20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ބޮލީވުޑް

ޕެއިސާ ޔެ ޕެއިސާ އިން މާދުރީ އެންމެންގެ ސަމާލުކަން ހޯދައިފި

  • މި ލަވައިގެ އޮރިޖިނަލް ލަވައަކީ 1980 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ކަރްޒް" އަށް ކިޝޯރް ކުމާރު ކިޔައިދީފައިވާ ލަވައެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 29 ޖެނުއަރީ 2019 | އަންގާރަ 21:21 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


މާދުރީ ޑިކްސިޓް އާއި އަނިލް ކަޕޫރު -- ޓްވިޓަރ

މާދުރީ ޑިކްސިޓްގެ އަންނަން އޮތް ފިލްމް "ޓޯޓަލް ދަމާލް" ގެ ލަވަ "ޕެއިސާ ޔެ ޕެއިސާ" އިން އެންމެންގެ ސަމާލުކަން ހޯދައިފި އެވެ.

އަނިލް ކަޕޫރާއި، މާދުރީ ޑިކްސިޓް، އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދް ވަރްސީ، ސަންޖޭ މިޝްރާ އަދި ޖާވެދް ޖެޕްރީ ނޫކުލަ އާއި ގޯލްޑް ކުލައިގެ ކޮސްޓިއުމްގައި ފެނިގެންދާ މި ލަވައަކީ ހެއްވާ މަޖާ ނެސުމެއް ފެނިގެންދާ ލަވައެކެވެ. 

ލަވައިގައި މާދުރީ ފުރަތަމަ ފެނިގެންދަނީ ރަތް ކުލައިގެ ގައުން އެއްގައި ކާރަކުން ފައިބާ މަންޒަރެވެ. އެއަށްފަހު އެހެންތަރިންނާއި, އެކު މާދުރީ ނަށަމުންދާއިރު ވެސް އެންމެންގެ ސަމާލުކަން ބޮޑަށް ހުއްޓިގެންދަނީ މާދުރީގެ ނެށުމަށެވެ.

މި ލަވައިގެ އޮރިޖިނަލް ލަވައަކީ 1980 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ކަރްޒް" އަށް ކިޝޯރް ކުމާރު ކިޔައިދީފައިވާ ލަވައެކެވެ.

"ޓޯޓަލް ދަމާލް" ގައި ހިމަނާފައިވާ މި ލަވައިގެ ފަހުގެ ވާރޝަން ކިޔާފައިވަނީ ދޭވް ނެގީ، ސުބްރޯ ގަންގުލީ، އަދި އަރްޕިތާ ޗަކްރަބޯތީ އެވެ. މިއުޒިކް ހަދާފައިވަނީ ގައުޜޯވް ރޯޝިން އެވެ.

މިފިލްމްގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު, އެ ޓްރެއިލާއަށް ވަނީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

"ޓޯޓަލް ދަމާލް" ވެގެން ގޮސްފައިވަނީ 19 އަހަރަށް ފަހު މާދުރީ އާއި އަނިލް ކަޕޫރު އެކުގައި ކުޅޭ ފިލްމަށެވެ. މި ދެތަރިން އެންމެ ފަހުން އެކުގައި ކުޅެފައިވަނީ 2000 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޕުކާރު" އެވެ.

އިންދްރާ ކުމާރު ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 22 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް