22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ބިޑްނުކޮށް މަޝްްރޫއުތައް ދިނުން

ބިޑްނުކޮށް މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލު: ކޮރަޕްޝަނަށް ހުޅުވޭ ދޮރެއްތަ؟

  • ބިޑްކުރުމެއް ނެތި، ޕްރޮޮޕޯސަލް ހުށަހެޅުމުގެ އުސޫލު ސަރުކާރުން އެކުލަވާލީ ޖެނުއަރީ މަހުގެ 28 ގައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 31 ޖެނުއަރީ 2019 | ބުރާސްފަތި 01:33 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނ. ހެނބަދޫ ނަރުދަމާ ނިޒާމް އިފްތިތާހްކޮށްދެއްވަނީ -- ރައީސް އޮފީސް

ބިޑަކާ ނުލާ ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ ގޮތަށް ކުރީގެ ސަރުކާރުން ޤާނޫނަށް ގެނައި ބަދަލަކީ ކޮރަޕްޝަނަށް ހުޅުވާލި ދޮރެކެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ފާޑުކިޔުމެއް، އެ ޤާނޫނާކަށް، އަމާޒުވި އެއް ޤާނޫނަކީ ޓޫރިޒަމް ޤާނޫނަށް ގެނެވުނު މި ދެންނެވި ބަދަލު އެވެ. 

އެ ބަދަލާއި ދެކޮޅަށް ބޮޑު ކެމްޕޭނެއްކޮށް، ކޮރަޕްޝަނަށް ހުޅުވާލާފައިވާ އެ ފަދަ ބޮޑެތި ދޮރުތައް ބަންދުކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ނިމުނު ސަރުކާރުން އެކުލަވާލި ބިޑަކާ ނުލާ ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ އުސޫލަށް އަމަލުކުރުން ހުއްޓުވާފަ އެވެ. ކޮރަޕްޝަންގެ އެ ބޮޑު ދޮރު ބަންދުކޮށްފަ އެވެ. އެކުވެރިންނާއި، އާއިލާގެ ފަރާތްތަކަށް ރަށްތަކާއި ބިންތައް ބެހުން ނިމުމަކަށް ގެނެސްފަ އެވެ.  

އެކަންތައް ހުޓުމަކަށް ގެނައުމުން ގިނަ ބައެއްގެ ތައުރީފްގެ ބަސްތައް މި ސަރުކާރަށް ލިބުނުއިރު، ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ރައީސް އޮފީހުން އެކުލަވާލި އުސޫލާއެކު ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ބިޑް ކުރުމަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެ އުސޫލާއެކު މި ސަރުކާރުންވެސް ކޮރަޕްޝަނަށް ދޮރު ހުޅުވާލީކަމަށް ބުނެ އެވެ. 

 

ސުވާލަކީ ރައީސް ސޯލިހްގެ ސަރުކާރުން ގެނައި މި ބަދަލަކީ ރަނގަޅު ބަދަލެއްތޯ އެވެ. މި ސަރުކާރުންވެސް ކޮރްޕްޝަނަށް ދޮރުތައް ހުޅުވަލީތޯ އެވެ. 

އުސޫލު އެކުލަވާލާފައިގޮތަށް ބަލާއިރު، އުސޫލުގައި ހާމަކަން ބޮޑު ގޮތަކަށް މަރުހަލާތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑަރަށް ބާރުއަޅާފައިވެއެވެ. އެގޮތުން އުސޫލްގެ 19 ވަނަ މާއްދާގައި ބުނެފައިވާގޮތުން ދެ ވަނަ މަރުހަލާއަށްދާ ހުރިހާ ޕްްރޮޕޯސަލްތަކުގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީން އާންމުކުރަންވާނެ އެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި ތަފްސީލްތައްވެސް ހާމަކުރަންޖެހޭނެކަމަށް އުސޫލްގައި ބުނެފައިވެއެވެ. 

ތިން މަރުހަލާއަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ އެ އުސޫލްގައިވާ ގޮތުން ދެ ވަނަ މަރުހަލާއަކީ ވަޒީރުންގެ މަޖިލީހަށް ނުވަތަ އެކޮނޮމިކް ކައުންސިލްގެ ހުއްދައަށް އެދި ހުށަހަޅާ މަރުހަލާ އެވެ. އެ މަރުހަލާއަށް ހިސާބަށް ދާއިރު، ހުރިހާ ތަފްސީލްތަކަކާއެކު، ހަދަންޖެހޭ ދިރާސާތައްވެސް ނިމަންޖެހެ އެވެ. އެއްބަސްވުމަކާއެކު ކުރިއަށްދާނީތޯ ނުވަތަ ޕްރޮޕޯސަލާއެކު އިތުރަށް ކުރިއަށްދާން ނުފެންނަ ނަމަ އެގޮތަށްވެސް ނިންމަންޖެހޭނެ އެވެ. 

އެހެންކަމުން ސަރުކާރަށް ރަނގަޅު ޕްރޮޕޯސަލެއް އަމިއްލަ ކުންފުންޏަކުން ހުށަހެޅި ނަމަވެސް އަދި ހުށަހެޅުނު ޕްރޮޕޯސަލާއެކު ކުރިއަށް ނުދިއުމަށް ނިންމި ނަމަވެސް އެކަމެއްގެ މައުލޫމާތު އޮންނާނީ އާންމުކޮށް، ޝާއިރުކުރެވި ފެންނާށެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެކުރިން އެކަމެއްގެ މައުލޫމާތު އޮންނާނީ ރައްޔިތުންނަށް އެނގިފަ އެވެ. 

އޭގެ އިތުރުންވެސް، އުސޫލުގެ އެކިއެކި މާއްދާތަކަށް ބެލިކަމުގައިވީނަމަވެސް، އެ އުސޫލަކީ ކޮރަޕްޝަނާއި ބީރައްޓިހި، އަދި ހާމަކަން ބޮޑު ގޮތަކަށް ކަންތައްތައް ކުރިއަށްގެންދިއުމަށް އެކުލަވާލައިފައިވާ އުސޫލެއްކަން އެނގެ އެވެ. 

ޓާޓާ ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅަނީ - އުސޫލްގެ ދަށުން ރައްޔިތުންނަށް ލަބާހުރި ޕްރޮޖެކްޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކުންފުނިތަކަށް ލިބޭނެ -- ފޮޓޯ: ރާއްޖެ.އެމްވީ

ދެން އޮތް ސުވާލަކީ ބިޑަކާއި ނުލާ ޕްރޮޕޯސަލް ހުށަހެޅޭނެ އުސޫލެއް އޮތުން މުހިންމުތޯ އެވެ. 

ރައީސް ސޯލިހްގެ ސަރުކާރުން މި އުސޫލު ކަނޑައެޅި ސަބަބުތަކުގެ ތެރޭގައި ތަރައްޤީގެ ޕްރޮޖެކްޓްތައް ގިނަކުރުން ހިމެނެ އެވެ. ރާއްޖޭގެ އިޤްތިސާދުގައިވެސް އަމިއްލަ ގިނަ، އަދި ބޮޑެތި ކުންފުނިތައް ހަރަކާތްތެރިވާއިރު، އޭގެތެރެއިން ބައެއް ކުންފުނިތަކަކީ ރައްޔިތުންނަށް ފައިދާހުރި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އެދޭ ކުންފުނިތަކެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ފެނާއި، ނަރުދަމާ ޤާއިމްކޮށްދީފައި ވަނީ އަމިއްލަ ކުންފުނިތަކުން ސަރުކާރާއި ގުޅިގެންނެވެ. އެގޮތަށް ޖެޓީތަކާއި ބަނދަރުތައްވެސް ހަދާފައި އެބަހުރި އެވެ. 

މިފަދަ އުސޫލެއް އޮތުމުން ސަރުކާރުން އާންމުކޮށް ބިޑަށް ހުޅުވާނުލި ނަމަވެސް ސަރުކާރާއި ގުޅިގެން ރަށްރަށާއި، އަތޮޅުތަކުގެ ތަރައްްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށްގެންދަން ބޭނުންވާ ކުންފުނިތަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ. ސަރުކާރުން މިވެނިކަމަކަށް، ނުވަތަ އެވެނި ޕްރޮޖެކްޓަކަށް ބިޑަށް ހުޅުވާލާތޯ ބަލާކަށް މަޑުކުރާކަށް ނުޖެހޭނެ އެވެ.

އުސޫލުގައިވާ ގޮތުން އިއުލާނުކޮށްފައިވާ ނުވަތަ އިއުލާނުކުރުމަށް ރާވައިފައިވާ، އަދި އިއުލާނުކޮށްގެން މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ އެއްވެސް މަރުހަލާއެއް ފަށައިފައިވާ މަޝްރޫއަކާ ގުޅޭ ޕްރޮޕޯސަލެއް ބަލައެއް ނުގަންނާނެ އެވެ. ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް އެ ޕްރޮޖެކްޓަކީ ވާދަވެރި ބިޑަކުން، ހެޔޮ އަގެއްގައި ނުވަތަ އެއަށްވުރެ ފުރިހަމައަށް ކުރިއަށްގެންދެވިދާނެ ޕްރޮޖެކްޓެއްކަމަށް ސަރުކާރަށް ފެނިއްޖެނަމަ ވާދަވެރި ބިިޑަކަށް ހުޅުުވާލުމުގެ ބާރު މި އުސޫލުގެ ދަށުން ސަރުކާރަށްދީފައި ވެއެވެ. 

އެހެން ކަމުން މިފަދަ އުސޫލެއް އޮތުމަކީ، ސަރުކާރުން ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ހަލުވިކޮށް، ފައިދާ ބޮޑު ގޮތެކޭ ބުނެވިދާނެ އެވެ. 

ސިނަމާލެ ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތުގެ ތެރެއިން - ޕްރޮޕޯސަލް ކުންފުންޏަކުން ހުށަހެޅިނަމަވެސް، ވާދަވެރި ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލަންޖެހޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ކޮންމެކަމެއްގައިވެސް ރަނގަޅާ ނުބައި އޮންނާނެ އޭ ބުނާ އުސޫލުން، ބިިޑަކާއި ނުލާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް ރައީސް އޮފީހުން އެކުލަވާލި މި އުސޫލުގެ ނާޖާއިޖް ފައިދާ ނަގަން ބޭނުންވާ ބަޔަކަށް، ކޮންމެވެސް އުނިކަމެއް ފާހަގަކޮށް، ނާޖާއިޖް ފައިދާތަކެއް ނެގިދާނެ އެވެ. ނަމަވެސް ހާމަކަން ބޮޑު، ކޮރަޕްޝަނާއި ދުރު ގޮތަށް އެކުލަވާލައިފައިވާ މި އުސޫލަކީ ހެޔޮ ބަދަލަކަށް އެޅި މުހިންމު ފިޔަަވަޅެކެވެ. ދެން އޮންނާނީ ކަންކުރަން ތިބި ބައެއްގެ އިހުލާސްތެރިކަމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް