20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޕޯޓް

އޭތި ސަޅިއަސް، މީތި ކަޑަ!

  • ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާނަމަ އެކްސިޑެންޓްތައް މަދުކުރެވޭނެ
އާމިނަތު ނުޒުހާ | nuzu8121

| 1 ފެބުރުވަރީ 2019 | ހުކުރު 22:55 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


މީތިސަޅި ޖެހި ޓީޝާޓް ލައިގެން ބްރިޖްމަތިން ވާހަކައިގައި ދިޔަ ދެ ސައިކަލެއް -- ޓްވިޓަރ

މަގުމަތީގެ ގަވާއިދުތަކާއި ގާނޫނުތަކަށް ބޯލަނބައިގެން ދުއްވުމަށް ހޭލުންތެރިކުރުވުމަށް "މީތިސަޅި" ގެ ނަމުގައި ހުކުރު ދުވަހު ބޭއްވި އިވެންޓްގެ ތެރެއިން ބްރިޖް މަތީ ސައިކަލެއްގައި ދުއްވާފައިދިޔަ ދެ އަންހެން ކުދިން ފެންނަ ފޮޓޯއަކަށް ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ، ބްރިޖްމަތިން ދުއްވާފައި ދިޔަ ދެ ސައިކަލްގައި ތިބި ދެކުއްޖަކު ޓްރާންސްޕޯޓް މިނިސްޓްރީން އިންތިޒާމްކުރި މި ހޭލުންތެރި ކުރުވުމުގެ އިވެންޓްގައި ބައިވެރިވުމަށް "މީތިސަޅި" ލިޔެފައިވާ ޓީޝާޓް ލައިގެން ދެބައިމީހުން އޮލަ ވާހައެއްގައި ބްރިޖްމަތިން ދުއްވަމުން ކުރިއަށްދާ މަންޒަރެވެ.

މި ފޮޓޯއަށް ސޯޝަލް މީޑިއާގައި ފާޑުކިއުން ދަނީ އަމާޒުވަމުން

 މި އިވެންޓްގެ ސީދާ މަގްސަދަކީ ދުއްވުމުގައި ރައްކާތެރި ފިޔަވަޅުތައް އެޅުމާއި، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހޭލުންތެރިކުރުވުންކަމަށް ވީރު، އަބަދުވެސް ހަނދާން ކޮށްދެއްމުންދާ އެއްކަމަކީ ބްރިޖްމަތީގައި ދުއްވާއިރު، ހެލްމެޓް ބޭނުންކުރުމެވެ. އެކަމަކު އެ ފޮޓޯ އިން ފެންނަގޮތުގައި އެކުދިން ބްރިޖްމަތިން ދުއްވަމުން ދިޔައީ ބޮލުގައި ހެލްމެޓް އެޅުމުގެ ބަދަލުގައި ރީތި ފިޔާތޮށިކުލައިގެ ހެލްމެޓްތައް އުނގުގުމަތީގައި ބާއްވާލައިގެން ދުއްވާލަމުންދާ މަންޒަރެވެ.

މި ފޮޓޯއަށް ސޯޝަލް މީޑިއާގައި ކަންބޮޑުވުމާއި އެކު ކޮމެންޓްކުރަމުން އެބަދެއެވެ. އެގޮތުން މިނިސްޓަރަށް ޓެގްކޮށް ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ކިތަންމެ ވަރަކަށް ހޭލުންތެރި ކުރުވިޔަސް ދިވެހިންނަށް އަޑު ނީވޭނޭކަމަށެވެ.

އެވާހަކަ އަޅުގަނޑު މި ކުރު ރިޕޯޓްގައި ލިޔެލައި ފާހަގަކޮށްލަން މި ބޭނުންވާ ހަގީގީ މަގްސަދަކީވެސް މިކަމުންވެސް އިތުރުބަޔަކަށް ކަމުގެ މުހިއްމުކަން އަންގައިދިނުމެވެ.

ބްރިޖްމަތިން ސައްލާކުރަމުންދާ ވާހަކަ އަކީވެސް ވަރަށް އާއްމު ވާހަކައެކެވެ. އެގޮތަށް އެކަން ނުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދަނީ ނަސޭހަތްތެރިވަމުންނެވެ. އެކަމަކު އެ އަޑު އަހަނީ ކާކުތޯއެވެ. އާއްމުންގެ މީހެއް، ފުލުހެއް ކިޔާނެކަމެއް ނެތެވެ.

ބްރިޖްމަތިން ވާހަކަ ދައްކަމުން ދިޔަ ފުލުހަކާއި އާއްމުންގެ މީހެއް

ކޮންމެއަކަސް ބްރިޖްމަތީ ގާވާއިދާޚިލާފަށް ބާރު ސްޕީޑްގައްޔާއި ދެތިން ސައިކަލް އެއް ހަމައެއްގައި ތިބެގެން މަޝްވަރާތައް ބާއްވަމުން ދުއްވާ މީހުން ވަރަށް ގިނައެވެ. މިއަދު މި ފޮޓޯއަށް އެހާބޮޑު ސަމާލުކަމެއް ލިބިގެން ދިޔަކަމަށް ބެލެވެނީ "މީތިސަޅި" ކިޔާ ގައުމީ ފެންވަރުގެ ހޭލުންތެރި ކުރުވުމުގެ މިފަދަ ޕްރޮގްރާމެއް ހިނގަމުން ދިޔައިރު މިފަދަ ކަމެއް ހިނގުމުން ކަމަށް ވެދާނެއެވެ.

"މީތިސަޅި" އިވެންޓްގައި މިނިސްޓަރު ވިދާޅުވި ފަދައިން ގާނޫނުތައް ހަދައި އަޅާނެ ފިޔަވަޅުއްތައް ކަނޑައަޅައި ގާނޫނު ތަންފީޒު ކުރިއަސް، އަމިއްލަ ނަފުސު އިސްލާހު ނުކުރާނަމަ ގާނޫނުތަކުގެ ބޭނުމެއްނެތެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Judson

2 ހަފްތާކުރިން

I just could not leave your website before suggesting that I extremely enjoyed the usual info a person provide for your visitors? Is going to be back incessantly to inspect new posts I am sure this post has touched all the internet visitors, its really really nice paragraph on building up new website. I just could not leave your site before suggesting that I really loved the standard information a person provide to your visitors? Is gonna be again frequently to check up on new posts http://foxnews.net

0
0