16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

  • ކިމް ޖޮންގް-ނަމް އަވަހާރަ ކޮށްލާފައިވަނީ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި
  • ނަމް އަވަހާރަކޮށްލާފައިވަނީ އުތުރުކޮރެއާއަށް ނިސްބަތްވާ ދެ އަންހެނަކު
އާމިނަތު ނުޒުހާ | nuzu8121

| 15 ފެބުރުވަރީ 2017 | ބުދަ 03:12 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ކިމް ޖޮން-ނަމް އަވަހާރަކޮށްލީ މެލޭޝިއާހައި ހުންނަވަނިކޮށް -- ގޫގުލް

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައި އަވަހާރަ ކޮށްލައިފިއެވެ.
 

އުމުރުފުޅުން 45 އަހަރުގެ ކިމް ޖޮންގް-ނަމް އަވަހާރަ ކޮށްލާފައިވަނީ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއާޕޯޓްގައި އުޅުއްވަނިކޮށް ޒަހަރު ލާފައިވާ ތިނޯސްތަކެއް އޭނާގެ ގައިކޮޅަށް ހަރައިގެން ކަމަށް ދެކުނު ކޮރެއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ނަމް އަވަހާރަކޮށްލާފައިވަނީ އުތުރު ކޮރެއާއަށް ނިސްބަތްވާ ދެ އަންހެނަކުވެގެންނެވެ.
 

މެލޭޝިޔާ ފުލުހުންނާ ހާވަލާދީ ރިޕޯޓްތައް ބުނާ ގޮތުން އެެއާޕޯޓުގައި ހުއްޓާ ނަމްގެ ގައިކޮޅަށް ވިހަ ތިނޯސްތައް ހަރާލުމަށްފަހު ހަމަލާ ދިން ދެ އަންހެނުން ޓެކްސީއަކަށް އަރައިގެން ވަނީ ފިލާފައެވެ.

ފުލުހުން ބުނީ އޭނާ އަވަހާރަވީ ހޮސްޕީޓަލަށް ގެންދެވުނު މަގުމަތީގައި އެމްބިއުލާންސްގައިކަމަށެވެ.

އޭނާގެ ހަށިގަނޑު ޕްޓްރަޖާޔާ ހޮސްޕިޓަލްގައި އޭނާގެ އޮޓޮޕްސީ ހަދާފައިވާއިރު ފުލުހުން އިންތިޒާރުކުރަމުންދަނީ އެ ރިޕޯޓަށެވެ.

ކިމް ޖޮންގް-ނަން އަވަހާރަ ކޮށްލަން އުތުރު ކޮރެއާގެ އޭޖެންޓުން މީގެ ކުރިންވެސް އެތައް ފަހަރަކު މަސައްކަތް ކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮންގް-އިލްއަށްފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ހީކުރެވުނީ ކިމް ޖޮންގް-ނަމްއެވެ. ނަމަވެސް ވަގު ޕާސްޕޯޓެއްގައި އޭނާ 2001 ވަނަ އަހަރު ޖަޕާނަށް އެތެރެވާން އުޅެނިކޮށް ފަޅާއަރައި، އެކަމާހެދި ކިމް ޖޮންގް-ނަންގެ މަގްބޫލްކަންކުޑަވި އެވެ.

އޭގެފަހުން އޭނާ ދިރިއުޅުއްވަމުން ގެންދެވީ ގައުމުން ބޭރުގައެވެ. ސިންގަޕޫރު، އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ފްރާންސްގައެވެ. ގިނައިން ދިރިއުޅުއްވަމުން ގެންދެވީ ޗައިނާގެ ސަރަހައްދެއް ކަމަށްވާ މަކާއުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް