20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެލައިޑް އިންޝުއަރަންސް

މޮބައިލް އެޕާއެކު އެލައިޑްގެ ޚިދުމަތްތައް ތިމާވެއްޓާ ރަހުމަތްތެރި ކޮށްފި

  • އެލައިޑްގެ އަމާޒަކީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ކަރުދާހާ ނުލާ އެންމެ ޒަމާނީ ފެންވަރަށް ފޯރުކޮށްދިނުން
ސިމާހާ ނަސީމް | sim_kamana

| 31 ޖެނުއަރީ 2019 | ބުރާސްފަތި 08:40 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އެލައިޑް އިންޝުއަރެންސްގެ މޮބައިލް އެޕް ޕޯސްޓަރު -- އެލައިޑް އިންޝުއަރެންސް

އެލައިޑްގެ މޮބައިލް އެޕްލިކޭޝަން އަޕްރޭޑްކޮށް، ޚިދުމަތްތައް ތިމާވެއްޓާ ރަހުމަތްތެރިކޮށްފި އެވެ. 

އެލައިޑްގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާ އެޕް ތައާރަފުކޮށްފައި ވާއިރު އެލައިޑްގެ އަމާޒަކީ ހުރިހާ ހިދުމަތެއް ވެސް ކަރުދާހާ ނުލާ އެންމެ ޒަމާނީ ފެންވަރަށް، އެޕް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ.

މޮބައިލް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުން ނަގާފައިވާ ޕޮލިސާތަކާއި ބެލެންސްގެ ތަފްސީލް ބެލުމުގެ އިތުރުން، އިސްލާމިކް އިންޝުއަރެންސް އަދި އަޔާދީތަކާފުލް ސްކީމްތައް ނެގުމުގެ ފުރުސަތު އޮންނާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޝުއަރެންސް އެޕަކުން ހައްޖު އަދި އުމްރާ ތަކަފުލް ޕްލޭންތައް ނެގުމުގެ ފުރުސަތު އެލައިޑުން ހުޅުވާލާފައިވާއިރު އެޕް މެދުވެރިކޮށް ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެލައިޑުން ބުނެ އެވެ. 

އެލައިޑްގެ ބްރޭންޑް އެމްބަސަޑަރަކަށް، އެ ކުންފުނީގެ އިސްތިހާރުތަކުން ފެންނަ ކުޑަކުއްޖާ، ނަހުޒާން އަހްމަދު ހުސެއިން (ނަހޫ) ވަނީ ހަމަޖައްސައިފަ އެވެ. އެލައިޑުން ވަނީ ނަހުޒާންގެ ތައުލީމީ ހަރަދުތަކަށް މާލީ އެހީތެރިކަމުގެ އިތުރުން އެއް އަހަރު ދުވަހުގެ ހެލްތް އިންޝުއަރެންސް ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަހޫއަށް ބްރޭންޑް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ އެލައިޑުގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު އަމީލް އަދި މިހާރު މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަފާޒުއެވެ. އެ ލިޔުމާ ހަވާލުވީ ނަހޫގެ ބައްޕަ އާއި މަންމައެވެ.

ނަހޫ އާންމުންގެ މަގުބޫލުކަން ހޯދީ އެލައިޑުން މޯލްޑިވިއަން އައިޑޮލްގެ ޓައިޓަލް ސްޕޮންސަރ ނަގައި އޭގައި ދެއްކި އިޝްތިހާރުތަކުންނެވެ. އެ އިޝްތިހާރުތަކުގައި ނަހޫ ދެއްކި ކުޅަދާނަކަމުގެ ސަބަބުން ގިނަ ބައެއްގެ ލޯތްބާއި މަގުބޫލްކަން އޭނާ ހޯދިއެވެ.

ވ. ކެޔޮދޫ ސްކޫލުގައި ކިޔަވަމުންގެންދާ ނަހޫ އެލައިޑްއާއެކު މަސައްކަތްކުރާތާ ވަނީ ދެ އަހަރުވެފައެވެ. މިއީ ރާއްޖޭގައި ކުޑަ ކުއްޖަކަށް އެމްބަސިޑަރުކަންދިން ފުރަތަމަ ފަހަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް