21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

24 ގަޑިއިރަށް ވިޔަފާރި ހުއްދަ

އައްޑޫ ސިޓީގައި ވެސް 24 ގަޑިއިރަށް ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ފަށަނީ

  • އަންނަ ހަފްތާގައި ވިޔަފާރި ކުުރުމުގެ ހުއްދަ ދޭނެ
  • ރައްޔިތުންގެ ހިޔާލު ވަނީ ހޯދާފައި
ސިމާހާ ނަސީމް | sim_kamana

| 1 ފެބުރުވަރީ 2019 | ހުކުރު 19:39 | |

އައްޑޫސިޓީގެ ފިހާރައެއް -- ރާއްޖެއެމްވީ

އައްޑޫ ސިޓީގައި 24 ގަޑިއިރަށް ވިޔަފާރީ ކުރުމުގެ ހުއްދަ އަންނަ ހަފްތާގައި ދިނުމަށް ނިންމައިފިއެވެ.

އައްޑޫސިޓީގެ މޭޔަރު އަބުދުﷲ ސާދިގު (ސޯބެ) ވިދާޅުވީ 24 ގަޑިއިރަށް ހުއްދަ ދޭނީ ރައްޔިތުން އެންމެ ގިނައިން ހިދުމަތް ލިބި ގަންނަ ސަރަހައްދުތަކުގައި ހުންނަ ވިޔަފާރީތަކަށް ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލް ސަރަހައްދު ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ. 

މާލޭގެ ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފައިވާއިރު، އައްޑޫގައި 24 ގަޑިއިރު ވިޔަފާރީތައް ހުޅުވާފައި ބެހެއްޓުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދާފައިވާ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރީތައް ހުޅުވުމަށް ނިންމި ނަމަވެސް ހުރިހާ ވިޔަފާރީތަކަށް ހުއްދަ ނުދެވޭނެކަން ފާހަގަކުރައްވާ ސޯބެ ވިދާޅުވީ އެ އުސޫލުގެ ދަށުން އެއް ބާވަތެއްގެ ވިޔަފާރީ ކުރާ ދެ ފިހާރައަކަށް ހުއްދަ ނުދެވޭނެ ކަމަށެވެ.

މާލެ އަދި ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދުގެ ގޮތުގައި 13 ސަރަހައްދެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ މީގެ އެއް ހަފްތާ ކުރިންނެވެ.

ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި، ސައި ހޮޓަލާއި، ރެސްޓޯރެންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. އެ ހުއްދަ ބާތިލު ކުރީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް