16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މޯލްޑިވްސް އިސްލާމިކް ބޭންކް

މިއަދުން ފެށިގެން އިސްލާމިކް ބޭންކުގެ ހުރިހާ ފައިނޭންސިން ޚިދުމަތެއް ދޭނީ ހެޑް އޮފީހުން

  • ބޭންކުގެ ޙިދުމަތް މީގެ ކުރިން  ދެމުން އައީ ދެ އިމާރާތަކުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 3 ފެބުރުވަރީ 2019 | އާދީއްތަ 09:26 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


އެމްއައިބީގެ އާ ހެޑް އޮފީސް ހުންނަ ތަން،މިއަދުން ފެށިގެން އިސްލާމިކް ބޭންކުގެ ހުރިހާ ޚިދުމަތެއް ދޭނީ ހެޑް އޮފީހުން -- އާކައިވް

 އާދީއްތަ ދުވަހުން ފެށިގެން  މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހުރިހާ ފައިނޭންސިން ޚިދުމަތެއް ދޭނީ ހެޑް އޮފީހުން ކަމަށް އެބޭންކުން ބުނެފިއެވެ. 

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޙިދުމަތް މީގެ ކުރިން  ދެމުން އައީ ދެ އިމާރާތަކުންނެވެ. އެބޭންކުން ބުނީ، އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. 

އިސްލާމިކް ބޭންކުން ބުނީ ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް އާދީއްތަ ދުވަހުން ފެށިގެން އެ ބޭންކުގެއެކައުންޓް ހުޅުވުމާއި، ފައިސާ ޖަމާކުރުމުގެ ޙިދުމަތް( ކްރެޑިޓް އެޑްމިނިސްޓްރޭޝަނާއި ޓްރޭޑް ފިނޭންސް ސާވިސްގެ ޚިދުމަތް)ހެޑް އޮފީހުގެ ދެވަނަ ފަންގިފިލާއިން ލިބޭނެ ކަމަށެވެ. މީގެ ކުރިން އެ ޚިދުމަތް ދެމުން އައީ ހ. ކޮކޮނަޓް ވިލާގައި ހުންނަ އިސްލާމިކް ބެންކުގެ އޮފީހުންނެވެ. އަދި ފައިނޭންސްއާއި ގުޅުންހުރި ޙިދުމަތްތައް ދެމުންއައީ ޕޯސްޓް ބިލްޑިންގ ގައި ހުންނަ އިސްލާމިކް ބެންކުގެ އޮފީހުންނެވެ.

 އާދީއްތަ ދުވަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ޚިދުމަތެއް ލިބޭނީ ހެޑް އޮފީހުން ކަމަށެވެ. އިސްލާމިކް ބޭންކު ހިންގާ އިމާރާތް ހުންނަނީ ހެންވޭރު މެދުޒިޔާރާތްދޮށުގޭގަ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް