18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

  • ކުރިން އަމީތާބާ ވާހަކަ ދައްކަން ޖެހިލުންވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 15 ފެބުރުވަރީ 2017 | ބުދަ 14:50 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އަމީތާބް ބަޗަން އާއި ޝުޖިތު ސިރްކާރު -- ގޫގުލް

ފިލްމް އިންޑަސްޓްރީގެ އަދުގެ ޒުވާން ޖީލަށާއި ފިލްމް ޕްރޮޑިއުސަރުންނަށް އަމީތާބް ބައްޗަން އިޚްތިރާމް ކުރާ ކަމަށް ހިންދީ ފިލްމު ޕްރޮޑިއުސަރު ޝުޖިތު ސިރްކާރް ބުނެފިއެވެ.

 

ޝުޖިތުގެ އަންނަން އޮތް ފިލްމު ކަމުގައިވާ "ރަނިންގ ޝާދީ" ޕްރޮމޯޓްކުރުމަށްޓަކައި އައިއޭއެންސްގެ ހެޑް ކުއާޓާސްއަށް ކުރި ޒިޔާރަތުގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ، އަމީތާބާ އެކު މަސައްކަތް ކުރަން ލިބޭ ކޮންމެ ފަހަރަކީ ވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އޭނާ އަބަދުވެސް އަމީތާބާ އެކުގައި މަސައްކަތް ކުރާހިތްވާ ކަމަށެވެ.

 

މީގެ ކުރިން އަމީތާބާ ވާހަކަ ދައްކަން ޖެހިލުންވި ކަމުގައި ވިޔަސް އުފެދިފައިވާ ގާތް ގުޅުމުގެ ސަބަބުން މިހާރު ޖެހިލުން ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

 

އުމުރުން 74 އަހަރު ފުރިފައިވީ ކަމުގައިވިޔަސް އަމީތާބު އުޅެނީ 14 އަހަރުގެ ކުޑަ ކުއްޖަކު އުޅޭހެން ކަމަށް ފާހަގަކުރަމުން ޝުޖިތު އިތުރަށް ބުނެފައިވަނީ އަމީތާބްގެ އަރިހުން ވަރަށް ބައިވަރު އެއްޗެހި އޭނާއަށް ދަސްވެއްޖެ ކަމަށާއި އެއީ އެކުގައި މަސައްކަތް ކުރަން ހަމަ އެއްވަނައިގެ އާޓިސްޓެއް ކަމަށެވެ.

 

މީތާބާ ބެހޭ ގޮތުން ޝުޖިތު ޑޮކިއުމަންޓްރީއެއް ހަދަންއުޅޭކަމުގެ ޚަބަރުތައް ފެތުރިފައިވީ ކަމުގައި ވިޔަސް އޭނާ ބުނެފައި ވަނީ އޭނާ ހަދަން އުޅޭ ފިލްމަކީ ޑޮކިއުމެންޓްރީއެއް ނޫން ކަމަށެވެ. އަދި އޭނާ ތައްޔާރުކުރަމުންދާ އެ ފިލްމަކީ އަމީތާބާ އެކުގައި އޭނާ ހޭދަކުރި 11 އަހަރުގެ ތެރޭގައި ދިމާވެފައިވާ ހަނދާނުން ފޮހެލަން ދަތި ކަންތައްތަކުގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކުރާ ފިލްމެއް ކަމެވެ.

 

އަމިތު ރޯއީ ޑައިރެކްޓްކޮށް އަމިތު ސަދް އަދި ތާޕްސީ ޕަންނު ފެނިގެންދާ ޝުޖިތުގެ "ރަނިން ޝާދީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް