20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

ދޯސްތާނާ 2 ކުޅޭނީ އާލިއާތަ؟

  • "ދޯސްތާނާ 2" އަކީ 2008 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ސީކުއެލްއެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ފެބުރުވަރީ 2019 | ހޯމަ 20:07 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އާލިއާ ބަޓް -- ގޫގުލް

"ދޯސްތާނާ 2" ގެ ލީޑް ރޯލުން އާލިއާ ބަޓް ފެނިގެންދާނެ ކަމަށް އަޑުފެތުރެމުން ދަނިކޮށް ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވަނީ ރައްދު ދީފައެވެ.

މި ޚަބަރުތަކަށް ރައްދުދީ ކަރަން ކޮށްފައިވާ ޓްވީޓްގައި ވަނީ، އެއްވެސް މީހަކަށް އަދި "ދޯސްތާނާ 2"ގެ ބަތަލާގެ ރޯލު ނުދޭ ކަމަށެވެ. ފިލްމުގެ އުފެއްދުމުގެ ވިސްނުން ގެންގުޅުނަސް އެއްވެސް ކަމެއް އަދި ޔަގީން ނުވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

"ދޯސްތާނާ 2 "އަކީ 2008 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ސީކުއެލް އެކެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި އަބިޝޭކް ބަޗަން އަދި ޖޯން އަބްރަހަމް ކުޅެފައިވާ މި ފިލްމްގެ ދެވަނަ ބައެއް އުފައްދާނެ ކަމަށް ޚަބަރު ފެތުރުނުތާ މިހާރު އަހަރުތަކެއް ވަނީ ވެފައެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ކަރަން ވަނީ މި ފިލްމުގެ މަސައްކަތް ފަށަން ވިސްނަމުން އަންނަ ކަމަށް އަނެއްކާ ވެސް ބުނެފައެވެ.

"ދޯސްތާނާ" އަކީ ޕްރިޔަންކާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ފިލްމެވެ. ފިލްމުގެ "ދޭސީ ގާލް" ލަވަޔާއެކު ޕްރިޔަންކާ ވަނީ ބޮލީވުޑްގެ "ދޭސީ ގާލް" ގެ ގޮތުގައި މަޝްހޫރު ވެފައެވެ. އަދި ދެވަނަ ފިލްމެއް އުފައްދަން ވާހަކަ ދެކެވޭއިރު، ދެވަނަ ފިލްމުގެ ޖާގަ ވެސް ޕްރިޔަންކާ އަށް ދެވިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާލިއާ ވަނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާފައިވާ ކާމިޔާބު ފިލްމްތަކެއް ކުޅެފައެވެ.

މިއަހަރާއި 2020 ވަނަ އަހަރު ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ "ކަލަންކް"، ބްރަމާސްތްރަ" އަދި ތަޚްތު" އިން ވެސް އާލިއާ ފެނިގެން ދާނެއެވެ.

އާލިއާ މިވަގުތު އޭނާގެ އަންނަން އޮތް ފިލްމް "ގަލީ ބޯއީ" ޕްރޮމޯޝަންގެ މަސައްކަތްތައް ކުރަމުންނެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް