16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ވެނެޒުއެލާގެ މަޝްރަހު

ވެނެޒުއޭލާއަށް އަސްކަރިއްޔާ ފޮނުވަން އިޙްތިޔާރު ކުރަން ޖެހިދާނެ: ޓްރަމްޕް

  • މީގެ މަސްތަކެއް ކުރިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އޭނާއާއި ބައްދަލުކުރައްވަން އުޅުމުން އެކަމަށް ނޫނެކޭ ބުނެފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވި
އަމަން ހަލީމް | soupized

| 4 ފެބުރުވަރީ 2019 | ހޯމަ 07:44 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ނިކޮލަސް މަޑޫރޯ (ވ) ޑޮނަލްޑް ޓްރަމްޕް (މ) އަދި ހުއާން ގައިޑޯ (ކ) -- އެންސީބީ ނިއުސް

ވެނެޒުއޭލާއަށް އެމެރިކާގެ އަސްކަރިއްޔާ ފޮނުވަން އިޙްތިޔާރު ކުރަން ޖެހިއްދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ސިފައިން ފޮނުވަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެމެރިކާއިން ވަނީ އިދިކޮޅު ލީޑަރު ހުއާން ގައިޑޯއަކީ ވެނެޒުއޭލާގެ ރައީސްކަމަށް ބަލައިގަނެފައެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، މީގެ މަސްތަކެއް ކުރިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމަނިކުފާނާއި ބައްދަލުކުރައްވަން އުޅުމުން އެކަމަށް ނޫނެކޭ ބުނެފައިވާނެ ކަމަށެވެ. މަޑޫރޯއާއި ބައްދަލުކުރައްވަން ދެކޮޅު ހެއްދެވީ އެއް އިރެއްގައި ލެޓިން އެމެރިކާގެ އެންމެ މުއްސަންދި ގައުމުގެ ގޮތުގައި އޮތް ވެނެޒުއޭލާގައި ކަންކަން ގޮސްފައި އޮތް ހާލަތަށް ރިއާޔަތްކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ އިދިކޮޅު ލީޑަރު ގައިޑޯއަށް ތައުރީފްކުރައްވާ، މިހާރު ވެނެޒުއޭލާގައި ކުރިއަށްދާ ބޮޑު މުޒާހަރާތަކުގައި އެ ފެންނަނީ ޑިމޮކްރަޓިކް އުސޫލުތައް މަސައްކަތް ކުރަމުން އަންނަ މަންޒަރު ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ރައީސްކަމުގެ ދެވަނަ ދައުރަކަށް ހުވާކުރެއްވި ރައީސް މަޑޫރޯގެ ސަރުކާރަށް ޕްރެޝަރުކުރުމުގެ ގޮތުން އެމެރިކާއިއިން ވަނީ އެ ގައުމާއި ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ޔޫރަޕުގެ ބާރުތަކުން ވެނެޒުއޭލާގައި އިންތިހާބެއް ބާއްވަން މިދިޔަ ހަފުތާގެ ތެރޭގައި ދިން ހަތް ދުވަހުގެ މުހުލަތުވެސް އާދިއްތަ ދުވަހު ވަނީ ހަމަވެފައެވެ. އިންތިހާބެއް ނުބާއްވައިފި ނަމަ އިދިކޮޅު ލީޑަރު ގައިޑޯއަކީ އެ ޤައުމުގެ ލީޑަރުކަމަށް ބަލައިގަންނާނެ ކަމުގެ އިންޒާރު އެ ގައުމުތަކުން ވަނީ ދީފައެވެ.

ތެލުން ލިބޭ އާމްދަނީއަށް ބަރޯސާވާ ވެނެޒުއޭލާގައި ބޭހާއި ކާނާ ލިބުމުގައި ދަނީ ގިނަ ދަތިތަކެއް ކުރިމަތިވަމުންނެވެ. އަދި ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ހީވެފައިވާ އިރު، ރައީސް މަޑޫރޯވެސް އަދި އިދިކޮޅު ލީޑަރު ގައިޑޯވެސް ވަނީ ގޮތްދޫނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމެރިކާ، ކެނެޑާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުން ގައިޑޯއަކީ ރައީސްކަމަށް ބަލައިގަނެފައިވާއިރު، ރަޝިޔާ، ތުރުކީ، ޗައިނާ ފަދަ ގައުމުތަކުން ވަނީ މިހާރުގެ ރައީސް މަޑޫރޯގެ ވެރިކަން ދިފާއުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް