16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ލޯބިވެރިންގެ ދުވަސް މަނާ

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

  • މިއީ އެކަމާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ނިންމި ނިންމުމެއް
އަހުމަދު މުހުސިނު | dhonbandaara

| 15 ފެބުރުވަރީ 2017 | ބުދަ 00:34 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ވެލަންޓައިންސް ޑޭ އާ ދިމާކޮށް ވިއްކަން ހުރި ހަންތަކެއް ހިފައިގެން: ޕާކިސްތާނުގައި އެދުވަސް ފާހަގަކުރުން މަނާ -- ގޫގުލް

"ވެލަންޓައިންސް ޑޭ" (ލޯބިވެރިންގެ ދުވަސް) ފާހަގަ ކުރުން މަނާކޮށް ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ ހައިކޯޓުން އަމުރެއް ނެރެފިއެވެ.

ޓޭވީ ރޭޑިޔޯއާއި ނޫސްތަކުގައި މިއަމުރާ ޙަވާލާދީ ބުނެފައިވަނީ ވެލަންޓައިސް ޑޭއަށް ޚާއްޞަކޮށްގެން ތަކެތި ވިއްކުމާއި ސަރުކާރާއި އެއްވެސް އަމިއްލަ އިމާރާތެއްގައި އެދުވަސް ފާހަގަ ކުރުމަކީ މަނާކަމެއް ކަމަށެވެ.

އެކަމާ ޚިލާފްވާ ފަރާތްތައް މޮނިޓަރ ކޮށްދިނުމަށް ސަރުކާރުން ވަނީ ޕާކިސްތާންގެ އިލެކްޓްރޯނިކް މީޑިޔާ ރެގިއުލޭޓަރީ އޮތޯރިޓީ (ޕީއީއެމްއާރއޭ) ގައި އެދިފައެވެ.

ހޯމަ ދުވަހު މި އަމުރު ނެރެފައިވަނީ އެޤައުމުގެ ޢާއްމު ރައްޔިތެއް ކަމުގައިވާ ޢަބްދުލް ވަހީދު ހުށަހެޅި ޕެޓިޝަނަކަށް ފަހުގައެވެ. އޭނާގެ ޕެޓިޝަންގައި ބުނެފައިވަނީ ވެލަންޓައިންސް ޑޭ އިޝްތިހާރު ކުރުމުގެ ހަރަކާތްތަކަކީ އިސްލާމް ދީން ކިޔަވައިދިނުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ވަގުތުން މަނާކުރަން ޖެހޭ ކަމަށެވެ.

ފަހަކަށް އައިސް ހުޅަނގުގެ ޤައުމުތަކުން ނަކަލް ކޮށްގެން ޕާކިސްތާނުގައިވެސް އަންނަނީ ވެލަންޓައިސްޑޭ ފާހަގަ ކުރަމުންނެވެ. އެކަމާ ގުޅިގެން ދީނީ ޖަމާއަތްތަކުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް ބައެއް ފަހަރު އިހުތިޖާޖްވެސް ކުރަމުންނެވެ. އަދި 2016 ވަނަ އަހަރު ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވަނީ އެއީ އެދުވަސް ފާހަގަ ނުކުރުމަށާއި އެއީ މުސްލިމް ސަޤާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް