16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މަރާޔާ ކެރީ

ފާޑުކިޔުންތަކާއި އެކުވެސް މަރާޔާ ކެރީ ސައުދީގައި ޝޯވ ދީފި

  • މި އަހަރު ޓިއެސްޓޯ އާއި ޝޯން ޕޯލްވެސް ސައުދީގައި ޝޯ ދޭނެ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 1 ފެބުރުވަރީ 2019 | ހުކުރު 19:50 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


މަރާޔާ ކެރީ -- އާކައިވް

އެމެރިކާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ މަރާޔާ ކެރީ ސައުދީ އަރަބިއާގައި ޝޯވއެއް ހުށަހަޅައިދީފިއެވެ.

ކެރީ ސައުދީގައި ޝޯއެއް ހުށަހަޅައިދީފައި މިވަނީ، ސައުދީ އަރަބިއާގައި އިންސާނީ ޙައްޤުތަކުގެ ހާލަތު އޮތް ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް، ސައުދީގައި ބާއްވާ ޝޯވ ބޮއިކޮޓް ކުރުމަށް އެކިއެކި އެކްޓިވިސްޓް ގްރޫޕްތަކުން ކެރީއަށް ގޮވާލާފައި ވަނިކޮށެވެ.

ހަނީ އަދި ފެންޓަސީ ފަދަ މަޤުބޫލު ލަވަތައް ކިޔާފައިވާ ކެރީ ލަވަކިޔާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ސައުދީގެ ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީގައި ބޭއްވި ޝޯވއެއްގައެވެ. މައްކާގެ އުތުރުން ދެ ގަޑިއިރުގެ ދުރުމިނުގައި އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ އިޤުތިޞާދަށް ޚާއްސަ ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީގައި މިއަހަރުގެ އެކި ތާރީޚުތަކުގައި ކެރީގެ އިތުރުން ޑިޖޭ ޓިއެސްޓޯ، އަދި ޝޯން ޕޯލް ފަދަ މަޝްޙޫރު ފަންނާނުންގެ ޝޯވތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުނިފޫނިހިފިލުވުމަށް މިފަދަ ޝޯތައް ބޭއްވުމާއި، ދެޖިންސު މަސްހުނިކޮށްގެން އެކިއެކި ހަރަކާތްތައް ހިންގުމަށް ސައުދީ ސަރުކާރުން ނިމިގެން ދިޔަ އަހަރު ހުއްދަ ދީފައިވާއިރު، ކެރީއަކީ މިހާތަނަށް ސައުދީގައި ޝޯވއެއްގައި ލަވަ ހުށަހަޅައިދިން ބައިނަލްއަޤުވާމީ ފުރަތަމަ އަންހެން ފަންނާނެވެ.

ނިމިގެންދިޔަ އަހަރު ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީގައި ބޭއްވި ޝޯވ ތަކުގައި މަޝްޙުރު ފަންނާނުން ކަމުގައިވާ އެންރީކް، ދި ބްލެކް އައިޑް ޕީޒް، އަދި ޑޭވިޑް ގުއެޓާ ވަނީ ހުށަހަޅެންތައް ހުށަހަޅައިދީފައެވެ.

މި ފަންނާނުން ސައުދީގައި ޝޯވތައް ދެމުންދާއިރު އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ސައުދީ ސަރުކާރުން އިންސާނިއްތާއި ޚިލާފަށް ހިންގާ އެކި ޖަރީމާތަކާއި ގުޅޭގޮތުން ހޭލުންތެރިކަން ފެތުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސައުދީގައި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ޖަލަށް ލާފައިވާ މައްސަލައާއި، އަނިޔާވެރި ގޮތަކަށް ނޫސްވެރިޔާ ޖަމާލް ހާޝޮގްޖީ މަރާލުމާއި، ސައުދީއިން އިސްވެ ޔަމަނަށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން އެފަރާތްތަކުން ދަނީ އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަމުންނެވެ.

އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބައިނަލްއަޤުވާމީ އާޓިސްޓުން ހިމަނައިގެން ސައުދީގައި ބާއްވާ ޝޯވ ތަކަކީ ސައުދީ ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ފޮރުވުމަށް، ނުވަތަ އެ ކަންކަމުން މީޑީއާގެ ސަމާލުކަން ނަގާލުމަށް ކުރާ ކަންކަމެވެ.

ކެރީގެ ޝޯވ އާއި ދެކޮޅުހެދި ގްރޫޕްތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަރނޭޝަނަލް ހިމެނޭއިރު، އެ ޖަމުޢިއްޔާއިން ވަނީ ސައުދީގައި ޖަލަށްލާފައިވާ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންގެ ދިފާޢުގައި ކެރީގެ އަޑު ބޭނުންކުރުމަކީ މާ މުހިއްމު ކަމެއް ކަމަށް ބުނެފައެވެ.

އަންހެނުންގެ ޙައްޤުތަކަށް ގޮވާލުމުން ޖަލަށްލާފައިވާ އެކްޓިވިސްޓް، ލުޖެއިން އަލް ހަތުލޫލްގެ ބޭބެ، ވަލީދް އަލް ހަތުލޫލް ކެރީގެ ޝޯ އާއި ގުޅުވައިގެން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ ސްޓޭޖުގައި ލުޖެއިން މިނިވަންކޮށްދިނުމަށް ގޮވާލުމަށް ކެރީގެ ކިބައިން އެދިފައެވެ.

"މިއީ މި ޤައުމުގައި އަންހެނުންނަށް ފުރުޞަތުތައް ފަހިވަމުން އަންނަކަން ދެއްކުމަށް ކުރާ ދަށުދަރަޖައިގެ ކަމެއް. އަހަރެން ބޭނުންވާ ހަމައެކަނި ކަމަކީ އަހަރެންގެ ކޮއްކޮއަށް އިންސާފު ލިބުން"، އޭނާ ލިޔެފައިވެއެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ކެރީގެ ޕަބްލިސިސްޓް ބުނެފައިވަނީ، ކެރީއަށް ލިބުނު ފުރުޞަތަކީ ސައުދީ ފަދަ ޤައުމެއްގައި ޖިންސުގެ ހަމަހަމަކަމާއި ގާތަށް އެޅުނު ފިޔަވަޅެއްގައި ބައިވެރިވުމަށް ލިބުނު ފުރުޞަތެއް ކަމަށާއި، އެ ފުރުޞަތުގެ ބޭނުން ހިފަން ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް