22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މެދުއިރުމަތީގެ މައްސަލަ

ހަމާސްގެ ލީޑަރު ހަނިއްޔާ އިސްރާއީލާއެކު ވާހަކަދެއްކެވުމަށް މިސްރަށް

  • ބައްދަލުވުމަށް ދައުވަތުދީފައިވަނީ މިސްރުން
އަބުދުﷲ މުހައްމަދު | 8Abbo

| 3 ފެބުރުވަރީ 2019 | އާދީއްތަ 19:35 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ރަފާ ބޯޑަރ ހުޅުވުމަށްވެސް މަޝްވަރާ ކުރެވޭނެކަމަށް ރިޕޯޓްތައް ބުނޭ -- ރޮއިޓަރސް

ހަމާސްގެ ސިޔާސީ އެންމެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ މިސްރުގެ ލީޑަރުންނާއެކު ފަލަސްތީނުގެ ތަރައްގީއާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އާދީއްތަ ދުވަހު މިސްރަށް ވަޑައިގެންފިކަމަށް ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ބުނާގޮތުގައި ހަނިއްޔާގެ ވަފްދުގައި އިސްލާމިކް ޖިހާދުގެ ޕޮލިޓިކަލް އޮފީހާއި، ފަލަސްތީނުގެ އިތުރު ޖަމާއަތެއްގެ މަންދޫބުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދައުވަތު އެ ޖަމާއަތްތަކަށް ދީފައިވަނީ ފަލަސްތީނާއި އިސްރާއީލާދެމެދު އެންމެ ފަހުންވެސް ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި މިސްރުންނެވެ.

ހަމާސްގެ ތަރުޖަމާނު ޚަލީލް އަލް ހައްޔާ ވިދާޅުވީ، މަޝްވަރާތަކުގައި މުހިއްމު އެތައް މަސައްލަތަކަކާމެދު މިސްރާއެކު މަޝްވަރާކުރެވޭނެ ކަމަށެވެ.

އައްސޭރިފަށުގެ ސިޓީއެއްކަމަށްވާ ޣައްޒާގައި ވެރިކަން ކުރަމުންދަނީ ހަމާސް ޖަމާއަތުންނެވެ. އިސްރާއީލާއި މިސްރުންސްވެސް ޣައްޒާގެ ސަރަހައްދީ ރޮނގު ހިއްސާކުރާއިރު 2007 ވަނަ އަަހަރުން ފެށިގެން ޣައްޒާ އޮންނަނީ ހިސާރު ކުރެވިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މަޝްވަރާކުރެވޭ ކަންކަމުގެ ތެރޭގައި އިސްރާއީލާދެމެދު ހަމަލާ ބަދަލުކުުރުން ހުއްޓާލުމުގެ ބަދަލެއްގެ ގޮތުން މިސްރުން ރަފާ ބޯޑަރު ހުޅުވާ ދިނުން ހިމެނެއެވެ. ޣައްޒާގެ ދެ މިލިއަނެއްހާ މީހުންގެ އާބީދީއަށް ސިޓީއަށް ވަދެނުކުމެވޭނެ މައިގަނޑު ދޮރަކީ އެއީއެވެ.

އިސްރާއީލުގައި ތިބި ފަލަސްތީނުގެ ރެފިއުޖީން އަނބުރާ އެމީހުންގެ ވަޒަނަށް ދިއުމުގެ ހައްގުދިނުމަށް ގޮވާލައި މިދިޔަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު "ގްރޭޓް މާޗް އޮފް ރިޓަރން" ގެ ނަމުގައި ފަލަސްތީނުންފެށި މުޒާހަރާ މިހާރުވެސް ކޮންމެ ހަފްތާބަންދަކު ކުރިއަށް ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް