16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

ރާކޭޝް ޝަރްމާގެ ބައޯޕިކް ދޫކޮށްލިކަން ހާމަކުރާނީ ޝާހުރުކް: އާމިރު

  • "ޒީރޯ" އަށް ފަހު ޖައްވުގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެއް ނުކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައްބުނޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 ޖެނުއަރީ 2019 | ހޯމަ 17:44 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ޝާހުރުކް ޚާން -- ގޫގުލް

ރާކޭޝް ޝަރުމާގެ ބައޯޕިކް ދޫކޮށްލިކަން ޝާހުރުކް ޚާން އަމިއްލައަށް ހާމަކުރަންދެން މަޑުކުރުމަށް އާމިރު ޚާން އެދިއްޖެ އެވެ.

މި ފިލްމް ކުޅުމުގެ ފުރުސަތު އާމިރު ޚާން އަށް ލިބިފައި ވަނިކޮށް އެ ފިލްމް ކުޅުމަށް ޝާހުރުކް ޚާންއަށް ހުށަހަޅާފައިވަނީ އާމިރު ޚާން އެވެ. އަދި އެފިލްމް ޝާހުރުކް ދޫކޮށްލީތޯ ކުރި ސުވާލަށް ޖަވާބުދެމުން އާމިރު ބުނެފައިވަނީ "ޒީރޯ" ގެ ތަރި ޝާހުރުކް އެ ފިލްމް ދޫކޮށްލިކަން އޭނާ އިއުލާން ކުރަންދެން އެއްޗެއް ނުބުނެ މަޑުކުރަން ފެންނަ ކަމަށެވެ.

ރާކޭޝް ޝަރްމާގެ ބައޯޕިކް "ސާރޭ ޖަހާންސެ އައްޗާ" ޝާހުރުކް ޚާން ދޫކޮށްލީ "ޑޮން 3" ކުޅުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝާހުރުކް ޚާން އެންމެ ފަހުން ކުޅުނު ފިލްމް "ޒީރޯ" ގެ ނާކާމިޔާބަށް ފަހު ވަރަށް ގިނަ ކަން ކަމަށް ބެލުމަށްފަހުގައި ނޫނީ އިތުރު ފިލްމެއްގައި މަސައްކަތް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޒީރޯ" އަށް ފަހު ޖައްވުގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެއް ނުކުޅެން އޭނާ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ތަހުލީލްތައް ކުރާ ފިލްމްތަކާއި ފިލްމް ބަލާ އޯޑިއޯންސަން އެހާ ކަމުނުދާ ރޯލުތައް އޭނާ ކުޅެން ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތަގްސް އޮފް ހިންދުސްތާން އަށް ފަހު އާމިރު ޚާން ދެން ފެނިގެންދާނީ ކޮން ފިލްމަކުންތޯ ސުވާލު ކުރުމުން އާމިރު ބުނެފައިވަނީ ހަތަރު ފިލްމެއްގެ ސްކްރިޕްޓެއް އެބައޮތް ކަމަށާއި އޭގޭ ތެރެއިން ރަނގަޅު ސްކްރިޕްޓެއް މަސްދުވަހުގެ ތެރޭގައި ހޮވާނެ ކަމަށެވެ.

"މަހާބާތަރް" އާއި ބެހޭގޮތުން ސުވާލު ކުރުމުން އާމިރު ބުނެފައިވަނީ އެ ވާހަކަ ހާމަ ކޮށްފައި ނުވާނެ ކަމަށާއި އޭނާ މަސައްކަތެއް ކުރާނަމަ އެކަން ހާމަ ކުރާނެ ކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް