22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

  • މުޙްޞަނު، (ޒިނޭ ކުރުމުގެ ކުރިން ރަނގަޅު ކައިވެންޏަކުން ކައިވެންޏެއް ކޮށްފައިވާ މީހާއެވެ.)
  • ޣައިރު މުޙްޞަނު (އެއީ ޒިނޭކުރުމުގެ ކުރިން ކައިވެންޏެއް ކޮށްފައި ނުވާ މީހާއެވެ.)
އަހްމަދުﷲ ޖަމީލް | adjameel

| 4 ފެބުރުވަރީ 2019 | ހޯމަ 21:44 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ދެޖިންސުގެ ދެ މީހަކު حلال ނޫން ގޮތުގައި ޖިންސީ ގުޅުންތައް ހިންގައި، جماع ވުމެވެ. -- އާކައިވް

19 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ޙައްދު ޤާއިމްކުރެވޭ ކަންކަން:

ހ. ޒިނޭ ކުރުމުގެ ކުށް:

ޒިނޭ ކުރުމަކީ، ފިރިހެނާގެ ޒަކަރުން، ޚިތާނު ކުރީމާ ފާޅުވާ ހިސާބު ނުވަތަ އެބައި ނެތް މީހާ، ޒަކަރުން ދެން އޮތް ބައިން އެމިންވަރު، ކައިވެނީގެ ޝުބުހަ އެއް ނެތި ޠަބީޢީގޮތުން އެދުންވެރިވާ، ޙަރާމްވެގެންވާ ފަރުޖަކަށް ވެއްދުމެވެ.

ހ.1. ޒިނޭއަކީ ކޮބާ؟

 ޒިނޭ ކުރުމަކީ: ދެޖިންސުގެ ދެ މީހަކު حلال ނޫން ގޮތުގައި ޖިންސީ ގުޅުންތައް ހިންގައި، جماع ވުމެވެ. ޒިނޭއަކީ އިސްލާމްދީން ދެކޭ ގޮތުގައި ވަރަށް ނުބައި ފާޙިޝް ޢަމަލެކެވެ. الله تعالى ވަޙީކުރައްވަނީ: وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلً (الإسراء: ٣٢)  މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހައުދަހައި ނުބައި ވެގެންވެއެވެ." ޒިނޭ އަކީ ހުތުރުކަން ބޮޑުވެގެން ވާ ފާފައަކަށް ވާތީ الله ވަނީ މި ފާފައަށް ޙައްދު ކަނޑަ އަޅުއްވާފައެވެ. ނޫރުސޫރަތުގެ 2 ވަނަ އާޔަތުގައި ވަނީ: الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ  މާނައީ "ޒިނޭކުރާ އަންހެން މީހާ އާއި އަދި ފިރިހެން މީހާ އާއި ދެ މީހުން ކުރެ ކޮންމެ މީހެއްގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖަހާށެވެ." ޙައްދު ޖެހުމުގައި އޭނާގެ މޫނާއި މޭމަތި ފަދަ އޭނާގެ ރީތިކަމަށް ހުތުރުކަމެއް އަތުވެދާނެ ތަނެއްގައި ތަޅައިގެން ނުވާނެއެވެ. ޒިނޭކުރި އަންހެން މީހާ ބަލިވެ އިން ކަމަށްވާ ނަމަ އޭނާގެ މައްޗަށް ޙައްދު ޤާއިމް ކުރާނީ ވިހާ ގަދަވުމަށް ފަހު ގައެވެ.

ޒިނޭ ކުރާ މީހުން ބެހޭ ބައިތައް:

ޒިނޭކުރާ މީހުން ބެހެނީ 2 ބަޔަކަށެވެ. އެއީ:

(ހ) މުޙްޞަނު، (ޒިނޭ ކުރުމުގެ ކުރިން ރަނގަޅު ކައިވެންޏަކުން ކައިވެންޏެއް ކޮށްފައިވާ މީހާއެވެ.)

(ށ) ޣައިރު މުޙްޞަނު (އެއީ ޒިނޭކުރުމުގެ ކުރިން ކައިވެންޏެއް ކޮށްފައި ނުވާ މީހާއެވެ.)

މުޙްޞަނާގެ ޙައްދަކީ: ރަޖަމުކުރުމެވެ. އެއީ މެދުމިންވަރުގެ ހިލައިން ނުވަތަ ގަލުން އޭނާގެ ގައިގައި ތަޅައި މެރުމެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ހިނގާފައިވާ މި ޙާދިޘާއިން މިކަމަށް ދަލީލު ލިބެއެވެ. ماعز بن مالك ޒިނޭކުރި ކަމަށް އިޢުތިރާފް ވުމުން ރަޖަމްކުރެއްވި އެވެ. عَنْ أَبِي هُرَيْرَةَ، قَالَ: }أَتَى رَجُلٌ مِنَ الْمُسْلِمِينَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ فِي الْمَسْجِدِ فَنَادَاهُ فَقَالَ: يَا رَسُولَ اللهِ، إِنِّي زَنَيْتُ فَأَعْرَضَ عَنْهُ فَتَنَحَّى تِلْقَاءَ وَجْهِهِ فَقَالَ: يَا رَسُولَ اللهِ، إِنِّي زَنَيْتُ فَأَعْرَضَ عَنْهُ حَتَّى ثَنَّى ذَلِكَ عَلَيْهِ أَرْبَعَ مَرَّاتٍ، فَلَمَّا شَهِدَ عَلَى نَفْسِهِ أَرْبَعَ شَهَادَاتٍ دَعَاهُ فَقَالَ: «أَبِكَ جُنُونٌ؟» قَالَ: لَا قَالَ: «فَهَلْ أُحْصِنْتَ؟» قَالَ: نَعَمْ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اذْهَبُوا بِهِ فَارْجُمُوهُ» متفق عليه މާނައީ: أبو هريرة رضي الله عنه ގެ އަރިއަހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ސަލާމާއި، ޞަލާވާތް ލެއްވި ރަސޫލާ މިސްކިތުގައި އިންނަވަނިކޮށް މުސްލިމުންގެ ތެރެއިން ފިރިހެނަކު އައިސް އެކަލޭގެފާނަށް ގޮވައިލައިފައި ދެންނެވިއެވެ. އޭ ރަސޫލު اللهގެ ފާނެވެ! ހަމަކަށަވަރުން އަޅުގަނޑު ޒިނޭ ކޮށްފީމެވެ. ދެން ފަހެ އިތުރު އެކަލޭގެފާނު މޫނުފުޅު އަނެއް ފަރާތަށް އަނބުރައިލެއްވިއެވެ. އެމީހަކު އެފަރާތަށް ގޮސް ހަމަ އެގޮތަށް ދެންނެވިއެވެ. އެމީހާ އެގޮތަށް 4 ފަހަރު ދެންނެވުމުން، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. "ތިބާގެ ކިބައިގައި މޮޔަކަމެއް ވޭހެއްޔެވެ؟" އޭނާ ދެންނެވިއެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތިބާއީ މުޙްޞަނެއް ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. އާދޭހެވެ. ދެން ފަހެ ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނަށް ޙަދީޘް ކުރެއްވިއެވެ. "ތިޔަ ބޭކަލުން މި މީހާ ގޮވައިގެން ދާށެވެ! އަދި އޭނާ ރަޖަމް ކުރާށެވެ."

ރަޖަމު ކުރާއިރު ފިރިހެން މީހާ ބަނދެ ނުވަތަ ވަޅުލާފައި ބެހެއްޓުން ހުއްދައެއް ނޫނެވެ. އަންހެންމީހާގެ އުނަގނޑުން ތިރި ވަޅުލެވިދާނެއެވެ. މިގޮތުން، ތަޅާއިރު އޭނާގެ މޫނުގައި ޖަހައިގެން ނުވާނެއެވެ. ރަޖަމު ކުރުމަށް ފަހު އެމީހުންނާ މެދު ކަންތައް ކުރާނީ މުސްލިމުންނާ މެދު ކަންތައް ކުރަން އަންގަވައިފައިވާ ގޮތަށެވެ. ޣައިރު މުޙްޞިނު މީހާގެ ޙައްދަކީ 100 އެތިފަހަރުން ތަޢްޒީރުކޮށް އެއް އަހަރުގެ މުއްދަތަށް އަރުވާލުމެވެ. ނުވަތަ ބަންދުކުރުމެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް