23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ދިވެހި ފިލްމް

ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި

  • ޓީޒާއިން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު
ޖުމާނާ ތައުފީގު | twitter

| 15 ފެބުރުވަރީ 2017 | ބުދަ 16:56 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ


ލަސްވިޔަސް"ގެ ޓީޒާ އާންމު ކުރުން" -- ޔޫޓިއުބް

އެޓާނަލް ޕިކްޗާރސްގެ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފިއެވެ.

 

މަޝްހޫރު ފިލްމް ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ މި ފިލްމަކީ އޭނާގެ އަމިއްލަ ސްކްރީން ޕްލޭއެއް ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އޭނާ ބުންނެވެ.

 

ފަންސާސް ހަތް ސިކުންތުގެ މި ޓީޒާއިން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމްއެވެ.

 

މި ފިލްމުގެ ސްޓޯރީއާ ބެހޭ ގޮތުން ޓެޑްރީ އަދި އެއްވެސް އެއްޗެއް ބުނެފައިނުވި ނަމަވެސް ޓީޒާ ބަލާ މީހުނަށް ޒޯޔާ ފެނިގެންދަނީ ހުޑެއް އަޅައި، ރަތް ކުލައިގެ ޖެކެޓެއް ލައިގެން ގޮނޑިއެއްގައި އިށީންދެ އިންނަ މަންޒަރެވެ. 

 

ޓީޒާއިން ފެންނަ އިރު ޒޯޔާގެ ބޯ ވެސް ވަނީ ބާލާފައެވެ.

 

ފެންނަ ފެނުމަށް މިއީ ބިރުވެރި ފިލްމެއް ކަމަށް ބައެއް މީހުން ސިފަ ކުރާއިރު އަނެއް ބަޔަކު ބުނަމުން ދަނީ ޒޯޔާއަކީ މި ފިލްމްގައި އޭލިއަންއެއް ކަމަށެވެ.

 

އާ މޫނުތަކެއް ފެނިގެންދާނެ މި ފިލްމްގައި ދެލަވަ ހިމެނޭނެ ކަމަށް ޓެޑް ބުންޏެވެ. އަދި މިފިލް ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ. މިއީ ދިވެހި ފިލްމް "ދެރިޔާ" އިން ބޮޑު އިންގިލާބީ ބަދަލެއް ގެނައި ޓެޑްރީގެ ދެ ވަނަ ފީޗާ ފިލްމެވެ. "ދެރިޔާ" އަށް ފަހު މިހާތަނަށް ޓެޑްރީ ފިލްމެއް ޑައިރެކްޓްކޮށްފައި ނުވި ނަމަވެސް އޭނާ ޕްރޮޑިއުސްކޮށް މަހްދީ އަހްމަދު ޑައިރެކްޓްކުރި "އަމާނާތް" ވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް