21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޕަބްޖީ

ބޭނުންވީ ޕަބްޖީ ކުޅެން އަގު ބޮޑު ފޯނެއް، ދެން ފެނުނީ ދަންޖެހިފަ ހުއްޓައި

  • ދަންޖެހިގެން މަރުވީ 19 އަހަރުގެ ކުއްޖެއް
އަލީ ސަމާޚް | AliSamah8

| 3 ފެބުރުވަރީ 2019 | އާދީއްތަ 05:13 | |

އޮންލައިން ގޭމް ޕަބްޖީ -- އާކައިވް

ޕްލޭޔާ އަންނޯން ބެޓަލް ގްރައުންޑް ( ޕަބްޖީ) ގޭމް ކުޅެން އާއިލާއިން އާ ފޯނެއް ގަނެ ނުދިނުމުން އިންޑިއާގެ މަހަރާޝްތްރާގެ 19 އަހަރުގެ މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ކުރިން ސޭލްސް އެކްޒެކެޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރި ނަދީމް ޝެއިހް އޭނާގެ ބޭބެ ގާތު ޕަބްޖީ ކުޅެން 37،000 އިންޑިއަން ރުޕީސް (8025.47ރ) އަށް ދޭ ފޯނެއް ގަނެދިނުމަށް އެދުނެވެ.

ނަދީމްއާ ބޭބޭއާ ދެ މީހުން އަރާރުން ތަކެއް ވުމަށް ފަހު ބޭބެ އޭނާ އަށް ފޯނެއް ގަންނަން ދިނީ 20،000 ރުޕީސް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ޕަބްޖީ ކުޅުމަށް ފޯރި ހުންނަ ނަދީމްގެ އާއިލާ މީހުން އެރޭ ނިދަންވެގެން ދިޔަ އިރުވެސް އޭނާ ހުރީ ގޭމް ކުޅޭށެވެ. ދަންވަރު ހަތަރެއް ޖެހިއިރު ނަދީމްގެ ބޭބެ ފާހާނާ އަށް ދާންވެގެން ބެލިއިރު ނަދީމް ހުރީ ފާހަނާގެ ސީލިންގްގައި ދަންޖެހިފަ އެވެ. އެ ހާދިސާ ހިނގައި ދިޔަގޮތް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

ޕަބްޖީ ގޭމްގެ ސަބަބުން އިންޑިއާގެ ބައެއް ކޮލެޖްގެ އިތުރުން ޔުނިވާސިޓީގެ ކުދިންގެ މާކްސް ދަށްވެ ކުދިން ކިޔެވުމާއި ދުރަށް ދާތީވެ އެކުދިންގެ ބެލެނިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  

އިންޑިއާގެ ޓެމިލްނާޑުގެ ވެއްލޯރް އިންސްޓިޓިއުޝަން އޮގް ޓެކްނޮލޮޖީ(ވީއަޓީ)ގެ ފިރިހެން ކުދިންގެ ޕަބްޖީ ކުޅުން ވަނީ މުޅިން މަނާ ކޮށްފައެވެ. އެ ކޮލެޖުން ޕަބްޖީ ކުޅުން މަނާ ކޮށްފައިވަނީ އެ ގޭމްގެ ސަބަބުން ރޫމްގައި ތިބޭ އެހެން ކުދިންނަށް އުދަނގޫވާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.  

ޕަބްޖީގެ މަޝްހޫރުކަން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ އަށް ވެސް ވަނީ އެނގިވަޑައިގެންފައެވެ.  ޖެނުއަރީ މަހު ބެލެނިވެރިންނަށް ހުޅުވައިލާއިގެން ސުވާލު ކުރުމަށް ބޭއްވި ''ޕަރިކްޝާ ޕެ ޗަރްޗާގައި'' ބެލެނިވެރިޔަކު އޭނާގެ ދަރިފުޅު އަބަދު އޮންލައިން ގޭމް ކުޅޭ ވާހަކަ ދެއްކުމުން މޯދީ އެމިހާ އާއި ކުރި ސުވާލަކީ ''ޕަބްޖީތަ؟ ނޫނީ ފޯޓް ނައިންޓް(އޮންލައިން ގޭމް) ތަ؟'' އެ އަށް ފަހު މޮދީ ވިދާޅުވީ، ޓެކްނޮލޮޖީ ބޭނުންކުރަން ކުދިންނަށް ދަސްކޮށްދޭން ޖެހޭނެ ކަމަށާއި، ނަމަވެސް އެކަން ކުރަން ޖެހޭނީ ވަކި އުސޫލެއްގެ މަތިން ކަމަށެވެ.  

ދިރާސާތަކުން ދައްކާ ގޮތުގައި މިލިއަނެއްހާ އިންޑިއާ މީހުން ޕަބްޖީ ކުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުން ގޭމު ކުޅެނީ ރޭގަނޑުގެ ވަގުތު ތަކުގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް