20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބޮލީވުޑް

ސިދާތް ހުރީ ސިންގަލްކޮށް!

  • ސިދާތް އާއި ޖެކޮލިން ދުވަހަކުވެސް ޑޭޓެއް ނުކުރޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ފެބުރުވަރީ 2019 | ހޯމަ 21:45 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ސިދާތް މަލޯތްރާ -- ގެޓީ އިމޭޖާސް

ބޮލީވުޑްގެ ތަރި ސިދާތް މަލޯތްރާ ވަނީ އޭނާ އާއި ޖެކޮލިން ފެނާންޑޭޒް އަދި ކިއާރާ އަދްވާނީ ޑޭޓް ކުރާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭ "ކޮފީ ވިތް ކަރަން" ޝޯގައި ވާހަކަ ދައްކާފައެވެ.

"ޖެންޓްލް މޭން" ގައި ސިދާތް އާއި އެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ޖެކޮލިން އާއި ގުޅޭ ގޮތުން ސިދާތް ބުނެފައިވަނީ އެ ދެމީހުން ދުވަހަކުވެސް ޑޭޓް ނުކުރާ ކަމަށެވެ. އެދެމީހުންގެ ދެމެދުގައި އޮންނަނީ ރައްޓެހިކަން ކަމަށާއި ދެމީހުން ބޭރަށްގޮސް މަޖާކޮށް އުޅޭ ކަމަށެވެ. އަދި ދެމީހުންގެ މިޒާޖުގައި ވެސް އެއްކަހަލަ ކަންތައްތަކެއް ހުންނަ ކަމަށާއި ޖެކޮލިން އަކީ އަބަދުވެސް ވަރަށް މަޖާކޮށް ވަރަށް އުފާވެފައި ހުންނަ ކުއްޖެއް ކަމަށެވެ.

ސިދާތްގެ ކުރީގެ ލޯބިވެރިޔާ އާލިއާއާ ވަކިވާން ވާން ދިމާވި ސަބަބަކީ ޖެކޮލިއާއި އޮންނަ ގާތް ގުޅުން ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ.

 

ސިދާތް އާއި އާލިއާ ޑޭޓް ކުރަން ފަށާފައިވަނީ އެދެމީހުން ބޮލީވުޑަށް ތަޢާރަފް ވެގެން ދިޔަ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" ކުޅުނުތާ އަހަރެއްހާ ދުވަސް ފަހުންނެވެ. މި ދެ މީހުން އެކުގައި ވަނީ "ކަޕޫރު އެންޑް ސަންސް" އިންވެސް ފެނިގެންގޮސްފައެވެ.

އާލިއާ މިހާރު ޑޭޓް ކުރަމުންދަނީ ރަންވީރު ކަޕޫރާއިއެވެ.

"ކޮފީ ވިތް ކަރަން" ޝޯގައި ސިދާތް އާއި އެންމެ ގުޅެނީ ކޮން ތަރިއަކާތޯ އާލިއާ އާއި ސުވާލު ކުރުމުން ބުނެފައިވަނީ ކިއާރާ އަދްވާނީ އާއި ކަމަށެވެ. ޖެކޮލިން އާއި ގުޅެނީ ކޮން ތަރިއެއްތޯ އެހުމުން ބުނެފައިވަނީ ސިދާތް ކަމަށެވެ. 

ކިއާރާ އާއި އޮންނަ ގުޅުމާއި ބެހޭގޮތުން ސިދާތް ބުނެފައިވަނީ އެކަހަލަ ކިތަންމެ ވާހަކައެއް ދެކެވޭ ކަމަށާއި އެވާހަކަތައް ތެދަކަށްވާނެ ނަމައޭ ހިތަށް އާރާކަމަށެވެ.

ކިއާރާ އަކީ ވަރަށް ލޯބި ކުއްޖެއް ކަމަށާއި ކިއާރާއާއި އެކު ފިލްމެއް ކުޅެން ކުރިއަށް އޮތް ކަމަށް ސިދާތް ވަނީ ބުނެފައެވެ. ނަމަވެސް ސިދާތް ހުރީ ސިންގަލް ކޮށްކަމަށް އޭނާ ވަނީ ބުނެފައެވެ.

ސިދާތް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޕަރިނީތީ ޗޯޕްރާ އާއި އެކު "ޖަބަރިޔާ "ޖޯޅީ" ކިއާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ އާއި ކަރީނާ އާއި އެކު "ގުޑް ނިއުސް" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް