22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު

ކުޑަ އައްޔަ އަދި ޖާއްޓެ ހޯދި ކާމިޔާބީއަށް ރައީސް ސޯލިހު މަރުހަބާ ދަންނަވައިފި

 • މުބާރާތުގައި 35 ރާޅާއެޅުންތެރިން ވަނީ ވާދަކޮށްފައި
 • އަލީ ހުޝްރުވާން (ކުޑަ އައްޔަ) ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި
 • އަލީ ޖާވިދު (ޖާއްޓެ) ވަނީ މުބާރާތުގެ ރަނަރަޕްކަން ހޯދާފައި
ލީވާން އަލީ | MrLeevaan

| 4 ފެބުރުވަރީ 2019 | ހޯމަ 11:37 | |

މަގުބޫލް

 1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ކުޑަ އައްޔަ އަދި ޖާއްޓެ މެލޭޝިއާގެ ރާޅާއެޅުންތެރިންނާއެކު -- ފޭސްބުކް

މެލޭޝިއާގައި ކުރިޔަށްދިޔަ ޓިއޯމަން ފެސްޓިވަލް 2019 ގެ ޗެމްޕިއަންކަން ހޯދި އަލީ ހުޝްރުވާން (ކުޑަ އައްޔަ) އަދި ރަނަރަޕްކަން ހޯދި އަލީ ޖާވިދު (ޖާއްޓެ) އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

އަމިއްލަ ގޮތުން ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިން ވާދަކުރި މި މުބާރާތުގެ އެއްވަނަ ކުޑަ އައްޔަ އަދި ދެވަނަ ޖާއްޓެ ހޯދީ މެލޭޝިއާ އާއި ސިންގަޕޫރުގެ ރާޅާއެޅުންތެރިންނާ ވާދަކޮށްގެންނެވެ. މުބާރާތުގައި 35 ރާޅާއެޅުންތެރިން ވަނީ ވާދަކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޑަ އައްޔަ ބުނީ، ހޯދި ކާމިޔާބީއަށް ރައީސް ސޯލިހު މަރުހަބާ ދަންނަވައި އަގުވަޒަން ކުރެއްވުމުން ވަރަށް އުފާވާ ކަމަށާއި، ކާމިޔާބު ހޯދަން އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ކުޑަ އައްޔަ ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާޅާއެޅުންތެރިންގެ އަގުވަޒަން ކުރައްވާފައިނުވާ ކަމަށާއި، މި ސަރުކާރުން ރާޅާއެޅުންތެރިންގެ އަގުވަޒަން ކުރައްވާތީ އުންމީދުތަކެއް އާވެގެން ގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން ކުޑަ އައްޔަ ބުނީ، ޓިއޯމަން ފެސްޓިވަލްއަކީ ލެވެލްއަށް ބަލާއިރު މާ ބޮޑު މުބާރާތެއް ނޫން ކަމަށާއި، ނަމަވެސް މުބާރާތަކުން ވަނައެއް ލިބޭ ކޮންމެ ފަހަރަކީ ދިވެހިންނަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަނީ ކުޑަ އައްޔަ އަދި ޖާއްޓެ ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ޓުވީޓް ކުރައްވާފައެވެ.

މުބާރާތުގައި ވާދަކުރި ރާޅާއެޅުންތެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

ރާއްޖޭގެ ރާޅާއެޅުންތެރިން އަންނަނީ ސަރަހައްދީ މުބާރާތްތަކުގައި ގިނަ ވަނަތައް ހޯދާ ދިވެހިން ފަޚުރުވެރި ކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް