް ޖަހައިފިއެވެ.
ޚަރްތޫމްއާއި އޮމްދުރުމަންގެ މަގުތަކަށް އެތައް ބަޔަކު ނުކުމެ މުޒާހަރާކުރަން ފެށުމާއެކު ރަޔަޓް ފުލުހުން ނުކުމެ ކަރުނަ ގޭސް ޖަހައި މުޒާހަރާ ރޫޅާލަން މަސައްކަތްކުރި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.
ޕާނުގެ އަގު ތިން ގުނަ ބޮޑުކުރުމާ ގުޅިގެން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށުނު މުޒާހަރާގައި ރައީސް އުމަރު އަލް ބަޝީރުގެ އިސްތިއުފާއަށް ގޮވާލައި އަދި މުޅި ގައުމުގައި ހިންގޭ ހަރަކާތަކަށްވެފައިވާއިރު، ހޯމަ ދުވަހު ބޭއްވި އެއްވުމުގައި ފުލުހުން ނުކުމެ ކަރުނަގޭސް ޖެހުމުންވެސް މުޒާހަރާގެ ބައިވެރިންވަނީ އެއްވުން ކުރިޔަށް ގެންގޮސްފައެވެ.
މި އެއްވުން ކުރިޔަށް ގެންގޮސްފައިމި ވަނީ ސަަރުކަރާ ދެކޮޅަށް އެއްވުންތައް ރާވާ ފަރާތްތަކުން އާ މުޒާހަރާތަކެއް ބޭއްވުމަށް ގޮވާލުމާ އެކުއެވެ.
ސޫދާންގެ ޑިފެންސް މިނިސްޓަރ އަވާދު އިބްނޫފް ވަނީ މަޝްވަރާތަކުގައި ޒުވާނުން ބައިވެރިކުރުމަށް ގޮވާލާފައެވެ.
މުޒާހަރާކުރި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސީދާ އިިޝާރާތްނުކުރައްވައި އިބްނޫފް ވިދާޅުވީ ގައުމުގެ ހާލަތު ދައްކައިދެނީ ޒުވާނުންނާއި ދުވަސްވީ ފަރާތްތަކާދެމެދު އޮތް ޚިޔާލު ތަފާތުކަން ކަމަށެވެ.
މި ހިނގާދިޔަ ކަންކަން ދައްކައިދެނީ ސިޔާސީ މުއައްސަސާތައް، ޕާޓީތައް އަދި އަސްކަރީ ހަރަކާތް ތަފާތު ވިސްނުމަކުން އަލުން ބައްޓަން ކުރަން ޖެހިފައިވާކަންކަމަށް އަސްކަރީ އޮފިސަރުންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވިކަމަށް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައިވެއެވެ.
ގެންނަވަނީ ކޮން ބަދަލުތަކެެއްކަން މިނިސްޓަރ ތަފްސީލްކޮށްދެއްވާފައިނުވާއިރު މި ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއްނުވެއެވެ. މުޒާހަރާތަކުގެ ފަހަތުގައި ތިބީ ސިޔާސީ ޕާޓީތަކެވެ.
ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު މަގާމުން ދުރަށް ވަޑައިގަތުމަށް ގޮވާލައި ޖެނުއަރީ މަހު ބޮޑު އެއްވުމެއް ކުރިއަށް ދިޔައިރު، ހަމަ އެ ވަގުތު އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ބަޝީރު ވިދާޅުވީ މަގާމުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
އުމަރު އަލް ބަޝީރު ވެރިކަމަށް ވަޑައިގެން ހުންނެވީ 1989 ވަނަ އަހަރު ގެނައި ބަޣާވާތަކުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް