21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

މޮދީ ބަޔޮގްރަފީ

މޮދީ އަށް ހާއްސަ ކޮށްގެން ހަދާ ފިލްމުގެ ކާސްޓުން އިއުލާންކޮށްފި

  •  ފިލްމު ހަދަނީ އިންޑިއާގެ ބޮޑު ވަޒީރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް
އަލީ ސަމާޚް | AliSamah8

| 30 ޖެނުއަރީ 2019 | ބުދަ 01:34 | |

މޮދީގެ ބަޔޮގްރަފީގެ ޕޯސްޓަރު -- އާކައިވް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޮދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ ކާސްޓުން އިއުލާން ކޮށްފިއެވެ.  

އަންގާރާ ދުވަހު އިއުލާން ކުރި ކާސްޓުންގެ ތެރޭގައި ހިމެނެނީ، ބޮމަން އިރާނީ، ދަރްޝަން ކުމާރު، އަންޖަން ޝްރިވަސްތާވް، ރަޖިންދްރަ ގުޕްތާގެ އިތުރުން ޔަތިން ކަރޭކަރްއެވެ.

ފިލްމުގެ ޕޯސްޓަރު އިންޑިއާގެ 67 ވަނަ ޖުމްހޫރީ ދައްކާލާފައިވައިރު, ފިލްމުގައި މޯދީގެ ރޯލް ކުޅެނީ ވިވެކް އޮބިރޯއިއެވެ.  

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕޮރްޑިއުސަރު ސަންދީޕް ބުނީ، މި ފިލްމަށް އޭނާ އަށް ލިބިފައިވަނީ ހުނަރުން ފުރިގެންވާ ފަންނާނުން ކަމަށާއި، މި ފިލްމުވެގެން ދާނީ ކާމިޔާބު ފިލްމަކަށް ކަމަށެވެ.

މޯދީގެ ބަޔޮގްރަފީގައި ފެނިގެން ދާނީ ސައި ވިއްކާ މީހަކު އިންޑިއާގެ ބޮޑުވަޒީރު ކަމަށް އައުމަށް ކުރި ދަތުރެވެ. މި ފިލްމުގެ މަންޒަރުތައް ގުޖްރާތުގެ އިތުރުން އިންޑިއާގެ އެކި ހިސާބުތަކުގައި ނަގަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.  

މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންހްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސިޔާސީ ފިލްމު ''ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރު'' ފިލްމު ވަނީ ރިލީޒުކޮށްފައެވެ. މަންމޯހަން ސިންހްގެ ރޯލު އަނުޕަމް ޙޭރް ކުޅެފައިވާ މި ފިލްމަށް ވަނީ އެކަށީގެންވާ ވަރަށް އާމްދަނީއެއް ވަނީ ނުލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް