22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ޕީޕީއެމްއަށް ސޮއިކުރުން

އެ މަޖުބޫރީ ހާލަތު

 • ސޮއިނުކޮށް ވަޒީފާ ސަލާމަތް ކުރެވޭނެކަމުގެ ޔަގީންކަން ގެއްލިފަ
 • ރައްޔިތުން ފެންނަނީ މަޖުބޫރީ ހާލަތެއްގައި ތިބޭތަން
 • އާދައިގެ މީހެއް ސިޔާސީ މީހެއް ތަފާތެއް ނެތް
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 15 ފެބުރުވަރީ 2017 | ބުދަ 03:42 | |

މަގުބޫލް

 1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
 2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
 3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
 4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
 5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
 6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
 7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
 8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް މެޑަމް ފާތުން ބައްލަވާލައްވަނީ -- ޓްވިޓަރ

ދިވެހިތާރީޚަށް ބަލައިލާނަމެވެ. ފެންނަން އޮތް ޙަގީގަތެއްގެ މައްޗަށެވެ. ބަލާލުމުން ފެންނަނީ ދިވެހިރާއްޖެ އިސްލާމްވީ ފަހުން ދިވެހިންގެ ގިނަ ބަޔަކަށް ރާ ބޯން ޖެހުނުކެމެވެ. އެއީ އެއްވެސް ހާލެއްގައި އެ ރައްޔިތުން ބޭނުންވެގެނެއް ނޫނެވެ. ރާ ބޯން މަޖުބޫރު ކުރީއެވެ. އެއީ ވަރަށްކުރިއެވެ. އޭރު ދުނިޔޭގެ ކަނޑުގެ ބާޒުންގެ ގޮތުގައި ބެލެވުނު ޕޯޗްގީޒުން ރާއްޖެއަށް އަޅުވެތިކޮށްގެން އުޅުނު ޒަމާނުގައެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދުވަސްވަރު ދިވެހިންގެ ކަރަށް ގަދަކަމުން ރާވެސް އަޅަމުން ދިޔައެވެ.  އެރާ ދިވެހިން ބޯންވެސް ބުޔެވެ. އެއީ ކޮންމެހެން ބޭނުން ނުވެގެނެއް ނޫނެވެ. އޭރު އޮތް ހާލަތުގެ ގޮތުން މަޖުބޫރު ވެގެންނެވެ. އެކަމު ރާ ބޯންދޭތަން ބަލަން ބޮޑުތަކުރުފާނަކަށް ކެތެއްނުވިއެވެ. ބޮޑު ޤުރުބާނީއެއް ކުރައްވައިގެން އެކަމުން ދިވެހިން މިންޖު ކުރެއްވިއެވެ.

ޕޯޗުގީޒުން އަޅުވެތިކަމުގައި ރާބޯން މަޖުބޫރުވި ވާހަކައަކީ މާކުރީގެ ވާހަކައަކަށް ވެދާނެއެވެ. އެއަށްވުރެ ފަހަށް ޖެހިލާނަމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ދިވެހިން އުޅެމުން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. ހަނގުރާމައިގެ ސަބަބުން ވަރަށްގިނަ ގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވިއެވެ. އެންމެފަހުން ގޮސް ދިވެހިންނަށް މަގޫފަތާއި، ކަނޑުލާއި، ފަޅޯގަހުގެ ތޮށިގަނޑު ފެނު ކައްކައިގެން ކާންޖެހުނެވެ. މަސްވެރި ދިވެހި ރައްޔިތުން އެގޮތަށް ބޭނުން ވެގެނެއް ނޫނެވެ. ޤައުމު ބަނޑަށްޖެހި މަގޫފަތާއި، ކަނޑުލާއި، ފަޅޯގަހުގެ ތޮށިގަނޑު ފެނުކައްކައިގެން ކާން މަޖުބޫރުވީމައެވެ. އެއީ އޭރު ގައުމު އޮތް ހާލަތެވެ. އެ މަޖުބޫރީ ހާލަތެވެ.

އޭގެ ފަހެވެ. ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށްކަމުގައިވާ ތިނަދޫ އޭރުގެ ނަމުންނަމަ ހަވަރު ތިނަދޫ ރައްޔިތުންވެސް އެރަށުން ފޭބިއެވެ. އެކަމަކު އެކަންކުރީވެސް އެރަށުގެ ރައްޔިތުން ބޭނުންވެގެނެއް ނޫނެވެ. އޭރު އޮތް ވެރިކަމުގައި އެރަށަށް އަރާ ރައްޔިތުންނަށް ގަދަކަމުން ބޭލުވީމައެވެ. އޭރު އޮތް މަޖުބޫރީ ހާލަތުގައެވެ. ހައްޓާ ފުރާނައިގެ ރައްކަލަށް އެ މަޖުބޫރީ ހާލަތުގައި އެރަށުން ފައިބަން މަޖުބޫރުވީއެވެ. ކޮންމެހެން އެކަންކުރާން ރައްޔިތުން ބޭނުންވެގެނެއް ނޫނެވެ.

އެއީ މާޒީއެވެ. މީ އެކާވީސް ވަނަ ގަރުނެވެ. ދުނިޔެ ތަހްޒީބުވަމުން އަންނައިރު، ރާއްޖެއަށް އެފަދަ ބަދަލުތައް އަޔަސް އަނެއްކާވެސް މިފެންނަނީ އެހާލަތައް ގައުމުދާތަނެވެ. އެ މަޖުބޫރީ ހާލަތުގެ ތެރެއަށެވެ. ސަލާންޖެހުމުގެ ސަޤާފަތުގެ ތެރެއަށެވެ. އެ އަޅުވެތި ކަމަށެވެ. ވަކިން ޚާއްސަކޮށް އެ މަޖުބޫރީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް ސަނާކިޔައި، ސަރުކާރު ހިންގާ ޕާޓީއަށް ވަންނަން މިވަނީ މަޖުބޫރުވެފައެވެ. މިއަދުގެ މަޖުބޫރީ ޙާލަތު އޮތީ އެގޮތަށެވެ. އަސާސީ ޙައްގުތަކުން މަހުރޫމްވާން ނޭދޭ ނަމަ ސަރުކާރު ހިންގާ ޕާޓީއަށް ގުޅެންޖެހެއެވެ.

މިއަދު ގަދަކަމުން ކަރަށް ރާއަޅަން ޕޯޗުގީޒުން ނެތަސް، މިއަދު މަގޫފަތްކާން ނުޖެހުނަސް، އަދި ކިއެއްތަ މިއަދު ތިނަދޫ ރައްޔިތުން އެރަށުން ބާލަންދާނެ ބަޔަކު މަނަވަރެއް ނެތަސް މިއަދުވެސް ގައުމުގައި އޮތީ އެ މަޖުބޫރީ ޙާލަތެވެ. ހިލޭ ބޭސްފަރުވާ ކުރެވޭ "އާސަންދަ" ހޯދަން ބޭނުންވަންޏާ ރައްޔިތުންނަށް މިޖެހެނީ ސަރުކާރު ހިންގާ މައި ޕާޓީއަށް ސޮއިކުރާށެވެ. ވަޒީފާއެއް ބޭނުމިއްޔާ، ނުވަތަ ހުރި ވަޒީފާގައި ދެމިހުންނަން ބޭނުންނަމަ މިޖެހެނީ އެ ޕާޓީއަކަށް ސޮއިކުރާށެވެ. ކުރުކޮށް ބަޔާންކުރާނަމަ ދިވެހި ރައްޔިތެއްގެ ހައްޤުވެސް މިހާރު ލިބެނީ އެ ފޯމެއްގައި ސޮއިކުރުމުންނޭ ބުނާ ދަރަޖައަށް ގައުމުގެ ޙާލަތު ހިގައްޖެއެވެ.

މިހުރިހާ ކަމެއް އޮތީ ހަމައެކަނި އާދައިގެ ނިކަމެތި ރައްޔިތުންނަކަށް ނޫނެވެ. ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކަށްވެސް އޮތީ ހަމަ އެއް ހާލަތެކެވެ. އެ މަޖުބޫރީ ހާލަތެވެ. ދެކޮޅަށް ބަހެއް ބުނެފިނަމަ ވިޔަފާރިތައް ހުއްޓުވާލަނީއެވެ. ދީފަ އޮތިއްޔާ އޮތް ޕްރޮޖެކްޓެއް ހުއްޓުވާލަނީއެވެ. ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުން ވެސް ޖެހޭނީ އުސޫލެއްގެ ގޮތުން ޕީޕީއެމް އަށް ސޮއި ކުރާށެވެ. އެކަން ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި ސިޔާސީ ވެރިންކުރައްވަމުން ގެންދަވާ މަސައްކަތްތަކުން އެގެއެވެ.

ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވާ މަޖުބޫރީ ހާލަތުން އަރައިގަތުމަށް ޕީޕީއެމްއަށް ސޮއި އަޅަނީ ބޭނުން ވެގެނެއް ނޫނެވެ. އެކަމަކު ވަޒީފާގެ ބޭނުންނަމަ ސިވިލް ސާރވެންޓުން ނާއި އަދި ހުރިހާ މިނިވަން މުވައްސަސާ ތަކުގެ މުވައްޒަފުން ވެސް ޖެހޭނީ ޕީޕީއެމް އަށް ސޮއި ކުރާށެވެ. އަނެއްކާވެސް ސަލާންޖަހާ ސަގާފަތަށް އެނބުރި ދިޔުމަށް މަޖުބޫރު ކުރުވަނީއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ނުވަތަ އަނބިކަނބަލުންގެ އަރިހަށް ސަލާން ޖަހަން ހިންގުވާ ސަޤާފަތަށް ދިޔުމަށް މިއަދު ގައުމު އޮތް ޙާލަތު މަޖުބޫރު ކުރެއެވެ.

މިއަދު އޮތް މަޖުބޫރީ ހާލަތަކީ އަތާއި އަނގަޔާ ދިމާނުވުމެވެ. ކާޑުކޮޅު އަގު ބޮޑުވުމެވެ. ކަރަންޓާއި ފެންބިލު ދައްކާލެވޭ ވަރަށްވުރެ ބޮޑުވެގެންދިޔުމެވެ. ފަސޭހައިން ބޭސްފަރުވާ ކޮށްލެވޭނެ ގޮތެއް ނެތުމެވެ. މި މަޖުބޫރީ ހާލަތުގައި އަނބިދަރިންގެ ޙައްގުގައި ސޮއިކުރަން މަޖްބޫރުވެއެވެ. އެދުމަތިކޮށްފައިވާ މައިމީހާއަށް ފަސޭހަ ގޮތެއްގައި ބޭސްކުރުމަށް އެ މަޖްބޫރީ ޙާލަތުން އަރައިގަންނަން ޖެހެއެވެ. ކޮންމެ ފޯމަށް ހުދުކުލައިގެ ސިޓީ އުރައެއްގައި އެ ދިއްކޮށްލާ ދެހާސް ރުފިޔާގައި ހިފާލުމަށް ރައްޔިތު މީހާއަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ. އަނބިދަރިންނާއި، ބަލިއެނދުގައޮތް ބައްޕަގެ ޙައްޤުގަޔާއި، ވަޒީފާގެ ބިރުވެރިކަމުގައ ސޮއިކޮށްފީމޭ ބުނަނީ އެ މަޖުބޫރީ ހާލަތުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މަޖްބޫރު

2 އަހަރު ކުރިން

މަޖްބޫރް ކީ ޔޭ ޙާލާތު އިދަރްބީހޭ އުދަރްބީ، ތަންހާއީކީ އޭކް ރާތް އިދަރަބީހޭ އުދަރްބީ

0
0