17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ބީއެޗްއެމް

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

  • ޓްރެވަލް އެލަވަންސުގެ ގޮތުގައި 2،000 ޑޮލަރު ވެސް ދީފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 15 ފެބުރުވަރީ 2017 | ބުދަ 00:08 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އެކްސްއެލް ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހައްވާ ޝިރުހާނާ -- ޓްވިޓަރ

ބީއެޗްއެމްއިން ކުރިއަށް ގެންދިޔަ "އެކްސްއެލް ޓެބް ޕްރޮމޯޝަން"ގެ އެއްވަނަ އިނާމުގެ ގޮތުގައި ލިބުނު ދުބާއީ ދަތުރު "ވަރަށް ސަޅި ވަރަށް ތަފާތު" ކަމަށް ނަސީބުވެރިޔާ ހައްވާ ޝިރުހާނާ ބުނެފި އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމާއެކު ޝިރުހާނާއަށް ދުބާއީއަށް ދިޔުމުގެ ފުރުޞަތު ލިބުމުން އޭނާއާއެކު މި ދަތުރުގައި ބައިވެރިކޮށްފައިވަނީ އޭނާގެ މަންމަ އެވެ.

ޝިރުހާނާ ދަތުރު ނިންމާލުމަށްފަހު ހޯމަ ދުވަހުގެ ރޭ މާލެ އައުމުން އޭނާއަށް އެއަޕޯޓުން މަރުހަބާކީ ބީއެމްއެޗްގެ ވެރިންނެވެ.

އުމުރުން 21 އަހަރުގެ ޝިރުހާނާ އެންމެ ފުރަތަމަ ވެސް ޗުއްޓީއެއް ހޭދަކޮށްފައިވަނީ ދުބާއީގައެވެ. އޭނާ ބުނިގޮތުގައި މިއީ މުޅި އުމުރުގައިވެސް ކޮށްލެވުނު އެންމެ ސަޅި ތަޖުރިބާ ކަމަށާއި މި ދަތުރަކީ ވަރަށް ކާމިޔާބު ފުރިހަމަ ދަތުރެއް ކަމަށެވެ. އެހެންކަމުން ބީއެޗްއެމްގެ ޓީމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށް މީޑިޔާއާއި ވާހަކަދައްކަވަމުން އޭނާ ބުންޏެވެ.

މިދަތުރުގައި ގޯލްޑް ސޫކް، ބްރިޖް ހަލީފާ، ޑެސެޓް ސަފާރީ ފަދަ ތަންތަން ބަލާލަން ލިބުމަކީ ހީވެސް ނުކުރާ ފަދަ ކަމެއް ކަމަށް އޭނާ ބުންޏެވެ. މި ދަތުރުގައި ފަސް ދުވަހުގެ ހުރުމާއެކު ސިޓީ ޓުއާއެއްގެ އިތުރުން ޓްރެވަލް އެލަވަންސުގެ ގޮތުގައި 2،000 ޑޮލަރު ވެސް ދީފައިވެ އެވެ. 

މި ޕްރޮމޯޝަން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިކޮށްފައިވަނީ އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅެއް ގަނެ، މަތިގަނޑުގެ ދަށުގައި އިންނަ ކޯޑު "7755" އަށް އެސްއެމްއެސް ކޮށްގެންނެވެ.

ކޮންމެ ދުވަހެއްގެ ހޮވާ ނަސީބުވެރިފަރާތައް މި ޕްރޮމޯޝަނުގައި ވަނީ ބައިސްކަލެއް ދީފައެވެ. މީގެ އިތުރުން މަސް ނިމުމުން ނަގި ގުރުއަތުން ހޮވުުނު ފަރާތްތަކަށް ގާތްގަނޑަކަށް 57،000ރ. ގެ ބޮޑު ހުރި ސައިކަލެއް ދީފައިވެ އެވެ. އަދި 2،250 އަށް ވުރެ ގިނަ ބޯނަސް އިނާމުދީފައިވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް