16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އެޗްއައިވީ އާއި ބެހޭ މައުލޫމާތު

ސިންގަޕޫރުގެ އެޗް އައި ވީ އާއިބެހޭ މައުލޫމާތުތައް އޮންލައިންކޮށް ލީކު ކޮށްލައިފި

  • ލީކު ކޮށްލާފައި ވަނީ ސިންގަޕޫރުގެ 14000 މީހުންނާއި އެހެން ގައުމުތަކުގެ މީހުންގެ ،މައުލޫމަތު
  • މި މައުލޫމާތު ލީކްކޮށްފައިވަނީ އުމުރުން 33 އަހަރުގެ ޔޫއެސްގެ މިކީ ފަރޭރާ ބޮރޮންޗޭޒް
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 3 ފެބުރުވަރީ 2019 | އާދީއްތަ 12:19 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


އެޗްއައިވީއާއި ބެޙޭ މައުލޫމާތު ލީކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ ޔޫއެސްގެ މިކީ ފަރޭރާ ބޮރޮންޗޭޒް -- އާކައިވް

ސިންގަޕޫރުގެ އެޗްއައިވީ ޖެހިފައިވާ މީހުންނާއި ބެހޭ މައުލޫމާތު ވަގަށްނަގާ އޮންލައިންކޮށް ލީކް ކޮށްލައިފިއެވެ.

 

ލީކުކޮށްލާފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ 14000 މީހުންނާއި  އެހެން ގައުމުތަކުގެ މީހުންނާއި ބެހޭ މައުލޫމާތު ތަކެވެ.

ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ތަކެތި ލީކު ކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި  ލީކް ކޮށްލާފައިވަނީ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތަށް ކަމަށެވެ.  މިކަމުގެ ފަހަތުގައިވާކަމަށް ތުހުމަތު ކުރެވެނީ އެޗްއައިވީ ޖެހިފައިވާ އެމެރިކާގެ ރައްޔިތަކާއި ސިންގަޕޫރުގެ  ސީނިޔާ ޑޮކްޓަރެކެވެ. މިކަން ހިނގާފައިވަނީ  1.5 މިލިއަން ސިންގަޕޫރުގެ ރައްޔިތުންނާއި ބޮޑުވަޒީރު ޕްރައިމް މިނިސްޓަރ ލީ ހިސެން ލޫންގް ގެ މައުލޫމާތު ވެސް ހިމެނޭގޮތަށް އެއްކުރިތާ އެތައް މަސްތަކެއް ފަހުންނެވެ

މި ލީކުކުރި މައުލޫމާތު ގެ ތެރޭގައި ހިމެނެނީ އެއިޑްސް ޖެހިފައިވާ މީހުންގެ ނަމާއި، އެޑްރެސް، އަދި އެމީހުންގެ ސްޓޭޓަސްއާއި މީގެ އިތުރުން އެމީހުންގެ އެހެނިހެން މައުލޫމާތު ތަކެވެ.

އޮފިޝަލުން ވިދާޅުވާގޮތުގައި 5400 ސިންގަޕޫރުމީހުންނާއި 8800 އެހެން ގައުމު ތަކަށް ނިސްބަތްވާ މީހުން ލޯބީގެ ގޮތުން  ގުޅިފައިވެއެވެ.  

މިކަމުގެ ސަބަބުން 2015 އިން ފެށިގެން އެޗްއައިވީ ޖެހިފައިވާ މީހުން ސިންގަޕޫރަށް އެރުން މަނާކޮށް ޓްއަރިސްޓް ވިސާގައި ވެސް އެޗްއައިވީ ޖެހިފައިވާ މީހުން އެރުން މަނާ ކުރިއެވެ.

މީގެ އިތުރުން މަސައްކަތް ކުރުމަށާއި އަދި ވިޔަފާރި ކުރުމަށް ސިންގަޕޫރަށް އެތެރެވާ މީހުން ގެ ތެރެއިން 90 ދުވަހަށް ވުރެން އިތުރަށް ސިންގަޕޫރުގައި މަޑުކުރާނަމަ އެޗްއައިވީއަށް ސްކްރީން ކުރުން މަޖުބޫރު ކޮށްފައި ވެއެވެ.

މި މައުލޫމާތު ލީކްކޮށްފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ދިރިއުލޭ އުމުރުން 33 އަހަރުގެ ޔޫއެސްގެ މިކީ ފަރޭރާ ބޮރޮންޗޭޒް ނަމަކަށް ކިޔާ މީހެކެވެ. މީނާ އަކީ މަސްތުވާ ތަކެއްޗާއި މަކާރާއި ހީލަތް ހެދުމުގައި ކުއްސާބިތުވެ 20016 ވަނަ އަހަރު ސިންގަޕޫރުން ޑީޕޯޓް ކޮށްލާފައިވާ މީހެކެވެ.

މިކަމާއި ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ސިންގަޕޫރުގެ ހެލްތު މިނިސްޓަރ ގެން ކިމް ޔޮންގް މި ސިއްރު މައުލޫމާތު ލީކްކޮށްލީތީ ހިތާމަ ކުރާ ކަމަށާއި އެކަމަށްޓަކައި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ސިންގަޕޫރުގެ ޓްޑޭ އޮންލައިން ނޫސް ވެބްސައިޓްގައި ރިޕޯޓް ކޮށްފައި ވެއެވެ.  އަދި މިކަމުގެ ފަހަތުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ޝާމީލް ވާތީ އެކަމާއި ހިތާމަފާޅުކޮށް މި މީހުންނަށް ވީހާ ވެސް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިބޫ

2 ހަފްތާކުރިން

ކުއްސާބިތުވެ 20016 ވަނަ އަހަރު ގޯހެއްނޫން

0
0