20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

އޭކްތާގެ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށްފި

  • ފޮޓޯގެ ކެޕްޝަންގައި އޭކްތާ ލިޔެފައިވަނީ "ބިގް ބްރަދާ އިޒް ވޮޗިން"
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ފެބުރުވަރީ 2019 | އާދީއްތަ 21:47 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އެކްތާ ކަޕޫރު ހިއްސާކޮށްފައިވާ ދަރިފުޅުގެ ފޮޓޯ -- ހިންދުސްތާނީ ޓައިމްސް

ފިލްމް އަދި ޓެލެވިޜަން ޕްރޮޑިއުސަރ އޭކްތާ ކަޕޫރު ވަނީ އޭނާގެ ދަރިފުޅު ރަވީ ކަޕޫރުގެ ފޮޓޯއެއް އިންސްޓްގްރާމްގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯގައި ފެނިގެންދަނީ ކޮޓަރިއެއް ތެރޭގައި އޭނާގެ ނެފިއު ލަސްކްޝްޔާ އެނދުގައި ބައްވާފައިއޮތް ކަޒިން ކޮއްކޮ ރަވީއަށް ބަލަން އެނދު ކައިރީގައި ހުއްޓައެވެ.

ފޮޓޯގެ ކެޕްޝަންގައި އޭކްތާ ލިޔެފައިވަނީ "ބިގް ބްރަދާ އިޒް ވޮޗިން" އެވެ.

ރަވީ އަކީ ސަރޮގޭޓެއް މެދުވެރިކޮށް ހޯދާފައިވާ ކުއްޖެކެވެ. މި ތުއްތު ކުއްޖާ އުފަންވި ޚަބަރު ފެތުރިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ގައެވެ.

އޭކްތާއަށް ދަރިއަކު ލިބުނުކަން ހާމަކޮށް ސޯޝަލް މީޑިއާގައި އޭނާ ބުނެފައިވަނީ ކަލާންގެ ރަހުމަތުން އޭނާއަށް ދިރިއުޅުމުގައި ވަރަށް ގިނަ ކާމިޔާބީތައް ލިބިފައިވާ ކަމަށާއި ނަމަވެސް އޭނާއަށް ދަރިއަކު ލިބުމުން ކުރެވޭ އިހުސާސަކީ އެ ހުރިހާ ކަމަކަށްވުރެ މާ އުފާވެރި އިހުސާސެއް ކަމަށެވެ. ލަކްޝްޔާ އަކީ އޭކްތާގެ ފިރިހެން ކޮއްކޮ ތުޝާރު ކަޕޫރު މީގެ ތިން އަހަރު ކުރިން ސަރޮގޭޓެއް މެދުވެރިކޮށް ހޯދާފައިވާ ކުއްޖެއެވެ.

މި ދެ މީހުން ވެސް މިހާތަނަށް ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. އޭކްތާ އާއި ތުޝާރުއަކީ ކުރީގެ މަޝްހޫރު އެކްޓަރ ޖީތަންދރާގެ ދެ ދަރިންނެވެ.

އޭކްތާ މި ވަގުތު ދަނީ ސްޓާޕްލަސްއިން ދައްކާ މަޝްހޫރު ޓީވީ ޝޯ "ކަސައުޓީ ޒިންދަގީ ކީ" ޕްރޮޑިއުސް ކުރަމުންނެވެ. މީގެ އިތުރުން ޓީވީ ޝޯތައް ކަމަށްވާ "ނާގިން ސީޒަން 3"، "ދިލް ހީ ތޮ ހޭ" އަދި "ގަޔާމަތުކީ ރާތު" ވެސް ޕްރޮޑިއުސް ކުރަނީ އެކްތާއެވެ.

އެކްތާ އެންމެ ފަހުން އުފައްދާފައިވާ ބޮލީވުޑް ފިލްމްތަކަކީ "ވީރޭ ދި ވެޑިން" އަދި "ލައިލާ މަޖްނޫ" އެވެ. އޭކްތާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ކަންގަނާ ރަނާވަތު އަދި ރާޖް ކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ "މެންޓަލް ހޭ ކިޔާ", އަދި އަޔުޝްމަން ކުރާނާގެ "ޑްރީމް ގަރލް" އަދި ސިދާތް މަލޯތްރާ އާއި ޕަރިނީތީ ޗޯޕްޅާގެ "ޖަބަރިޔާ ޖޯޅީ" ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް