20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ދަ ބިގް ބޭންގް ތިއަރީ

12 ސީޒަނަށް ފަހު 'ދަ ބިގް ބޭންގް ތިއަރީ' ނިންމާލަނީ

  • 'ދަ ބިގް ބޭންގް ތިއަރީ' ޕްރިމިއަރކޮށްފައިވަނީ 2007 ވަނަ އަހަރު
އައިޝަތު ޝާނީ | Shaaknee

| 4 ފެބުރުވަރީ 2019 | ހޯމަ 12:20 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


'ދަ ބިގް ބޭންގް ތިއަރީ'ގެ ސީޒަން 12 ޕޯސްޓަރެއް -- ސީބީއެސަް

މަޝްހޫރު ސިޓްކޮމްއެއްކަމަށްވާ 'ދަ ބިގް ބޭންގް ތިއަރީ' މި އަހަރުގެ މޭ މަހު ނިމޭނެއެވެ.

އެމެރިކާގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ އެއް ޝޯވކަމަށްވާ 'ދަ ބިގް ބޭންގް ތިއަރީ' މި ނިންމާލަނީ 12 ސީޒަނަށް ފަހުއެވެ. ޝޯވގެ 12 ވަނަ ސީޒަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މި ޝޯވ މި އަހަރު ނިމިގެންދާއިރު، 2007 ވަނަ އަހަރު ޝޯވ ފެށުނު އިރު ފެނިގެންދާ މައި ތަރިންތައް އަދިވެސް އުޅެއެވެ.

'ދަ ބިގް ބޭންގް ތިއަރީ'ގެ ސީޒަން 1ގެ ޕޯސްޓަރެއް. ފޮޓޯ: ސީބީއެސް

އެއީ، ޕެނީގެ ރޯލު ކުޅޭ ކޭލީ ކުއޯކޯ، ޑރ. ޝެލްޑަން ކޫޕަރގެ ރޯލުން ފެންނަ ޖިމް ޕާސަންސް، ޑރ. ލެނަރޑް ހޮފްސްޓެޓަރ ގައި ބައި ކުޅޭ ޖޯނީ ގަލެކީ، ހަވަރޑް ވޮލޮވިޓްޒްގެ ރޯލުން ފެންނަ ސައިމަން ހެލްބަރގް އަދި ޑރ. ރާޖޭޝް 'ރާޖް' ކޫތްރަޕާލީގެ ރޯލު ކުޅޭ ކުނާލް ނައްޔާރެވެ. މީގެ އިތުރުން ޝޯވއާ ފަހުން ގުޅުނު ތަރިންގެ ތެރޭގައި، ޑރ. އޭމީ ފެރާ ފައުލަރގެ ބައިން ފެންނަ މަޔިމް ބަލިކް، ޑރ. ބަރނެޑެޓް ރޮޓެންކައުސްކީ-ވޮލޮވިޓްޒްގެ ރޯލް ކުޅޭ މެލިސާ ރޯޗް އަދި ސްޓުއާޓް ބްލޫމްގެ ރޯލުން ފެންނަ ކެވިން ސަސްމަން ހިމެނެއެވެ.

12 ވަނަ ސީޒަނަކީ 'ދަ ބިގް ބޭންގް ތިއަރީ'ގެ ފަހު ސީޒަނަށް ހަދަން ޖެހުނީ ޝޯވގެ މައި ތަރިން ތެރޭގައި ހިމެނޭ ޖިމް ޕާސަންސް، 45، 13 ވަނަ ސީޒަނަކަށް އަނބުރާ ނުދާން ނިންމުމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ޖިމް މިހާރު ދަނީ 'ދަ ބިގް ބޭންގް ތިއަރީ'ގައި އޭނާ ކުޅޭ ކެެރެކްޓަރކަމަށްވާ ޝެލްޑަން ކޫޕަރ ޅައިރު ދައްކުވައިދޭ ޝޯވއެއްކަމަށްވާ 'ޔަންގް ޝެލްޑަން' ޕްރޮޑިއުސް ކުރަމުންނެވެ.

2007 ވަނަ އަަހަރު ޕްރިމިއަރ ކުރެވުނު 'ދަ ބިގް ބޭންގް ތިއަރީ'އަކީ އެމެރިކާގެ އެންމެ ކާމިޔާބު އެއް ސިޓްކޮމްއެވެ.

މި ޝޯވ އިން ފެނިގެންދަނީ ހަތަރު 'ނަރޑުން'ގެ ހަޔާތެވެ. އަދި ޝޯވ ވެގެންދިޔައީ އާންމުކޮށް ބުލީކުރުން އަމާޒްވެފައިވާ ނަރޑުން ނުވަތަ ގީކުންނަށް ޕޮޒިޓިވް އެއްޗަކަށެވެ.

އަދި 2008 ވަނަ އަހަރު ރިލީޒްކޮށްފައިވާ 'އަޔަން މޭން' ފިލްމާއި އެއަށް ފަހު އައި ކޮމިކް ފިލްމްތަކަށް ބޮޑު ތަރުހީބެއް ލިބުމުގެ ފަހަތުގައި 'ދަ ބިގް ބޭންގް ތިއަރީ'ގެ އަތެއްވާކަމަށް ބައެއް ފަރާތްތައް ގަބޫލު ކުރެއެވެ.

'ދަ ބިގް ބޭންގް ތިއަރީ'ގެ ސީނެއް؛ ކެރެކްޓަރުން ސުޕަރހީރޯ ހެދުމުގައި

ސައި-ފައި އަދި ކޮމިކަށް ލޯބި ކުރާ ހަތަރު ލީޑް ކެރެކްޓަރުން ހިމެނޭ މި ޝޯވގައި އެ މައުލޫތަކުގެ ވާހަކަ ގިނައެވެ. އަދި ތަރިންތައް ބައެއް އެޕިސޯޑްތަކުގައި ސުޕަރ-ހީރޯ ހެދުމުގައި ފެެނެއެވެ. އޭގެ ތެރޭގައި މިހާރު އެންމެ ހިނގާ، ޖޭސަން މަމޯއާގެ 'އަކުއަމޭން' ކެރެކްޓަރ ހިމެނެއެވެ.

މީގެ އިތުރުން، ސައިންސާއި ޓެެކްނޮލޮޖީގެ ވާހަކަތައްވެސް ޝޯވގައި ގިނައެވެ.

'ދަ ބިގް ބޭންގް ތިއަރީ'ގެ ތަރިން މާވެލް ކޮމިކްސްގެ ލެޖެންޑް ސްޓޭން ލީއާއެކު

'ދަ ބިގް ބޭންގް ތިއަރީ'ގެ މަގުބޫލުކަމުގެ ސަބަބުން މި ދާއިރާތަކުގައި ފާހަގަ ކުރެވޭ ގިނަ ފަރާތްތައް ޝޯވގެ އެޕިސޯޑުތަކުން ފެނިގެންދެއެވެ. އޭގެ ތެރޭގައި ނޮވެމްބަރ 2018ގައި މަރުވި، މާވެލް ކޮމިކްސްގެ ބާނީއެއް ފަދަ ސްޓޭން ލީ އާއި އެ އަހަރު މާޗް މަހު މަރުވި މަޝްހޫެރު ސައިންޓިސްްޓް އަދި ތިއަރޮޓިކަލް ފިޒިސިސްޓެއްކަމަށްވާ ސްޓީވަން ހޯކިންގ ހިމެނެއެވެ.

'ދަ ބިގް ބޭންގް ތިއަރީ'ގެ ތަރިން މަޝްހޫރު ފިޒިސިސްޓް ސްޓީވަން ހޯކިންގއާއެކު

ވޯނަރ ބްރަދަރސް އާއި ސީބީއެސްގެ މި ޝޯވ ތައްޔާރުކޮށްފައިވަނީ މަޝްހޫރު ސިޓްކޮމެއްކަމަށްވާ 'ފްރެންޑްސް' ތައްޔާރުކުރި ޓީމްގައި ހިމެނޭ ޗަކް ލޯރއާއި 'ޓޫ އެންޑް އަ ހާފް މެން' ތައްޔާރު ކުރި ބިލް ޕްރެޑީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް