20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެންމެ ދުވަސްވީ އަންހެން މީހާ

އެންމެ ދުވަސްވީ އަންހެން މީހާ ނިޔާވިއިރު ހަޔާތުގައި އުފަލުން ވޭތުކުރީ އެންމެ ދުވަހެއް!

  • އޭނާ މަރުވިއިރު ދިޔައީ ދުއާކުރަމުން
  • އޭނާ މަރުވިއިރު އުމުރުން 129
ލައިޝާ އަހްމަދު | LailaAhmeds

| 4 ފެބުރުވަރީ 2019 | ހޯމަ 15:14 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ކޮކޯ އިސްތަމްބުލޯވާ -- ޑެއިލީ މެއިލް

ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ އަންހެން މީހާ ނިޔާވިއިރު، އޭނާގެ ހަޔާތުން އުފަލުން ވޭތުކޮށްފައި ވަނީ އެންމެ ދުވަހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. 

ރަޝިޔާއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ ކޮކޫ އިސްޓަމްބުލޯވާ އުމުރުން 129 އަހަރުގައި ނިޔާވެފައިވާއިރު، އޭނާއަކީ 1950 ގެ އަހަރުތަކުގައި ސޯވިއެޓް ޔޫނިއަންގެ ޖެނެރަލް ސެކެޓަރީކަން ކުރި އަނިޔާވެރި ވެރިއެއް ކަމަށްވާ ޖޯސެފް ސްޓާލިންގެ ޒަމާނުގެ އަނިޔާވެރިކަން ވަރަށް ގާތުން ތަހައްމަލުކޮށް އެ އަނިޔާތަކުން ވަރަށް ހަނި ގޮތެއްގައި ސަލާމަތްވެފައިވާ މީހެއް ކަމަށް އެޤައުމުގެ ރިޕޯރޓުތައް ބުނެއެވެ. 

ކޮކޯ ނިޔާވެފައިވާއިރު، ރަޝިޔާގެ މީޑިއާގެ ސަމާލުކަމަށް ކޮކޯ ފުރަތަމަ އައިސްފައި ވަނީ ޖޯސެފްގެ އަނިޔާތަކަށް ފިލުމަށް އަމިއްލައަށް ކަޒަކިސްތާނަށް އަރުވާލެވިިގެން އެތައް ދުވަހަކު ހުރުމަށް ފަހު އަނބުރާ ޤައުމަށް އައިސް އެ ތަޖުރިބާ ހިއްސާ ކުރުމުންނެވެ. އެގޮތުން ސްޓާލިންގެ އަނިޔާވެރިކަމުގެ ދަށުގައި ދެކިފައިވާ ލާއިންސާނީ މަންޒަރުތަކުގެ ވާހަކަ ކޮކޯ ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ. 

ކޮކޯ ބުނެފައި ވަނީ އެ ދުވަހު އެނބުރި ޤައުމަށް އައިސް އަމިއްލައަށް ބިނާކުރި ގެއަކަށް ވަދެވުނު ދުވަހަކީ މުޅި ހަޔާތުގައި ވެސް އުފަލުން ހޭދަކުރެވުނު ހަމައެކަނި ދުވަސް ކަމަށެވެ. 

ދުނިޔޭގައި ހުރި ނަމަ ޖޫން މަހު ކޮކޯއަށް 130 އަހަރުވާނެ

މަރުވިއުރު 5 މާމަ ދަރިންނާއި 15 މުނިމާމަ ދަރިން ކޮކޯގެ ތިބިއިރު، އޭނާގެ އާއިލާ އިން ބުނީ އޭނާ މަރުވީ ކުއްލިއަކަށް ސިއްހީ ހާލަތު ގޯސްވެ ލޭގެ ޕްރެޝަރު ދަށްވެގެން ކަމަށާއި، މަރުވިއިރު ކޮކޯ ދިޔައީ ނަމާދުކޮށް ދުއާކުރަމުން ކަމަށެވެ. 

ޖޯސެފް ސްޓާލިން ވަނީ ރަޝިއާގެ މުސްލިމުން ދިރިއުޅޭ އަވަށެއް ކަމަށްވާ ޗެޗްނިއާގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުން އަނިޔާވެރިކަމާ އެކު އެކި ތަންތަނަށް ޑީޕޯރޓުކޮށް އެތައް ބަޔަކު މަރާލުމަށް ފަހު އެތަނުގެ މަގުތަކާއި ގެތައް ހަލާކުކޮށްލާފައެވެ. އަދި ރަޝިއާގެ ޗާޓުން ވެސް ޗެޗްނިއާ އޭރު އޮތީ ފުހެލާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް