19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

އެޑިއުކޭޝަން އެކްސްޕޯ

އެޑިއުކޭޝަން އެކްސްޕޯގެ ތާރީހު ފަސްކޮށްފި

  • އެކްސްޕޯ އޮންނާނީ ފެބްރުއަރީ 28 ވަނަ ދުވަހުން މާރޗް 02 ވަނަ ދުވަހަށް ދަރުބާރުގޭގައި
ސިމާހާ ނަސީމް | sim_kamana

| 4 ފެބުރުވަރީ 2019 | ހޯމަ 12:17 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގެ ތެރެއިން - -- އާކައިވް

މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ބާއްވާ ތާރީހު ފަސްކޮށްފިއެވެ.

އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް) އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 14 ވަނަ ދުވަހުން 16 އަށެވެ. ނަމަވެސް އަސަރީގެ ފަރާތުން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހުން މާރޗް 02 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ.

އެކްސްޕޯ ބާއްވާ ތާރީހު ފަސްކުރަން ޖެހުނީ ސަރުކާރުގެ ބޭނުމަށް ދަރުބާރުގެ ނަގަން ޖެހުމުން ކަމަށް އަސަރީ އިން ބުންޏެވެ.

މިއަހަރުގެ އެކްސްޕޯގައި މިހާތަނަށް މެލޭޝިއާ، ޖަރުމަންވިލާތް، ސްރީލަންކާ ފަދަ ޤައުމުތަކުގެ 80 އަށްވުރެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވެފައިވާއިރު ރާއްޖޭގެ އިންސްޓިޓިއުޓްތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ބައިވެރިވުމުގެ ޖާގަ ފުރިފައިވާ ކަމަށް އަސަރީ ސާރވިސަސްގެ ފަރާތުން އިތުރަށް ބުންޏެވެ.

މި އެކްސްޕޯއަކީ ރާއްޖޭ އާއި ރާއްޖެ އިން ބޭރުން ލިބެން ހުންނަ ތައުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ތަފާތު ގިނަ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ"ގެ އަމާޒަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި މަތީ ތަޢުލީމަށް ޝައުޤުވެރިވެލައްވާ ހުރިހާ ބޭފުޅުންނަށް ވެސް ބޭނުންހުރި މުހިންމު ފުރުސަތުތައް އެކްސްޕޯގެ ޒަރީއާ އިން ހުޅުވާލަދިނުމެވެ. މަތީ ތަޢުލީމު އަދާކުރަމުން އަންނަ ފަރާތްތަކާއި އަދި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވަރަށް މުހިންމު ވާރކްޝޮޕްތަކެއް ވެސް މި އެކްސްޕޯގައި ކުރިއަށްދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް