20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

އައްޑޫސިޓީގެ ހަންކެޑެ

އައްޑޫސިޓީގެ ހަންކެޑެ ތަރައްޤީކުރުމަށް ހަދާފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފި

  • އެއްބަސްވުން ބާތިލް ކުރުމަށް 7 ދުވަހުގެ މުއްދަތެއް ކުންފުންޏަށް ދީފައިވޭ
ސިމާހާ ނަސީމް | sim_kamana

| 31 ޖެނުއަރީ 2019 | ބުރާސްފަތި 12:44 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ހަންކެޑެ -- ވިކިމީޑިއާ ކޮމޮންސް

އައްޑޫސިޓީގެ ހަންކެޑެ ތަރައްޤީ ކުރުމަށް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑް އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުން އެ މިނިސްޓްރީން ބާތިލްކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަންކެޑެ ތަރައްޤީ ކުރުމަށްޓަކައި 2006 ވަނަ އަހަރުގެ އޭޕްރިލް 9 ވަނަ ދުވަހު އެ މިނިސްޓްރީއާ ތޫޑު ޕްރައިވެޓް ލިމިޑެޓް ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވި 2011 ވަނަ އަހަރުގެ ޖޫން 20 ވަނަ ދުވަހު، ހަންކެޑެއާ ގުޅޭ އެންމެހާ ހައްޤުތައް ޑޮލަރޓަންއަށް ބަދަލުކޮށްފައިވީނަމަވެސް އެ ބިން އެއްވެސް ވަރަކަށް ތަރައްޤީ ކުރެވިފައިނުވާތީ އެ ބިމުން ސަރުކާރަށް އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަންފާއެއް ނުލިބި ދިގު މުއްދަތެއް ފާއިތުވެ ގޮސްފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހޮޓާ ތަރައްޤީ ކުރެވިފައިނުވަނީ އެއްބަސްވުމުގައި ބަޔާންކުރާ، އެ ފަރާތުގެ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން ކަމަށް ނުފެންނާތީއާ އެތަނުގެ ލީސް އެގްރީމަންޓާ އެ ފަރާތުން ހިލާފުވެފައިވާތީ މިނިސްޓްރީއަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން، އެއްބަސްވުން ބާތިލް ކުރުމަށް އަންގާ 7 ދުވަހުގެ ނޯޓިސް ޑޮލަރޓަން އަށް ދީފައިވާ ކަމަށެވެ.

ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ނިންމައި، އެންމެ ފުރަތަމަ އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ 2005 ގައި ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ ތޫނޑު 2،500 ޑޮލަރުން ޖޫރިމަނާކޮށް، އެ ކުންފުނި އަތުން ހަންކެޑެ ނަގައިފައެވެ.

އޭގެ ފަހުން 2008 ގައި އަލުން އަނެއްކާ ވެސް ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ ހަވާލުކޮށް އެތަނުގައި ސާމްޕާލް ރޫމެއް ވެސް ހެދިއެވެ. ނަމަވެސް އެ މަސައްކަތް ވެސް ފަހުން ހުއްޓުނީއެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރޭވި މަޝްރޫއުގެ ތެރެއިން ފުރަތަމަ އިއުލާން ކުރި އެއް ރަށް ކަމަށް ވިޔަސް، އެއީ މިހާތަނަށް ކޮޅެއްގައި ނުޖެހި އެންމެ ބޮޑަށް ދިގުލައިގެން ގޮސްފައިވާ އެއް މަޝްރޫއެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް