20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ފުރަތަމަ ބޮޑު ހަނގުރާމަ

ފްރާންސްގެ އަލުވި ޝިޕްމަންޓެއްގައި ފުރަތަމަ ބޮޑު ހަނގުރާމައިގެ އަތުބޮމެއް!

  • ބޮން ފެނުނު އިރު އޮތީ ޑިސްޗާޖްވެ، ނުގޮވައި، ނުރައްކާތެރި ހާލަތެއްގައި
  • ރައްކާތެރިކަމާއިއެކު ބޮން ވަނީ ގޮއްވާލާފައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 3 ފެބުރުވަރީ 2019 | އާދީއްތަ 22:34 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ހޮންގް ކޮންގްގެ ފެކްޓްރީއަކަށް ގެންދިޔަ އަލުވި ޝިޕްމަންޓުން ފެނުނު އަތުބޮން -- އާކައިވް

ފްރާންސުން ހޮންގް ކޮންގްއަށް އެތެރެކުރި އަލުވި ޝިޕްމަންޓަކުން ނުގިވައި އޮތް ފުރަތ މަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ އަތުބޮމެއް ފެނިއްޖެއެވެ.

ހޮނިހިރު ދުވަހު ހޮންގް ކޮންގްގެ ކެލްބީ ސްނެކްސް ފެކްޓްރީއަށް ގެންދިޔަ އަލުވި ޝިޕްމަންޓުން ފެނުނު ބޮން މިހާރު ވަނީ ރައްކާތެރިކަމާއިއެކު ގޮއްވާލާފައެވެ.

ހޮންގް ކޮންގް ފުލުހުންގެ ސުޕްރިންޓެންޑެންޓެއް ކަމުގައިވާ ވިލްފްރެޑް ވޮންގ ހޯ-ހޮން މީޑިއާގައި ވިދާޅުވީ، ގަރުނަކަށްވުރެ ގިނަދުވަސް ވެފައިވާ މި އަތުބޮން ފެނުނު އިރު އެ ބޮން އޮތީ ކުރިން ޑިސްޗާޖްވެ، ނަމަވެސް ނުގޮވައި، ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، ރައްކާތެރިކަމާއި އެކު ބޮން ގޮއްވާލާފައިވަނީ ބޮން ފެނުނު ފެކްޓްރީ ތެރޭގައި ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ބޮމުގެ ބަރުދަނުގައި 1 ކިލޯ ހުރި ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެއީ އަލުވިތަކާއިއެކު އިމްޕޯޓް ކުރެވިފައިވާ ބޮމެއްކަން ހާމަވެފައިވާ ކަމަށެވެ.

ބެލެވޭ ގޮތުގައި މި ބޮމަކީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނު އިރު އެ ހަނގުރާމައިގައި ސިފައިން ފިލައި ތިބުމަށް ކޮނުނު ވަޅެއްގެ ތެރޭގައި ބޭނުން ނުކޮށް އޮތް ބޮމެކެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ކުރެވުނު ބައެއް ސަރަޙައްދުތަކުގައި ހުރި އެފަދަ ވަޅުތަކަށް ފަސް އަޅައި، އޭގެން ބައެއް ސަރަޙައްދުތަކަކީ މިހާރު ދަނޑުވެރިކަމަށް ބޭނުންކުރާ ބިން ކަމުން، މިއީ އެއިން ދަނޑަކުން އަލުވި ނެގިއިރު އަލުތްވާއެކު ނެގިފައި އޮތް ބޮމެއް ކަމަށް ބެލެވެއެވެ.

ކުރީގެ އެކި ހަނގުރާމަތަކުގައި ބޭނުން ނުކޮށް އެކި ތަންތަނަށް ދޫކޮށްލާފައި ހުރި މިފަދަ ހަތިޔާރާއި، އަދި ޚާއްސަކޮށް އެކި ޒާތުގެ ބޮން ފެނުމަކީ އާންމު ކަމެކެވެ. އަދި އެގޮތަށް ފެންމަ ބައެއް ހަތިޔާރު ނުރައްކާތެރި ހާލަތެއްގައި ހުރި ނަމަވެސް، ގިނަ ތަކެތި ފެނުނު އިރު ހުރީ ރައްކާތެރި ހާލަތުގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް