20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ކޮންސިއުމަރ އިލެކްޓްރޯނިކްސް ފެއަރ

އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމަރ އިލެކްޓްރޯނިކްސް ފެއަރ ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި

  • ފެއާގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކަކުން ލިބެން ހުރި އެންމެ ޒަމާނީ ވަސީލަތްތައް ދައްކާލާނެ
އަމަން ހަލީމް | soupized

| 4 ފެބުރުވަރީ 2019 | ހޯމަ 13:01 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ނައިބު ރައީސް ފައިސަލް ފެއަރ އިފްތިތާހު ކޮށްދެއްވަނީ -- ރައީސް އޮފީސް

ރާއްޖޭގައި ބާއްވާ އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމަރ އިލެކްޓްރޯނިކްސް ފެއަރ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ޖޫން މަހުގެ ތެރޭގައި ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފައިވާ ފެއާގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކަކުން ލިބެން ހުރި އެންމެ ޒަމާނީ ވަސީލަތްތައް ދައްކާލުމާ އެކު އެ ވަސީލަތްތައް އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފެއާގެ ތެރެއިން އިލެކްޓްރޯނިކްސް ސާމާނު ހެޔޮ އަގެއްގައި ގަތުމުގެ ފުރުސަތު ލިބޭނެއެވެ.

މި ފެއަރގައި ރާއްޖޭގެ ކުންފުނިތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ވެރިންގެ އިތުރުން އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހުން ބައިވެރިވާ ސިންޕޯސިއަމެއް ވެސް ކުރިއަށްދާނެ ކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އަދި މީގެ އިތުރުން ބީޓުބީ މީޓިންގތަކަށް އޮންލައިންކޮށް ރިކުއެސްޓްކޮށްގެން ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

މި ފެއަރ އިންތިޒާމުކުރާ ލިކަމެކް އިން ބުނެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ޓެކްނޮލޮޖީ ރޯޑް ޝޯތަކެއް ބޭއްވުމެވެ. އެގޮތުން މި އަހަރު އުތުރާއި ދެކުނުގައި ދެ ރޯޑް ޝޯއެއް ބޭއްވުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މި ފެއަރއަކީ މިންސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން އެންޑޯސްކޮށްގެން ބާއްވާ އިވެންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް