16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރާއްޖޭގެ އިންޝޫރެންސްގެ ދާއިރާ

އިންޝުއަރެންސްއާ ބެހޭ ގާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވައިފިން: ގަވަރުނަރު ނަސީރު

  • އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަތުމަށް ސޯލްވެންސީ ރެގިއުލޭޝަނެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި
  • އެމްއެމްއޭއަށް އިންޝުއަރެންސް އެޑްވައިޒަރީ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަސީރު ވިދާޅުވި
އަމަން ހަލީމް | soupized

| 31 ޖެނުއަރީ 2019 | ބުރާސްފަތި 16:59 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


އެލައިޑްގެ 34 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި ނަސީރު ވާހަކަފުޅު ދައްކަވަނީ -- ޓްވިޓަރ

ދިވެހިރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ގޮތުން، އިންޝުއަރެންސާ ބެހޭ ގާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ނަސީރު ވިދާޅުވެއްޖެއެވެ.

އެލައިޑް އިންޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ނަސީރު ވިދާޅުވީ އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަތުމަށް ސޯލްވެންސީ ރެގިއުލޭޝަނެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަން ހާމަކުރެއްވިއެވެ. އަދި އައިއެމްއެފްގެ އެހީއާ އެކު ކޯޕަރޭޓް ގަވަނަންސްގެ ރެގިއުލޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތާއި، އެމްއެމްއޭ އަށް އިންޝުއަރެންސް އެޑްވައިޒަރީ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.

"މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށް ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޝަންގެ މަސައްކަތް އަޅުގަނޑުމެން މި ވަނީ ފަށާފައި. އަދި އައިއެމްއެފްގެ އެހީގައި ކޯޕަރޭޓް ގަވަނަަންސް ރެގިއުލޭޝަނެއް ހެދޭނެ. އަދި އިންޝުއަރެންސްއާ ގުޅުން ހުރި އެއްމެހާ ކަމެއްގައި އެމްއެމްއޭ އަށް ލަފާދިނުމަށް އިންޝުއަރެންސް އެޑްވައިޒަރީ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރަމުން މިގެންދަނީ،" ނަސީރު ވިދާޅުވިއެވެ.   

ދިވެހިރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ މިހާރު ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ފަސް ކުންފުންޏަކަށް ހުއްދަ ދެވިފައިވާ އިރު، އެ ކުންފުނިތަކުގެ އެސެޓްސްގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އިންޝުއަރެންސް ކުންފުނިތަކުގެ ފައިދާ ކުރީ އަހަރާ އަޅާ ބަލާ އިރު 92 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީރު ވަނީ ދިވެހިންގެ ތެރޭގައި ރައްކާކުރުމުގެ ސަގާފަތް އަށަގަންނަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަސީރު ވިދާޅުވީ ދިވެހިންގެ ތެރޭގައި އިންޝުއަރެންސްގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ދިވެހި މުޖުތަމައުއަށް ބައްޓަން ކުރެވިގެން ހާއްސަ އިންޝުއަރެންސް ޕެކޭޖްތަކެއް ތައާރަފު ކުރަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް