18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޗީފް މިނިސްޓަރު ޖަލަށް

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

  • ބެންޗުންވަނީ ސަސިކަލާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދެ ދަރިއަކުވެސް ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ
އަބުދުﷲ މުހައްމަދު | 8Abbo

| 14 ފެބުރުވަރީ 2017 | އަންގާރަ 20:31 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ސަސިކަލާގެ މައްޗަށް އިއްވި ހުކުމާއެކު ކުރިޔަށް އޮތް ދިހަ އަހަރަށް އެއްވެސް އާއްމު އިންތިޚާބެއްގައި ވާދަނުކުރެވޭނެ -- ގޫގުލް

އިންޑިއާގެ ޓެމިލްނާޑޫގެ ޗީފް މިނިސްޓަރުކަމަށް ވަޑައިގަންނަވަން ހުންނެވި ފަރާތުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލުމަށް އަންގާރަ ދުވަހު ހުކުމް ކޮށްފިއެވެ.

ވީކޭ ސަސިކަލާގެ މައްޗަށް ސާބިތުވެފައިވަނީ އާމްދަނީއާ ނުބައްދަލު މުދާ ހޯދާފައިވާކަމަށެވެ. މި ހުކުމާއެކު އޭނާއަށް އެ މަގާމަށް އައުން ބަންދުވެގެންދާނެއެވެ.

ޝަރުއީ މަރުހަލާގައި ދިގުދެމިގެން ދިއަ މި މައްސަލައިގައި އޭނާގެ އިތުރުން ޑިސެމްބަރު މަހު އަވަހާރަވީ ޖަޔަލަލީތާ ޖައިރަމްގެ ބައިވެރިވުންވެސް ހިމެނެއެވެ.

ކޯޓުގެ އަޑުއެހުމަށް ސަސިކަލާ ހާޒިރުވެ ވަޑައިގެންފައިނުވާއިރު ދިއްލީގެ ކޯޓުންވަނީ ހުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ ވަގުތުން ހައްޔަރުކުރުމަށް އަމަރުކޮށްފައެވެ.

ބެންޗުންވަނީ ސަސިކަލާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދެ ދަރިއަކުވެސް ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެ ދެމީހުންނަކީ ދަށުކޯޓުން ކުށެއް ނެތްކަމަށް ސަލާމަތްވި ދެ މީހުންނެވެ.

ވީޑިއޯ ކެސެޓް ވިއްކަން އުޅުނު ސަސިކަލާ އަށް ޓެމިލްނާޑޫގެ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގަތި ޖަޔަލަލީތާ އަވަހާރަވުމުންނެވެ. އޭނާ ހުވާކުރުމަށް ކުރިން ހަމަޖެހިފައި އޮތީ މިހަފްތާގެ ފަހުކޮޅުއެވެ.

އުމުރުން 59 އަހަރުގެ ސަސިކަލާގެ މައްޗަށް އިއްވި ހުކުމާއެކު ކުރިޔަށް އޮތް ދިހަ އަހަރަށް އެއްވެސް އާއްމު އިންތިޚާބެއްގައި ވާދަކޮށް ދައުލަތުގެ މަގާމަކަށް އައުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް