
| 3 ފެބުރުވަރީ 2019 | އާދީއްތަ 22:40 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ސަލްމާން ޚާން ގެ ފިލްމް "ދަބަންގް 3" ގައިވެސް ކަރީނާ ކަޕޫރުގެ ލަވައެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
"ދަބަންގް 2" ގައި ކަރީނާ ކުޅެފައިވާ އައިޓަމް ލަވަ، "ފޭވިކޯލް" އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު "ދަބަންގް 3 " ގައި ކުޅުމަށް ހަމަޖެހިފައިވާ ލަވައަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ "ދަަބަންގް" އަދި "ދަބަންގް 2" ގައިވެސް ލީޑް ރޯލުން ފެނިގެންދިޔަ ސޮނާކްޝީ ސިންހާ އަދި ސަލްމާން ޚާންއެެވެ. މީގެ އިތުރުން ސުދީޕް އާއި އަރްބާޒް ޚާންވެސް މި ފިލްމްގައި ފެނިގެންދާނެއެވެ.
މި އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ކޮރިއޯގަރްފާ ޕްރަބޫ ދޭވާއެވެ.
"ދަބަނަގް 3" ގެ އިތުރުން ކަރީނާ މިވަގުތު ދަނީ އަކްޝޭއާއެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމު "ގުޑް ނިއުސް" އަށް ތައްޔާރު ވަމުންއެވެ.
ދަބަންގްގެ ފުރަތަމަ ބައެއް 2010 ވަނަ އަހަރު ނެރެފައިވާ އިރު މިފިލްމުގެ ދަވަނަ ބައެއް ނެރެފައިވަނީ 2012 ވަނަ އަހަރުއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް