22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ގޮށްރާޅު

އައިމަން ޒިންމާ ނަގަން ޖެހޭ ސަބަބު މިރޭ އެނގޭނެ

  • ދާއިރާއަށް އާ ގިނަ ފަންނާނުން ފެނިގެންދާނެ
  • ފިލްމުގެ ޓިކެޓް އޮލިމްޕަހުގައި މިހާރު ދަނީ ވިއްކަމުން
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 4 ފެބުރުވަރީ 2019 | ހޯމަ 09:03 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ގޮށްރާޅުގެ މައި ރޯލުތަކުން ފެނިގެންދާ ބައެއް ތަރިން -- އާކައިވް

"އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން"، މިއީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެ އަންހެން ކުއްޖާ ބިލްޑިންގގެ މަތިން ފުންމާލުމުގެ ކުރިން މީހަކަށް ގުޅައިގެން ހުރެ ބުނި ފަހު ވާހަކައެވެ. އިމާރާތުން ފުންމާލީ ކޮން ކުއްޖެއް ކަމާއި، އެ ކުއްޖާގެ މަރަށް އައިމަން ޒިންމާވާން ޖެހޭނެ ކަމަށް އޭނާ ބުނި ސަބަބު ހޯމަ ދުވަހުގެރޭ އެނގޭނެއެވެ.

މިއީ ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަރޓެއިންމަންޓް (ޑްރޭ) އިން މި އަހަރު ސްކްރީނަށް ގެންނަ ފުރަތަމަ ފިލްމު، 'ގޮށްރާޅު' ރިލީޒް ކުރާ ވާހަކައެވެ.

އޮލިމްޕަހުގެ ޒަމާންވީ މެލޯޑްރެމެޓިކް ރަހަގަނޑު ބަދަލު ކޮށްލި 'ލޫދިފާ' ފަދަ ފިލްމުތަކުގެ މުގުލުގައި ހުރި މޫމިން ފުއާދުގެ ވާހަކައަކަށް، ކުޅަދާނަ ވީއެފްއެކްސް އާޓިސްޓް އަދި ސިނެމަޓޯގްރަފަރ އަޙުމަދު ޝިނާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް ނެރެފައި ނުވާފަދަ ކްރައިމް ތްރިލަރއެކެވެ. 18 އަހަރުން މަތީގެ އޯޑިއެންސަށް ތައްޔާރު ކޮށްފައިވާ މި ފިލްމަކީ ސޯލޯ ޑައިރެކްޓަރެއްގެ ގޮތުގައި ޝިނާން މަސައްކަތް ކޮށްފައިވާ ފުރަތަމަ ފިލްމެވެ.

ހޯމަ ދުވަހުގެރޭ ފިލްމު ރިލީޒް ކުރާއިރު، ޑާކް ރެއިން އިން މިހާތަނަށް ވަނީ މި ފިލްމުގެ ދެ ޓްރެއިލަރ އާންމު ކޮށްފައެވެ. ދެ ޓްރެއިލަރއިންވެސް ނޭވާ ހިފަހައްޓާލަން ޖެހޭފަދަ މަންޒަރުތަކެއް ފެނިގެންދާއިރު، ޓްރެއިލަރއިން ފެނުނު މަންޒަރުތަކަށް ބަލާއިރު މި ފިލްމަކީ ދިވެހި މުޖުތަމައުގެ މިހާރުގެ ހާލަތުގެ މޫނު ބަލާލުމަށް ރަނގަޅު ލޯގަނޑަކަށް ވެގެން ދާނެކަމަށް ޤަބޫލުކުރެވެއެވެ.

ކޮމަރޝަލް ފިލްމުތަކުގެ އިތުރުން މޮޅު އާރޓް ފިލްމުތައް ވެސް ގެނެސްދީފައިވާ ޑާކް ރެއިންގެ މި ފިލްމުގައި ދާއިރާއަށް އާ ގިނަ ފަންނާނުންތަކެއް ހިމަނާފައިވާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނަކީ ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ، ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) އެވެ. މީގެ އިތުރުން ފިލްމުގެ ކީ ކެރެކްޓަރތަކެއް ކުޅޭ އައިޝަތު ތަސްނީމް އާއި އައިމިނަތު ރަޝްފާއަކީ ވެސް ދާއިރާއަށް އާ ދެ ފަންނާނުންނެވެ. މީގެ އިތުރުން ވެސް މި ފިލްމުގައި ނެގެޓިވް ރޯލުތަކުން އިތުރު ޒުވާނުންތަކެއް ވެސް ފެނިގެންދާނެއެވެ.

މި ފަންނާނުންގެ އިތުރުން މި ފިލްމުން ފެނިގެންދާ ފަރާތްތަކުގެ ތެރޭގައި މުޙައްމަދު ޖުމައްޔިލް، ނުޒުހަތު ޝުއައިބު، ޢަބްދުﷲ އަޒާން، އަޙުމަދު ނާޝިތު، މުޙައްމަދު ވަހީދު، މަރިޔަމް ޝަކީލާ އަދި އިސްމާއިލް ރަޝިދު (ކޮޕީ އިއްސެ) ހިމެނެއެވެ.

'ސަޅި' ކާސްޓަކާއި ކްރޫއެއްގެ އިތުރުން މި ފިލްމު ޚާއްސަވާ އަނެއް ސަބަބަކީ މި ފިލްމުގެ ސައުންޑްޓްރެކެވެ. މި ފިލްމުގެ އޯއެސްޓީއެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ މަޤުބޫލު ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާންގެ 'ރާޅެއްހެން'، މި ލަވައެވެ.

ޑާކްރެއިންގެ ބާނީ، މުޙައްމަދު އަލީ (މޮގަރ) އާއި އޭނާގެ އަންހެނުން، އަދި ފިލްމު އުފެއްދުންތެރިޔާ އައިޝަތު ފުއާދް (ލޯކީ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުންދާއިރު، ފެބްރުއަރީ 4ން ފެށިގެން 12 ދުވަސް ވަންދެން، ހަވީރު ޝޯ އަކާއި، ރޭގަނޑުގެ ދެ ޝޯ ހިމެނޭގޮތަށް ކޮންމެ ދުވަހަކު ވެސް އޮލިމްޕަހުގައި މި ފިލްމުގެ 3 ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި ވެސް މި ފިލްމު އެޅުވުމަށް ވަނީ ނިންމާފައެވެ. ފިލްމުގެ ޕްރިމިއަރ ޝޯގެ ޓިކެޓް މިހާރު ވިކި ހުސްވެފައިވާއިރު، ފިލްމުގެ ޓިކެޓް ވިއްކަމުން ދަނީ 100 ރުފިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް