20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ޕިކްލްސް

ޕިކްލްސް ރެސްޓޯރަންޓް އިން މުޅިން އައު ވައްތަރެއްގެ ޝަވަރުމާއެއް ތަޢާރަފްކޮށްފި

  • ޕިކްސްލްގެ ކޮންމެ ޑިޝްއެއް ވެސް ޓޭކްއަވޭއަށް އޯޑަރކުރެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 31 ޖެނުއަރީ 2019 | ބުރާސްފަތި 16:52 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ޕިކްލްސްގެ ހާއްސަ ޝަވަރުމާ -- ރާއްޖެއެމްވީ

މަޝްހޫރު ޕިކްލްސް ރެސްޓޯރަންޓް އިން ރާއްޖެއަށް މުޅިން އައު ވައްތަރެއްގެ ޝަވަރުމާއެއް ތަޢާރަފްކޮށްފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ޕިކްލްސް ރެސްޓޯރަންޓްގެ މާރކެޓިން މެނޭޖަރ މުހައްމަދު ފައިސަލް ވިދާޅުވީ މިއީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރި ޝަވަރުމާއެއް ކަމަށާއި މީގެ ހާއްސަ ކަމަކީ އެ މީހަކު ބޭނުންވާ ގޮތަކަށް އަމިއްލައަށް ޝަވަރުމާ ތައްޔާރުކޮށްލެވޭތީ ކަމަށެވެ.

އެގޮތުން މިޝަވަރުމާގެ ތިން ޑިޝްއެއް ލިބެން އެބަހުރި ކަމަށާއި އެއީ ޗިކަން، ބީފް، އަދި މިކްސްގެ އިތުރުން މިއިން ކޮންމެ ޑިޝްއަކާއި އެކުވެސް ތިން ވައްތަރެއްގެ ސޯސް، ފްރައިސް، ސެލެޑް އަދި ޕިޓާ ބްރެޑް ހުންނާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ތިން ވައްތަރެއްގެ ސޯސްއަކީ ވެސް ޕިކްލްސް ރެސްޓޯރަންޓްގެ އަމިއްލަ އުފެއްދުމެކެވެ. މިޝަވަރުމާގެ ރަހަ އެންމެ މީރުކޮށްދޭ އެއްޗަކީ ޕިކްލްސް ރެސްޓޯރަންޓްގެ ސިގްނޭޗަރ މިސޯސް ކަމަށް ފައިސަލް ވިދާޅުވިއެވެ.  

މި ޝަވަރުމާ ތަޢާރަފްކުރިތާ ހަފްތާއެއް ވެފައިވާއިރު، ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް މިހާރު ވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ދެ މީހަކަށް ކެވޭ ގޮތަށް ސާރވްކުރާ މި ޑިޝްއާ އެކު އެޑޯންސްގެ ގޮތުގައި، ޕިޓާ ބްރެޑް، ފްރައިސް، ޗީޒް ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޕިކްލްސް ރެސްޓޯރަންޓްއިން ތަފާތު ގިނަ ވަތްތަރެއްގެ ޑިޝްތައް ތަޢާރަފްކޮށްފައިވާއިރު ކައިރި މުސްތަގްބަލުގައި ކަސްޓަމަރުންގެ ޑިމާންޑާ އެކު ހާއްސަ ޑިޝްއެއް ތަޢާރަފްކުރަން ނިންމާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޕިކްސްލް ރެސްޓޯރަންޓްގެ ކޮންމެ ޑިޝްއެއް ވެސް ޓޭކްއަވޭ އަށް އޯޑަރކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް