22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މަގޭ ރިޕޯޓު

އިންތިހާބަށް 66 ދުވަސް: ކެންޑިޑޭޓުން ދައްކައި، ސިޔާސަތުތައް ބުނެދިނީ އެމްޑީޕީ އެކަނި

  • ކެންޑިޑޭޓުންގެ ބައިވެރިވުމާ އެކު އެމްޑީޕީން ސިޔާސަތު ވަނީ ކަނޑައަޅާފައި
ޙުސައިން ޙަސަން | hucenhassan

| 30 ޖެނުއަރީ 2019 | ބުދަ 17:33 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އެމްޑީޕީ އެއްވުމެއްގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ރޭވުންތެރިއެވެ. ކުރަންވީ ކަންތައްތަކަށް ތައްޔާރު އެބަވެއެވެ. ތަސައްވަރު ކުރެވޭ ކަންތައްތައް ކުރިއާލާ އެބަ ކުރަހައެވެ. މިއީ މިފަހަރުގެ މަޖިލީހުން އިންތިހާބަށް ވެސް އެމްޑީޕީން ތައްޔާރުވަމުންދާ ގޮތެވެ. އިންތިހާބު ބާއްވަން 120 ދުވަށްވެފައި ވަނިކޮށް، އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލިއެވެ. އޭގެ ސާޅީސް ދެ ދުވަސް ފަހުން، މުޅި ރާއްޖޭގައި ޕްރައިމަރީ ބާއްވާއި، އެ ޕާޓީން ނުކުންނާނެ 86 ކެންޑިޑޭޓުން ދައްކާލީ، މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރަން ދެ މަހާއި 12 ދުވަސް އޮއްވައެވެ. އަދި އެ ވަރަކުން ނިމުނީއަކީ ނޫނެވެ. އެ ހުރިހާ ކެންޑިޑޭޓުން އެއްތަންކޮށް، ރައްޔިތުންނަށް ވިއްކާނެ ކެމްޕެއިން ޕްލޭނެއް ތައްޔާރު ކުރިއެވެ. މަޖިލީހަށް އިންތިހާބުވުމުން، ތަންފީޒު ކުރާނެ ސިޔާސަތު އެކުލަވާލިއެވެ. "އެޖެންޑާ 19" އުފަން ކުރިއެވެ. އެ އެޖެންޑާއަކީ އަލަށް އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތަންފީޒު ކުރާނެ އެޖެންޑާއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ޕާޓީއަކުން މަޖިލިސް އިންތިހާބަކަށް ތައްޔާރުވި ގޮތެއް ނޫނެވެ. އެމްޑީޕީން ވަނީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން އެއްތަންކޮށްގެން، މެނިފެސްޓޯ ތަންފީޒު ކުރުމަށް ސައްލާކޮށްފައެެވެ. މަޖިލީހަށް ހުށަހަޅާނެ ދެލިކޮޕީތަކެއް ތައްޔާރުކޮށް، އެ ކަރުދާސްތަކަށް ބަދަލު ގެނެސް، އިސްލާހު ގެނެސްފައެވެ. އަދި ކެންޑިޑޭޓުން ތައްޔާރު ކުރި ދެލިކޮޕީއަށް އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާފައެވެ. ކެމްޕެއިންގައި އާންމުންގެ ބައިވެރިވުން، އިތުރު ކުރުމަށް ސިޔާސަތުތަކަށް ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން އެމްޑީޕީން ވަނީ އިތުރުކޮށްފައެވެ.

އެމްޑީޕީން އަލަށް އިންތިހާބު ކުރާ މަޖިލީހަށް ނުކުންނަނީ އާ ވާހަކަތަކެއް ހިފައިގެނެއް ނޫނެވެ. އެ ޕާޓީގެ 13 އަހަރުގެ ތާރީހުގައި މިހާތަނަށް އަޑު އުފުލަމުން އައި ވާހަކަތައް ހިފައިގެންނެވެ.

އެގޮތުން އެ ޕާޓީގެ ސިޔާސަތުތަކާއި މެނިފެސްޓޯގައިވާ ވައުދުތައް ފުރިހަމަ ކުރުމަށް 15 ކަރުދާހެއް އެމްޑީޕީން އެ ޕާޓީގެ ކެންޑިޑޭޓުންނާ ހިއްސާ ކުރިއެވެ. އެ ދެލިކޮޕީތަކުގައި ހިމެނެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހި ކަމަށް ބޭނުންވާ 40،000 އެތައް، ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައި ދިނުމާ ގުޅޭ ސިޔާސަތު ކަނޑައެޅުމެވެ. ވެރިންގެ މުށު ތެރެއިން ބާރުތައް ލުހެލައި، ރަށަށް ބާރުދިނުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމެވެ. ރަށުން ލިބޭ ނަފާ ދައުލަތުގެ މާލިއްޔާއަށް ޖަމާކުރުމުގެ ބަދަލުގައި ރަށު ކައުންސިލްގެ ތިޖޫރީއަށް ވަންނާނެ ގޮތް ހެދުމެވެ.

މުއްސަނދި މީހާގެ ޖީބުން، ފަގީރުންނަށް ހަރަދު ކުރަން ލާޒިމު ކުރާ ގޮތަށް އިންކަމް ޓެކްސް ނަގަން ފެށުމެވެ. ބޭއިންސާފާއި ނާއިސްސާފުގެ މުގުރުން ނިޔާ ކަނޑައަޅަން ތިބި ފަނޑިޔާރުން އަމަލުތައް ހުއްޓުވައި، ފަނޑިޔާރުގެ އިސްލާހު ކުރުމެވެ. ވަލާއި ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ޖަވާބު ދާރީ ކުރުވަނިވި ދައުލަތެއް ބިނާ ކުރުމެވެ. އަދި ދައުލަތް ޒިންމާދާރުކޮށް، ޖަބާދާރީ ކުރުވަން ތިބޭ މަޖިލިސް މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް، މާލީ ބަޔާން ހުށަނާޅާނަމަ ޖިނާއީ ދައުވާ އުފުލޭ ގޮތަށް ވެސް އެމްޑީޕީން ވަނީ ގާނޫނަށް ގެންނާނެ ބަދަލުތަކުގެ ބިލުތަކެއްގެ ގޮތުގައި ކަރުދާސްތަކެއް ތައްޔާރުކޮށްފައެވެ.

އެ ވައުދުތައް ހިފައިން އެމްޑީޕީން ކެމްޕެއިނަށް ނުކުންނަނީ އިންތިހާބަށް ބާކީ ދެ މަހާއި ހަ ދުވަސް އޮއްވައެވެ. ޕާޓީގެ ކެންޑިޑޭޓާއި ވޯޓު ދޭންވީ ސަބަބު ރައްޔިތުންނަށް ކިޔައިދޭން ނުވަ ހަފްތާ އަދި އެބަ އޮތެވެ. ގަޑިއިރުން ބަލާނަމަ، 1500 ވުރެ ގިނަ ގަޑިއިރު އެބަ އޮތެވެ. އެއީ 66 ދުވަހެވެ.

އެމްޑީޕީން މި ހުރިހާ ވާހަކަތަކެއް ހިފައިގެން ނުކުންއިރު، އެހެން ޕާޓީތައް ކޮބައި ހެއްޔެވެ؟ ވާދަވެރި ޕާޓީތަކަށް ކެންޑިޑޭޓުން ދެއްކިއްޖެ ހެއްޔެވެ؟ އެ ޕާޓީތަކުގެ އާންމު މެމްބަރުން ބޭނުންވާ މީހާ އިންތިހާބުކޮށް، ކެންޑިޑޭޓެއްގެ ގޮތުގައި ދެއްކިއްޖެ ހެއްޔެވެ؟ ރައްޔިތުންނަށް ވިއްކާނެ ސިޔާސަތެއް އެ ޕާޓީތަކަށް ކަނޑައެޅިއްޖެތޯއެވެ؟ ބޮއްސުންލާފައިވާ، ނިޒާމު ހަމަމަގަށް އަޅުވާނެ، ގޮތްތަކެއް ކިޔައި ދެވިއްޖެ ހެއްޔެވެ؟

އިންތިހާބަށް ބާކީ އޮތް 66 ދުވަހުގެ ތެރޭގައި ވެސް ޕާޓީތަކުން އެ މަންޒަރު ދެއްކިއްޖެނަމަ، މި ނޫން ދުވަހެއް ހޯދައި ދެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް