16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ފާސްޓް އެންޑް ފިއުރިއަސް

ކާލް ޑްރޯގޯ ފާސްޓް އެންޑް ފިއުރިއަސްއިން ފެނިދާނެ ކަމުގެ އިޝާރާތެއް !

  • ޖޭސަންއަށް ހުށައެޅީ ރޮކްގެ ބޭބެގެ ރޯލް
  • ޖޭސަންގެ ޝެޑިއުލް ވަނީ ފުލްވެފައި
  • އެ ރޯލަށް ރޯމަން ރެއިންސް ވަނީ ހަމަޖައްސާފަ
ލައިޝާ އަހްމަދު | LailaAhmeds

| 29 ޖެނުއަރީ 2019 | އަންގާރަ 11:26 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ޖޭސަން މޯމޯއާއި ޑްވޭން ޖޯންސަން -- ޑެއިލީ މެއިލް

ކާލް ޑްރޯގޯ (އަސްލުނަމުން ނަމް ޖޭސަން މޯމޯ) ފާސްޓް އެންޑް ފިއުރިއަސްއިން ފެނިގެންދާނެ ކަމުގެ އަޑު ފެތުރިއްޖެއެވެ.

ގޭމް އޮފް ތްރޯންސް ސީރީޒްއިން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދި ޖޭސަން ފްރެންޗައިޒް ފިލްމު ސީރީޒެއް ކަމަށްވާ ފާސްޓް އެންޑް ފިއުރިއަސްއިން ފެނިގެންދާނެ ކަމުގެ އިޝާރާތެއް އޭގެ ފަސް ވަނަ ފިލްމުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ޑްވޭން ޖޯންސަން (ރޮކް) ވަނީ ކޮށްފައެވެ. 

ރޮކް އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ ޖޭސަންއަކީ ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށާއި، ފާސްޓް އެންޑް ފިއުރިއަސްގެ ކުރިއަށް އޮތް ފިލްމަށް ޖޭސަން ގެނައުމަށް މަސައްކަތް ކުރި ކަމަށެވެ. އެ ފިލްމުގައި ޖޭސަންއަށް ހުށައަޅާފައިވަނީ ރޮކްގެ ބޭބެއެއްގެ ރޯލްކަމަށްވެސް އޭނާ ބުނެފައިވެއެވެ. ނަމަވެސް މިފަހަރު ޖޭސަންގެ ޝެޑިއުލް މާ ބިޒީ ވުމުގެ ސަބަބުން އެ ރޯލްއަށް އެހެން މީހަކު ވަނީ ހަމަޖައްސާފައެވެ. 

ޖޭސަންއަށް ހުށައެޅި ރޯލްއަށް ވޯރލްޑް ރެސްލިން އެންޓަރޓެއިންމަންޓް (ޑަބްލިއުޑަބްލިއުއީ) ގެ މަޝްހޫރު ރެސްލަރއެއް ކަމަށްވާ ރޯމަން ރެއިންސް ހަމަޖައްސާފައިވީ ނަމަވެސް އެ ފިލްމުގެ ކުރިއަށް އޮތް ބައިތަކުން ޖޭސަން ފެނިގެން ދިއުން ގާތް ކަމަށް ރޮކް ވަނީ ބުނެފައެވެ. 

ޖޭސަން އެންމެ ފަހުން ކުޅުނު ފިލްމު "އެކުއާމޭން" އަށް 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް