20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މަގޭ ރިޕޯޓު

ކޯލީޝަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބުރަ، އެހާމެ އުނދަގޫ!

  • ހަަތަރު ލީޑަރުންގެ ބައްދަލުވުމެއް މި ހަފްތާގެ މެދު ތެރޭގައި ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވޭ
  • ބައްދަލުވުން ޕްލޭންކުރުމުގައި ދޯދިޔާ ކަންތައްތަކެއް އެބަހުރި
ހައްވާ މުހައްމަދު | @hawwimd

| 27 ޖެނުއަރީ 2019 | އާދީއްތަ 17:24 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ހަތަރު ލީޑަރުން ނިމިދިޔަ ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ރާއްޖެއެމްވީ

މިއީ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ކޯލީޝަނެކެވެ. ދެކަފި އެތައް ފިކުރެއްގެ މައްޗަށް އެކުލެވިގެން ވިޔަސް އެންމެންގެ ވެސް އުންމީދުތައް ގުޅިފައި ވަނީ ގާތްގަނޑަކަށް އެއް ކަންތައްތަކަކަށެވެ. ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމާއި، އަދުލު އިންސާފު ގާއިމުކުރުން ފަދަ އަސާސީ ކަންތައްތަކެއްގެ މައްޗަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ އަގުލަބިއްޔަތުގެ އުންމީދުތައް ގުޅިފައިވާ ކޯލީޝަން ދެމެހެއްޓުމުގައި މި ވަނީ އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައެވެ. ކޯލީޝަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބުރައެވެ. ޒިންމާ ވެސް ބޮޑެވެ.

އާ އަހަރު ފެށުމާ އެކު ފެންނަނީ ކޯލިޝަންގެ ތެރޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީގެ މެދުގައި ކަންބޮޑުވުންތަކެއް އޮތް މަންޒަރެއެވެ. ކޯލިޝަންގައި ރެނދުލާފައިވާ މަންޒަރެއެވެ. ފެންނަނީ ކޯލިޝަންގައި ހިމެނޭ ބޮޑު ދެ ޕާޓީގެ ތެރެއިން، ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީން ކެނޑިނޭޅި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ބަހުގެ ހަމަލާތައް ދޭން ފެށި މަންޒަރެއެވެ. ކަލަވެސް ގޮވަން ފެށީއެވެ. ހީކުރެވުނީ މިކަމަށް ހައްލެއް ހޯދައިދޭން ކޯލިޝަން ލީޑަރުން އަވަސްވެގަންނާނެ ކަމަށެވެ. ވާނީ ވެސް އެހެންތާއެވެ. އެއީ ކޯލިޝަންގައި ހިމެނޭ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއްފަހަރު ރައީސް ސޯލިހާ އެކު ބައްދަލުވުމެއް ބޭއްވުމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ މެދުގައި ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އެހެންކަމުން އެންމެން ވެސް އިންތިޒާރުކުރަމުން އަންނަނީ ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އާ އަހަރު ފެށުމާ އެކު ބާއްވާނެ ދުވަހަކަށެވެ. ފާއިތުވި އަހަރު ފެނިގެންދިޔައީ ކޯލިޝަންގެ ލީޑަރުންގެ މެދުގައި މަހަކު އެއް ފަހަރު ބައްދަލުވުމެއް ބާއްވައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމަމުން ދިޔަ މަންޒަރެއެވެ. ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އެއްގޮތް ކުރެވޭތޯ މަސައްކަތްކުރިތަން ފެނިގެން ދިޔައެވެ. އެހެންކަމުން އެންމެނަށް ވެސް ހީކުރެވިފައި އޮތީ ކޯލިޝަންގެ މެދުގައި ބޭއްވުނު ބައްދަލުވުންތަކަކީ ދުރާލާ ޕްލޭންކޮށްގެން ރޭވިގެން ބޭއްވުނު ބައްދަލުވުންތަކެއް ކަމަށެވެ.

މަހަކު އެއްފަހަރު ބޭއްވުމަށް ނިންމި ބައްދަލުވުން މި މަސް ނިމިގެންދާން ކުޑަތަން ވެފައިވާ އިރު ވެސް ބޭއްވިފައި ނުވުމުގައި އޮތީ ކޮން ސަބަބެއް ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެ ބައްދަލުވުމާ މެދު އުންމީދު ކުޑަވެފައިވާ މައިގަނޑު ސަބަބަކީ ބައްދަލުވުން އިންތިޒާމްކުރާނެ ފަރާތެއް ކަނޑައެޅިފައި ނެތުމެވެ. ހީކުރެވިފައި އޮތީ ކޯލިޝަންގެ ބައްދަލުވުންތަށް އިންތިޒާމް ކުރަނީ ރައީސް އޮފީހުން ކަމަށެވެ. ނަމަވެސް ލިބުނު މައުލޫމާތަކަށް ބަލާއިރު ބައްދަލުވުންތައް އިންތިޒާމް ކުރަނީ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީންނެވެ. ރައީސް އޮފީހުގެ ވިސްނުމަކީ އެއީއެވެ.

ނަމަވެސް ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީން، މި ކަން ސާފުކުރުމަށް މަސައްކަތް ކުރުމުން އެ ޕާޓީތަކުން ބުނެފައި ވަނީ، ހަތަރު ލީޑަރުންގެ ބައްދަލުވުމުގެ ކަންތައްތައް އިންތިޒާމް ކުރަނީ ރައީސް އޮފީހުން ކަމަށެވެ. އެއީ ޕާޓީތަކުން ކުރާ ކަމެއް ނޫން ކަމަށެވެ. މިކަމުން ދޭހަވީ ރައީސް ސޯލިހާ އެކު ހަތަރު ލީޑަރުން، ބޭއްވި ބައްދަލުންތަކަކީ އެއްވެސް އިންތިޒާމެއް ދަށުން ބޭއްވުނު ބައްދަލުވުންތަކެއް ނޫން ކަމެވެ. އަދި ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވެވަޑައިގެންފައި އޮތް ކަމުގައި ވިޔަސް، މި ކަމަށް ޝެޑިއުލްއެއް ހަދައި ޕްލޭން ކުރެވިފައި ނެތް ކަމެއެވެ. އަދި ކޯލިޝަންގައި ރޯވެފައިވާ ހުޅުގަނޑު ނިއްވާލުމަށް މަސައްކަތް ކުރުމުގައި އިސްކަމެއް ދެވިފައި ނެތް ކަމެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމެއް މި މަހު ދެން ނޯންނާނެ ކަމަށް ބެލެވިފައި ވަނިކޮށް، ޖެނުއަރީމަހުގެ 24 ވަނަ ދުވަހު ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ އެ ބައްދަލުވުން މި ހަފްތާގެ މެދު ތެރޭގައި ބޭއްވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދިވެސް ތާރީޚެއް ކަނޑައެޅިފައެއް ނެތެއެވެ. އިތުރު މައުލޫމާތެއް ވެސް ނެތެވެ. 

މާޒީގައި އުފެދުނު ކޯލިޝަންތަކާއި މި ކޯލިޝަން ކޮންމެ ގޮތަކުން ބެލިޔަސް ތަފާތެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިމެނޭ އެންމެ ތަޖްރިބާކާރު ބޭފުޅުން މި ކޯލިޝަންގައި ހިމެނިވަޑައިގަންނަވައެވެ. ރާއްޖޭގެ ވެރިކަން ކޮށްފައިވާ ދެ ރައީސުން ކޯލިޝަންގައި ހިމެނިވަޑައިގަންނަވައެވެ. ތަޖްރިބާގެ ގޮތުން ބަލާއިރު، މިއީ މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ކޯލިޝަނެއެވެ. އެހެންކަމުން ޑިމޮކްރަސީގެ ރިވެތި އުސޫލުން މަޝްވަރާގެ ރީތި ގޮތުން ކޯލިޝަންގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ނައްތާލުމަކީ ނުވާނެ ކަމެއް ނޫނެވެ. ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ސިޔާސީ ފިކުރަށް އިހްތިރާމްކޮށް ގޮތް ދޫކޮށް އެކުގައި ކުރިއަށް ދެވޭނެ ގޮތްތައް ހޯދައި ބަލައި ކުރިއަށްދާން ޖެހެއެވެ. ކީހާ ޅެމެއް ފަރިއްސަށް ނަހަދާށެވެ.

މި ހަފްތާ މެދު ތެރޭގައި އޮންނާނެ ކަމަށް ބެލެވޭ ކޯލިޝަން ލީޑަރުންގެ ބައްދަލުވުމުގައި ރޯވެފައިވާ އަލިފާންގަނޑަށް ފިނިކަމެއް ހޯދުން މުހިންމެވެ. ކޯލިޝަންތަކަށް ގެއްލިފައިވާ އިތުބާރު ހޯދައިދެވޭނީ ހަތަރު ލީޑަރުން ރައީސް ސޯލިހުއާ އެކު ކޯލިޝަން ދެމެހެއްޓުމަށް އަތުކުރި އޮޅާލައިގެންނެވެ. ހަތަރު ލީޑަރުންގެ ބައްދަލުވުންތައް ޕްލޭނެއްގެ ދަށުން ގެންގޮސްގެންނެވެ. ނޫން ނަމަ މިހާރު އުފެދިފައިވާ ކޯޅުންގަނޑު އިތުރަށް ގޯސްވެ މީގެ ކުރިން ވެސް ކޯލީޝަންތަކަށް ކުރަންޖެހުނު ތަޖުރިބާ ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ މި ވަގުތު ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް