20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެލައިޑް އިންޝޫރެންސް

އެލައިޑް އިންޝޫރެންސްގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

  • ކުންފުނި "ޕޭޕަރލެސް" ކުރުމުގެ މަސައްކަތް ފެއްޓިކަން ވަނީ އިއުލާންކޮށްފައި
  • ކުންފުނިން 2019 ވަނަ އަހަރު ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން އާ އިންޝޫރެންސް ޕެކޭޖުތަކެއްގެ ތައާރަފު ކުރަން ވަނީ ނިންމާފައި
އަމަން ހަލީމް | soupized

| 30 ޖެނުއަރީ 2019 | ބުދަ 21:23 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އެލައިޑް އިންޝޫރެންސްގެ 34 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން -- ޓްވިޓަރ

ރާއްޖޭގައި އެއްމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުނި ކަމުގައިވާ އެލައިޑް އިންޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު އަމީލް ވިދާޅުވީ 2018 ވަނަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އެއްމެ ކާމިޔާބު އެއް އަހަރު ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާ ބަލާއިރު ކުންފުނީގެ ފައިދާއަށް 95 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އަމީލް ވިދާޅުވިއެވެ. އަދި 130 މިލިއަން ރުފިޔާގެ ކްލެއިމްސް (ބަދަލު) އެ ކުންފުނިން ދީފައިވާ އިރު، ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 140 މިލިއަން ޑޮލަރަށް (2.17 ބިލިއަން ރުފިޔާއަށް) އިތުރު ކުރުވިފައިވާ ކަމަށް ވެސް އަމީލް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެލައިޑްއިން ފައްޓާފައިވާ ކީ އިނީޝީއޭޓިވްސްގެ (އެއްމެ ބޮޑު އަހައްމިއްޔަތުކަމެއް ދިން ކަންކަމުގެ) ތެރޭގައި ބޯޓު ބަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ބޯޓް ބިލްޑަރްސް އިންޝޫރެންސްގެ ނަމުގައި އިންޝޫރެންސް ޕެކޭޖެއް ތައާރަފްކުރުމާއި، އަދި އެލައިޑްގެ ވެބްސަައިޓް މެދުވެރިކޮށް ޓްރެވަލް އިންޝުއަރެންސްގެ ހިދުމަތަށް އެދެވޭ ގޮތަށް ހެދުމާއި، ހެލްތު އިންޝުއަރެންސްގެ ކްލެއިމްސްއަށް "މައި އެލައިޑް" އެޕް މެދުވެރިކޮށް ހުށައެޅުމުގެ މަގުފަހި ކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ވެސް އިންޝުއަރެންސް ގިފްޓް ވައުޗަރ ތައާރަފު ކުރުމާއި، އެލައިޑްގެ އަރޓިފިޝަލް އިންޓެލިޖެންސް ބޮޓް ކަމުގައިވާ "އޭޖެންޓް 1600" ހިދުމަތް ތައާރަފް ކުރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑްގެ އާ އެމްޑީގެ މުހައްމަދު ޝަފާޒު އަލިއަޅުއްވާލެއްވީ ކުންފުނިން 2019 ވަނަ އަހަރު ކުރަން ހުރި މަސައްކަތްތަކަށެވެ. އެގޮތުން އިންޝޫރެންސަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރުމާއި، އެ ފަރާތްތަކާއި ގުޅިގެން އާ އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ޝަފާޒު ވިދާޅުވިއެވެ. އަދި ކުންފުނިން ފަށާފައިވާ ގްރީން ފޯރ ގުޑް އިނީޝިއޭޓިވްގެ ދަށުން ކައިރި މުސްތަގުބަލެއްގައި ކުންފުނި އެއްކޮށް ޕޭޕަރލެސް (އެއްވެސް ކަރުދާސް ބޭނުންނުކުރާ) މަސައްކަތް ފަށާފައިވާ ކަމަށް ޝަފާޒު ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ކުންފުނީގެ ބައެއް އޮޕަރޭޝަންތައް ޕޭޕަރލެސް ކޮށްފައިވާ ކަމަށް ޝަފާޒް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިދިޔަ އަހަރު އެލައިޑްގެ ޓޮޕް ބްރޯކާރްސްގެ ގޮތުގައި ހޮވުނު އިންސިއުލަރ އިންޝޫރެންސް ބްރޯކަރޒް، އެސޯސިއޭޓަޑް ބިޒްނަޒް އޭޖެންޓްސް (އޭބީއޭ މޯލްޑިވްސް) އަދި އެސްއެސްއެސް އިންޝޫރެންސްގެ ބްރޯކަރސްއަށް ވަނީ ހަދާނީ އެވޯޑު ދީފައެވެ. އަދި ޓޮޕް އެޖެންޓުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޕްރެމިއާ ކޮންސަލްޓިންގް އަދި ޖޮބޭޓޮރީ ޕްރައިވެޓް ލިމިޓެޑްއަށް ވެސް ވަނީ އެވޯޑު ދީފައެވެ. 

މި ހަފުލާ ޝަރަފުވެރިކޮށްދެއްވި އެމްއެމްއޭގެ ގަވަރުނަރު އަލީ ނަސީރު ވަނީ އެލައިޑުން ހޯދާފައިވާ ކާމިޔާބީތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހާއްސަކޮށް ކުންފުނީގެ ހިންގުމުގައި ގެންގުޅޭ ގުޑް ކޯފަރޭޓް ގަވަނަންސްގެ ސިޔާސަތުތަކަށް ވަނީ ތައުރީފުކުރައްވާފައެވެ. އަދި ކުންފުނީގެ ހިއްސާ އާއްމު ރައްޔިތުންނަށް ވިއްކުމުގެ މަސައްކަތް ފެއްޓެވުމަށް ކުންފުނި ޕަބްލިކް ކުރުމުގެ މަސައްކަތް ފެށުމަށް ނަސީރު ބާރުއެޅުއްވިއެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ އެލައިޑް އިންޝޫރެންސްއަކީ 1985 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރަންސް ކުންފުންޏާއި އެސްޓީއޯއިން އުފެއްދި ޖޮއިންޓް ވެންޗަރއެކެވެ. ކުންފުނީގައި އޮތް ކޮމާޝަލް ޔޫނިއަން އެޝުއަރަންސްގެ ހިއްސާ އެސްޓީއޯއިން އަނބުރާ 1987 ވަނަ އަހަރު ގަތުމާއި އެކު ކުންފުނި ވަނީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ވެފައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް